Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައިދީންގެ ލިސްޓް

ގައިދީންގެ ލިސްޓް ހޯދުމަށް ރާއްޖެ ޓީވީން ހުށަހަޅައިފި

7 އޯގަސްޓު 2018 | އަންގާރަ 04:18

ޕޮލިހުންގެ ބަޔާނުގައި ގާނޫނަކާއި ގަވާއިދަކަށް ހަވާލާދީފައެއް ނެތް

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 7 އޯގަސްޓު 2018 | އަންގާރަ 04:18
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖަލަށް ލާފައިވާ ބޭފުޅުންގެ ފޮޓޯތައް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖަލަށް ލާފައިވާ ބޭފުޅުންގެ ފޮޓޯތައް

ގައިދީން "ޕްރޮމޯޓް"ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިންޒާރު ދިނުމާއި ގުޅިގެން ގައިދީންގެ ލިސްޓެއް ހޯދަން ޕޮލިހަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ރާއްޖެ ޓީވީން ހުށަހަޅައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޕޯސްޓަރުތަކުގައި ޖަލަށް ލާފައިވާ ޕާޓީތަކުގެ ލީޑަރުންގެ ތަސްވީރު ބޭނުންކުރުމުން، މޯލްޑިވްސް ޕޮލިސް ސާވިސްއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުންނާއި ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް، ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ބޭނުންކޮށްގެން ތާއިދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހަރަކާތްތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައި ކަމަށާއި އެފަދަ އަމަލުތަކާ ހަރަކާތްތައް ހިނގާ ފަރާތްތައް ހޯދައި މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

މި އިންޒާރާ ގުޅިގެން ގިނަ ކަންތައްތަކެއް ސާފުކޮށް ދިނުމަށް ރާއްޖެ ޓީވީން ޕޮލިހަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ.

ރާއްޖެ ޓީވީން އެ ދެ މުއައްސަސާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖޭގައި ހުކުމް ތަންފީޒް ކުރުމުންދާ މީހުން ދެނެގަންނާނެ ނުވަތަ އެނގޭނެ ގޮތެއް ނެތް ކަމަށާއި ރާއްޖެ ގައިދީންގެ ދަފްތަރަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަމަލު ކުރަންވީ ގޮތެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން އެފަދަ މައުލޫމާތު ލިބޭނެ އެއްވެސް ގޮތެއް އޮތްކަން އެނގެން ނެތުމާއި، ކަމާބެހޭ ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން ގައިދީންގެ އަޕްޑޭޓެޑް ލިސްޓެއް އާއްމުކޮށް ފެންނާނޭހެން ބަހައްޓާފައި ހުރިކަން އެނގެން ނެތްކަމަށް ރާއްޖެ ޓީވީގެ ސިޓީގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބަޔާނަކީ ކޮން ގާނޫނެއްގެ ދަށުން ނުވަތަ ކޮން ގަވައިދަކަށް ހަވާލާދީ ނެރިފައިވާ ބަޔާނެއް ކަން އެނގެން ނެތުމާއެކު އެކަން ސާފުކޮށް ދިނުމަށް ވެސް ރާއްޖެ ޓީވީން އެދިފައިވެ އެވެ. ގާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސް އަޅައި ހުއްޓުވައިގެން ނުވާނެ ކަމަށް ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައި ބުނެފައިވާތީ އާއި ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ނޫސްވެރި ކަމުގެ މިނިވަންކަން ނުހިފެހެއްޓޭނޭ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާތީ ގައިދީންނާ ގުޅޭ މައުލޫމާތު ހާމަ ކުރުން ހުއްޓުވުމަށް އޮތް ގާނޫނީ ހުއްޖަތަކީ ކޮބައިކަން ސާފުކޮށް ދިނުމަށް ވެސް ރާއްޖެ ޓީވީން ފޮނުވި ސިޓީގައިވެ އެވެ.

ރާއްޖޭގެ އެހެން ބައެއް ސްޓޭޝަންތަކުން މިހާރު ވެސް ގައިދީން ކަމަށް ބުނާ ބައެއް މީހުންގެ ކޮންޓެންޓް ގެނެސްދެމުންދާއިރު، އެކަމަށް ފިޔަވަޅު އަޅާފައި ނެތްއިރު، ގައިދީ އެއް ކަމުގައި ބެލޭ މީހަކު ޕްރޮމޯޓު ކުރުން ކަމަށް ބަލަނީ، އެ ކޮންޓެއްޓެއްގައި ކޮންކަހަލަ މައުލޫމާތެއް ހިމެނިގެންކަން ކަމަށާއި ގައިދީއަށް އެއްޗެހި ގޮވާފައި ފޮނުވާ ކޮންޓެންޓަ ބަލަނީ ހުއްދަ އެއްޗެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ ސާފުކޮށް ދިނުމަށް ވެސް ރާއްޖެ ޓީވީން ވަނީ އެދިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް