Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

އެއްލައްކަ ފަސްދޮޅަސް ހާހަށް ވުރެ ގިނަ ވޯޓާއެކު އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ: ރައީސް ނަޝީދު

4 އޯގަސްޓު 2018 | ހޮނިހިރު 05:40

ރައީސް ޔާމިނަށް ފަސްހާސް ވޯޓު ނުލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 އޯގަސްޓު 2018 | ހޮނިހިރު 05:40
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިއަހަރުގެ ރިޔާސީ އިންތިޚާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރައްވާނީ އެއްލައްކަ ފަސްދޮޅަސް ހާހަށް ވުރެ ގިނަ ވޯޓާއެކު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ސްކައިޕް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޚާބު ކާމިޔާބުކުރާނީ ބޮޑު އަގުލަބިއްޔަތުން ކަމަށާއި، އެއީ އެކަމުގައި ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ފަސްހާސް ވޯޓު ވެސް ނުލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ގައުމު ބިނާ ކުރުމަށް މިއަދު ކުރަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ ސިޔާސީ ހަރަކާތްތައް ހިންގުން ކަމަށާއި، މިއަދު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުވެ މަސައްކަތް ކުރަނީ އިބޫއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.

"ރޭޑިއޯއިން ގޮވާނެ ޓީވީން ފެންނާނެ ޅ. ހިންނަވަރު އިބްރާހިމް މުހައްމަދު ސޯލިހު ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެ. ވޯޓުން އެއްލައްކަ ފަސްދޮޅަސް ހާހަށްވުރެ އަދަދު ގިނަ ވާނެ. އަބްދުﷲ ޔާމިނަށް ފަސްހާސް ވޯޓު ވެސް ރާއްޖޭގެ ރައްޔިތުން ދޭން ނެތް ކަމީ ޔަގީން ކަމެއް. މިއިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ ބޮޑު އަޣުލަބިއްޔަތަކުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ތުހުމަތު ކުރައްވަމުން ވިދާޅުވީ ސަރުކާރުގެ ވެރިން ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށްފައިވާ މިންވަރު ރައްޔިތުންނަށް އެނގޭ ކަމަށާއި، ވައްކަން ކުރެއްވުމަށް ގާނޫނާއި ގަވާއިދުތައް ބަދަލުކޮށްފައިވާ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ފައިސާއެކަންޏެއް ނޫން. ބޭރުގެ އެކި ފަރާތްތަކާއި ގުޅިވަޑައިގެން ކަޅު ފައިސާ ދިވެހިރާއްޖޭގެ މާލީ އިދާރާ ބޭނުންކޮށްގެން މަތިންދާބޯޓުގައި ކޮންޓެއިނަރަކަށް ލައްވައިގެން ޑޮލަރު ގެނެސް ބަނޑޭރި ގޭގައި ބައްހައްޓާ އެތަން މިތަނަށް ޑޮލަރު އުފުލާ އެބައްސަވާ ހައްދަވަނީ. ރާއްޖޭގެ އެންމެހާ ވައްކަން ކުރައްވަމުން ކުރައްވަމުން އައިސް ރޯދައަށް ދިން ކަނދުރުން ވެސް ކުރެއްވީ ވައްކަން. ރާއްޖޭގެ ރައްޔިތުން ނުތިބޭނެ ވައްކަމަށް އާ ބަސް ކިޔާކަށް. ވެރިކަމުން ބާލާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މުޅި ދައުލަތް ގަޑުބަޑު ކޮށްލާފައިވާ ކަމަށާއި، މިގައުމުން އަދުލްއިންސާފު ނައްތާލާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީ ބާރުކަނޑުވާލާ، ލާމަރުކަޒީ ނިޒާމު ރޫޅާލައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަނިޔާވެރިކަން އިންތިހާއަށް އިސްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އިތުރަށް އާއިލާ ބޭފުޅުންނަށް ވެސް ރައީސް ކުރައްވަނީ ނުހައްގުން އަނިޔާ ކަމަށެވެ.

މިހުރިހާ ކަމެއް ނިންމާ ހަމައިސްކޮޅަށް ތެދުވުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ބޮޑުތަނުން ބަލިކުރުމަށް ރައްޔިތުން ނުކުތުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް