Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާގެ މައްސަލަ

އުތުރު ކޮރެއާ އިން އަދިވެސް ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށްގެންދޭ:އދ

އުތުރު ކޮރެއާއިންވަނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް ވައުދުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 އޯގަސްޓު 2018 | ހޮނިހިރު 08:00
އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލިކަން ދެއްކުމަށް ސައިޓެއްވެސްވަނީ ބަންދުކޮށްފައި

އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލިކަން ދެއްކުމަށް ސައިޓެއްވެސްވަނީ ބަންދުކޮށްފައި

އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމް ހުއްޓާނުލާކަމަށާއި އެގައުމަށް އަންގާފައިވާ އެންގުންތަކާއި ޚިލާފުވެފައިވާކަމަށް އދގެ ސެކިއުރިޓީ ކައުންސިލުން ކޮމިޝަންޑް ކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.

މީގެ އިތުރުން އެ ރިޕޯޓްގައި ބުނެފައިވާގޮތުން ތެލުގެ އުފެއްދުންތައް އެއްބޯޓުން އަނެއް ބޯޓަށް ބަދަލުކުރުމުގެ މުއާމަލާތްތައް އިތުރު ކޮށްފައިވާކަމަށާއި އަދި އެހެން ގައުމުތަކަށް ހަތިޔާރު ވިއްކުމަށް ޕިޔޮންގޔަންގ އިން މަސައްކަތްކުރާކަމަށް ބުނެފައިވެއެވެ.

މިނިވަން ތަހުގީގީ ތަޖުރިބާ ކާރުންތަކެއްގެ ޕެނަލަކުން މި ރިޕޯޓް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވަނީ ހުކުރުދުވަހުއެވެ.

މި ލިޔެކިއުންތަކުގައި ހޯދިފައިހުރި ކަންކަމަށް އުތުރު ކޮރެއާއިން އަދި އެއްޗެއް ބުނެފައެއްނުވެއެވެ.

މިދިޔަ ހަފްތާގައި އުތުރު އެމެރިކާއިން ބުނެފައިވަނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއިއެކު އެއްބަސްވެ ގުޅުން ރަނގަޅުވަމުންދިޔަ ނަމަވެސް އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލް އުފައްދަމުން ދާކަމަށް ފާހަގަވާކަމަށެވެ.

ނަންހާމަ ނުކުރާ އެމެރިކާގެ އޮފިޝަލަކު ވޮޝިންޓަން ޕޯސްޓްގައި ވިދާޅުވެފައިވަނީ ބެލިސްޓިކް މިސައިލް އުފައްދާ ސައިޓެއް ޖާސޫސީ ސެޓެލައިޓްތަކަށް އަރާފައިވާކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫންމަހު ސިންގަޕޫރުގައި ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެވެރިންވަނީ ނިއުކްލިއަރ ހަތިޔާރު ނައްތާލުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ނަމަވެސް ހަތިޔާރު ނައްތާލާނެގޮތުގެ ތަފްސީލެއް އެއްބަސވުމުގައި ނެތެވެ.

ނިއުކްލިއަރ ޕްރޮގްރާމާއި މިސައިލް ޓެސްޓްގެ ސަބަބުން އުތުރު ކޮރެއާ މިހާރުވެސް އޮތީ އެމެރިކާއާއި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައެވެ.

އުތުރު ކޮރެއާއާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ތައްޔާރުކޮށްފައިވަނީ އެ ގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރެވޭގޮތް މޮނިޓަރ ކުރަމުންދާ ތަޖުރިބާކާރުންގެ ޓީމުންނެވެ.

ހޮނިހިރު ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އެތައް މީޑިއާތަކަކަށް މި ރިޕޯޓްވަނީފެނިފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު