Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

މިއަދު ވެސް އިބޫ މާލޭގެ ބައެއް ގެތަކަށް ވަޑައިގެންނެވުގައި އަވަދިނެތި

4 އޯގަސްޓު 2018 | ހޮނިހިރު 08:37

ގެތަކަށް ވަޑައިގަންނަނީ ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުން ފިލުއްވުމަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 އޯގަސްޓު 2018 | ހޮނިހިރު 08:37
އިބޫ މިއަދު މާލޭގެ ގެއަކަށް ވަޑައިގެން އާއިލާއަކާ އެކު:- އިބޫ ވަނީ މިއަދު މާލޭގެ ގެތަކަށް ވަޑައިގެންފައި

އިބޫ މިއަދު މާލޭގެ ގެއަކަށް ވަޑައިގެން އާއިލާއަކާ އެކު:- އިބޫ ވަނީ މިއަދު މާލޭގެ ގެތަކަށް ވަޑައިގެންފައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މާލޭގެ ބައެއް ގެތަކަށް ވަޑައިގަންނަވައިފި އެވެ.

ޑޯޓުޑޯ ހަރަކާތެއްގެ ގޮތުން އިބޫ ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު މައްޗަށްގޮޅީގެ ބައެއް ގެތަކަށް ވަޑައިގެންފަ އެވެ. އަދި މައްޗަށްގޮޅީގައި ހުރި ބައެއް ކެފޭތަކަށް ވަޑައިގެން އާންމުންނާ ވަނީ ބައްދަލު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންނާ ބައްދަލު ކުރައްވަން ވަޑައިގަތުމުގެ ކުރިން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ ގޭގެއަށް ވަޑައިގަތުމުގެ ބޭނުންފުޅަކީ ރައްޔިތުންގެ ހާލު އޮޅުންފިލުއްވައި ދަތިވެފައިވާ ކަންތައްތައް ދެނެވަޑައިގަތުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ވޯޓުލުމާ ދޭތެރޭ މި އޮތީ ވަރަށް ކުޑަ ދުވަސްކޮޅެއް. އެހެން ވިއަސް އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކޮށް، އެ ރައްޔިތުންގެ އިހުސާސްތައް ދަނެގަނެ ބޭނުންވެފައިވަނީ ކޮން ކަންތައްތަކެއް ތޯ ބަލައި، ދަތިވެފައިވަނީ ކޮން ކަންތައްތަކެއްތޯ ބަލައި އަޅުގަނޑުމެންގެ ސަރުކާރެއްގައި އެކަންތައް ހާސިލް ކުރުމަށްޓަކައި ހިންގޭނެ ޕްރޮގްރާމްތައް އެކުލަވާލުން،" އިބޫ ވިދާޅުވި އެވެ.

ޖަލްސާތައް ބާއްވައިގެން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކާއި ރައްޔިތުންނާއި ވަކި ވަކިން ބައްދަލު ކޮށްގެން ކުރިއަށް ގެންދާ ހަރަކާތާ ވަރަށް ބޮޑު ތަފާތެއް ހުންނަ ކަން އިބޫ ފާހަގަ ކުރެއްވި އެވެ.

"ސީދާ ވަކި ވަކިން ބޭފުޅުންނާ ބައްދަލު ކުރީމަ ވަރަށް ސާފުކޮށް ކަންތައްތައް އެބަ ކިޔާދެއްވާ އަޅުގަނޑުމެންނަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ މެނިފެސްޓޯގެ މުޅި ސިޔާސަތަކީ ވެސް ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރުން. އެއީ ވީހާ ވެސް ކައިރިން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންނާ ބައްދަލުކޮށް ބޭނުންވަނީ ކޮން ކަންތައްކެއްތޯ ބެލުން،" އިބޫ ވިދާޅުވި އެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހުރިހާ ފަރާތްތަކަށް ހަމަ ހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަން އެނގިގެންދާނީ ޖަލްސާއެއް ބޭއްވުމަށް ތަނެއް ހޯދަން އެދުމުން ކަމަށެވެ. އެހެން ނަމަވެސް އަދި މާލޭގައި ޖަލްސާއެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ނޭދޭ ކަމަށާއި ހަމަ ހަމަ ކަމާއެކު ފުރުސަތު ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު މިއަދު މެންދުރު ފަހު ވެސް ބައެއް ގެތަކަށް ވަޑައިގަތުމަށް ވަނީ ހަމަ ޖެހިފަ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް