ސަރުކާރުގެ ބައެއް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން އައްޔަންކުރައްވައިފިއެވެ.
ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނާއިބުގެ މަގާމަށް ގދ. ރަތަފަންދޫ ކާނިގަސްދޮށުގެ ޑރ ސުނީނާ ރަޝީދު އައްޔަނުކުރައްވާފައެވެ.
ޑރ ސުނީނާއަކީ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވި ދެ ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ސުނީނާ ވަނީ މީގެ ކުރިން ސީއެޗްއެސްސީގެ ސުޕަވައިޒަރެއްގެ މަގާމުވެސް ފުރުއްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބުރާސްފަތި ދުވަހު ވަނީ ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މެންބަރުކަމުން ހަދީޖާ ހުސައިން ވަކިކުރައްވައި ބަދަލުގައި، އެ ކޮމިޝަނުގެ މެންބަރުކަމަށް ބ. އޭދަފުށި، ދިގަލި މައުސޫމާ ޔޫސުފް އައްޔަން ކުރައްވައިފައެވެ.