Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރާއްޖެ

ޖަޒީރާ ރާއްޖޭގައި ރަށުން ދައްކާ ޓެކުހުން، ރަށް ތަރައްގީ ކުރާނީ ކައުންސިލްތަކުން: ހިސާން

5 އޯގަސްޓު 2018 | އާދީއްތަ 09:35

ލާމަރުކަޒީ ނިޒާމު ކުރިއަރުވާނެ ކަމަށް ހިސާން ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 އޯގަސްޓު 2018 | އާދީއްތަ 09:35
ބ. އަތޮޅަށް އިބޫ ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު މާޅޮހުގައި ޖަގަހައެއް ހުޅުވި ރަސްމިއްޔާތުގައި އިބޫ އަރިހުގައި ހިސާން (ކ)

ބ. އަތޮޅަށް އިބޫ ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު މާޅޮހުގައި ޖަގަހައެއް ހުޅުވި ރަސްމިއްޔާތުގައި އިބޫ އަރިހުގައި ހިސާން (ކ)

ގުޅިފައިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އަތޮޅުތަކުންނާއި ރަށްތަކުން ދައުލަތަށް ދައްކާ ޓެކުސްއިން، އެ ރަށެއް ތަރައްގީ ކުރުމުގެ ފުރުސަތު ދޭނީ އަތޮޅު ކައުންްސިލްތަކަށާއި ރަށު ކައުންސިލްތަކަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން އެޖެންޓް، ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ފައިސަލް ނަސީމް ވ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ތިނަދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހިސާން ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި ރަށްތަކުގެ ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް އިން، އެ ރަށެއްގެ ތަރައްގީކޮށް، ލާމަރުކަޒީ ނިޒާމުގެ ސިޔާސަތު ކުރިއަރުވާނެ ކަމަށެވެ.

Advertisement - newsAdvertisement

މަޝްހޫރު ގާނޫނީ ވަކީލު ހިސާން ވިދާޅުވި ގޮތުގައި ޓޫރިޒަމް ފުޅާވެފައިވާ އަތޮޅުތަކުން ދައްކާ ޓެކްސްގެ ފައިސާ މައި ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓުތަކަށް ހަރަދު ކުރުމުގެ ބަދަލުގައި ވަކި މިންވަރެއް ކަނޑައެޅިގެން، އެ ރަށަކުން ދައްކާ ޓެކްސް އެ ރަށަކަށް ހާއްސަ ކުރަންޖެހެއެވެ. އަދި އެ ޓެކްސްގެ ފައިސާއިން ރަށް ތަރައްގީ ކުރުމުގެ ފުރުސަތު ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ޖަޒީރާ ރާއްޖެއެއްގައި ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"ދައުލަތުގެ މައި ބަޖެޓަށް އަތޮޅުތަކުން ރަށްތަކުން މީހުން ދައްކާ ޓެކްސް ހުރިހާ ފައިސާއެއް ގޮސް، މައި ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓަށް އެކަނި ހިންގުމުގެ ބަދަލުގައި ވަކި މިންވަރެއް ކަނޑައެޅިގެން، ރަށް ރަށަށް އެ ރަށަކުން ޓެކްސްގެ ގޮތުގައި، ހާއްސަކޮށް މި ޓުއަރިޒަމްގެ މި ވިޔަފާރީގެ ތެރެއިން މި ދައްކާ ޓެކްސްގެ ފައިސާއިން ވަކި އިންސައްތައެއް ކަނޑައެޅިގެން ރަށްތަކަށް އަބުރާ އައިސް އެ ފައިސާ ރަށުގެ ނަރުދަމާއަށް، ރަށުގެ ފެނުގެ ނިޒާމަށް، ރަށުގެ މަގުތައް ހަދަން، ސްކޫލް ތަރައްގީ ކުރަން، ސިއްހީ މަރުކަޒު ހަދަން، ޖެޓީ ހަދަން، ބަނދަރު ހަދަން، ބޭނުން ކުރެވޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސަން. އަޅުގަނޑުމެންގެ ވިސްނުމަކީ ޖަޒީރާ ރާއްޖޭގެ ވިސްނުމަކީ މި ދެންނެވިހެން، ރަށްރަށުގެ މީހުން ނުކުމެ، ރަށު ކައުންސިލްތަކުން ރަށްތައް ތަރައްގީ ކުރުން," ހިސާން ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ކަނޑައަޅާފައި ވަނީ ރަށު ކައުންސިލްގެ އިހުތިސާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރުފަދަ އެންމެހައި ތަންތަން، ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، އެތަންތަން ބޭނުން ކުރުމުގެ އުސޫލު ކަނޑައަޅައި، ތަރައްގީކޮށް، ހިންގުމުގެ މިނިވަންކަން ކައުންސިލްތަކަށް ދިނުމަށެވެ.

ވ. ތިނަދޫއަށް ފައިސަލް ނަސީމު ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު ވިދާޅުވީ ވ. އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ދިނުމަށް އަބަދުވެސް ސަރުކާރުގައި "އާދޭސް" ކުރާ ކަމަށެވެ. ކުދި އާބާދީތަކުގެ ރައްޔިތުން ނިކަމެތި ކުރާ ކަމަށް ވިދާޅުވެ، މޫސާ ނިޒާރު ވިދާޅުވީ އަމިއްލަ ގައުމުގައި ދިވެހި ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން މަޖުބޫރުކޮށްފައިވާ ކަމަށެވެ.

ވ. ރަކީދޫ ދާއި ކެޔޮދޫ ހިމެނޭ ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާ މެމްބަރު ވިދާޅުވީ ބޮޑެތި އާބާދީތަކުން އަހަރެއްގެ ތެރޭގައި ދައުލަތަށް ދައްކާ ޓެކްސްއަށް ވުރެ، މާ ގިނަ ފައިސާ ގެސްޓުހައުސް ވިޔަފާރި ކުރިއަރާފައިވާ ވ. އަތޮޅުން ދައްކަމުންދާ ކަމަށެވެ.

"ވ. އަތޮޅު ރައްޔިތުންނަށް ވެސް ހައްގުވާ މިންވަރު، އަޅުގަނޑުމެން އަބަދުވެސް އާދޭސް ކުރަން ސަރުކާރުތަކުގައި އަޅުގަނޑުމެންނަށް ވެސް ލިބޭނެ ގޮތް ހައްދަވައި ދިނުމަށް. ކިތަންމެ މީސްކޮޅު މަދަސް، އާބާދީ ކުޑަޔަސް، ރަށްތައް ކުއްޖަސް، ދިވެހި ރައްޔިތުން ވާނީ ދިވެހި ރައްޔިތުންނަށް. ދިވެހި ރައްޔިތެއްގެ ގޮތުން، ލިބެންޖެހޭ އަސާސީ ހިދުމަތަކުން، އެ މީހުން މަހުރޫމް ކުރާކަމުގައިވާނަމަ، އޭގެ ޒިންމާ ރައްޔިތުން އުފުލާކަށް ނުޖެހޭނެ... އަޅުގަނޑު މިގޮތަށް ނިކަމެތި ކުރާ، ކުރުމަށް ދޭ ނަމަކީ، އެ މީހުންގެ ގައުމުގައި، އަމިއްލަ ގައުމުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެން މަޖުބޫރު ކުރުން،" ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުކަން ވެސް ކުރައްވާ މުސާ ނިޒާރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް