Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ހިޔާ 2

މާލެ ހިޔާގެ ފްލެޓަކަށް ފެން ފައިބާ، ބޮޑެތި ގެެއްލުންތަކެއް ވެއްޖެ

2 އޯގަސްޓު 2018 | ބުރާސްފަތި 17:21

އެޕާޓްމެންޓުގައި 4 އިންޗިއެއްހާ ވަރަށް ފެން ބޮޑުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 2 އޯގަސްޓު 2018 | ބުރާސްފަތި 17:21
މާލެ ހިޔާ 2 ގެ ފްލެޓެއްގައި ފެން ބޮޑުވެފައި

މާލެ ހިޔާ 2 ގެ ފްލެޓެއްގައި ފެން ބޮޑުވެފައި

މާލެ ސިޓީ ކައުންސިލަށް ފްލެޓްތައް ނުބެލެހެއްޓޭ ކަމަށް ބުނެ، ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ މާލެ ހިޔާ 2ގެ އެޕާޓްމެންޓަކަށް ފެން ފައިބާ، އެ އެޕާޓްމެންޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޝާހީން މަހްމޫދު ވިދާޅުވީ ފްލެޓްތަކުގެ މަތީ ބަހައްޓާފައި ހުންނަ ފެން ހަންތައް ފުރި މުޅި އެޕާޓްމެންޓަށް ފެން ފައިބާ، އެޕާޓްމެންޓުން ކަރަންޓު ކެނޑިފައި ހުންނަތާ ގިނަ އިރުތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަން ހައުސިން މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް އަދި މިނިސްޓްރީގެ މުވައްޒިފުން އައިސް މައްސަލައަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށާއި، މައްސަލައަށް ހައްލެއް ލިބުނީ ކަރަންޓް ކެނޑުނުތާ ދެ ގަޑިއެއްހާއިރު ފަހުން، ފްލެޓް ބަލަހައްޓާ ކުންފުނިން މަސައްކަތްކޮށްގެން ކަމަށް ޝާހީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެޕާޓްމެންޓްގައި ހަތަރު އިންޗިއެއްހާ މިންވަރަށް ފެން ބޮޑުވި ކަމަށެވެ. އަދި މުޅި އެޕާޓްމެންޓްގައި ފެންބޮޑުވުމުގެ ސަބަބުން ގޭގައި ހިފާ ގެންގުޅޭ އެއްޗިއްސަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ޝާހީން ވިދާޅުވިއެވެ. ޝާހީން ވިދާޅުވީ ސިޓީ ކައުންސިލަށް ފްލެޓްތައް ނުބެލެހެއްޓޭ ކަމަށް ބުނެ، ހައުސިން މިނިސްޓްރީގެ ދަށަށް ފްލެޓްތައް ބަދަލުކޮށްފައި ވާއިރު، ފްލެޓްތަކުގެ މަރާމާތަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.

އެޕާޓްމެންޓުގައި ބޮޑު އާއިލާއެއް ދިރިއުޅޭއިރު، ކުޑަކުދިން ވެސް އެ އަޕާޓްމެންޓުގައި ދިރިއުޅޭ ކަމަށާއި، ކަރަންޓް ނުލިބި ކުޑަކުދިންނާ އެކު އެހާ ގިނަ ވަގުތު އާއިލާ އިން ހޭދަކުރަންޖެހުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވެސް ޝާހީން ވިދާޅުވިއެވެ. އަދި އާއިލާ އިން ހައުސިން މިނިސްޓަރާ ބައްދަލުކުރަން އެދުނު ކަމަށާއި، ނަމަވެސް މިނިސްޓްރީ އޮފިޝަލަކު އައިސް އެޕާޓްމެންޓް ބަލާލުމަށް ފަހު އެނބުރި ދިޔައީ ކަމަށް ޝާހީން ވިދާޅުވިއެވެ.

މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތްވެފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް