Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އަޅުގަނޑުގެ ދާއިރާއިން އިބޫއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ސިޔާސީ މަސައްކަތް ހުއްޓާލާނަން: މެމްބަރު އަލީ ޝާހު

2 އޯގަސްޓު 2018 | ބުރާސްފަތި 09:24

ފުވައްމުލަކު އުތުރު ދާއިރާގެ މެޖޯރިޓީ އިބޫއަށް ލިބޭނެ ކަމަށް ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 އޯގަސްޓު 2018 | ބުރާސްފަތި 09:24
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ކޯލިޝަނުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)އަށް ފުވައްމުލަކު އުތުރު ދާއިރާއިން މެޖޯރިޓީ ހޯއްދަވައި ދެއްވާނެ ކަމަށާއި އިބޫ އަށް މެޖޯރިޓީ ވޯޓު ނުލިބިއްޖެނަމަ ސިޔާސީ މަސައްކަތް ހުއްޓާލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

އަލީ ޝާހު މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހިނގަމުންދިޔަ ވަގުތު މަޖިލީހުގެ އިދާރާއަށް ވެއްނެވުމަށްޓަކައި ވަޑައިގެންނެވި މަގުމަތިން ފުލުހުން އޭނާއަށާއި، އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށްބުނާ 12 މެމްބަރުން މަޖިލީހަށް ވެއްނުވުމަށް ހުރަސް އެޅުމާއި ގުޅިގެން މަޖިލިސް ހިމެނޭ ސަރަހައްދުގައި ހުންނަވައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއު އެއްގަ އެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ލިބިދީފައިވަނީ ސުޕްރީމް ކޯޓަށް ކަމަށާއި އަދި 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އެންމެފަހުން ކުރި ހުކުމުގައި ވެސް އެކަން އެގޮތަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ނިންމާފައިނުވާ ކަމަށާއި އެ މެމްބަރުންނަށް އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދާއިރާގެ މެޖޯރިޓީ ރައްޔިތުން ގަބޫލެއް ނުކުރައްވާ މިސަރުކާރުން ކުރާ މަސައްކަތްތަކެއް. ރިޔާސީ އިންތިހާބު ނަތީޖާއިން އެނގޭނެ، އަޅުގަނޑުގެ ދާއިރާއިން އަޅުގަނޑު މިހުރި އިސްލާހީ ފިކުރަށް މެޖޯރިޓީ ނުލިބުނު ކަމަށްވަނީ ނަމަ އަޅުގަނޑު ސިޔާސީ މަސައްކަތް ހުއްޓާލާނަން،" ޝާހު ވިދާޅުވި އެވެ.

މީގެއިތުރުން ޝާހު ވިދާޅުވީ އޭނާ މެމްބަރު ކަމަށް އިންތިހާބުވީ ސަރުކާރު ކޯލިޝަން ޕީޕީއެމްގެ ޓިކެޓެއްގައި ކަމަށްވިޔަސް، އެ ކޯލިޝަން ވަނީ ރޫޅިފައި ކަމަށެެވެ.

ޝާހު ވިދާޅުވީ އޭނާ ޕީޕީއެމުން ވަކިވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މިސަރުކާރާއި ފެޔަށްޖެހިވަޑައިގެން، އިސްލާހީ ހަރަކާތް ފެއްޓެވުމުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ވެސް މިސަރުކާރު ގެނައުމަށް އެންމެބޮޑު މަސައްކަތެއް ކުރެއްވި ފުވައްމުލަކަށް ނިސްބަތްވާ އެއް ބޭފުޅާ ކަމަށާއި މި ހުރިހާ ފަރާތްތަކުން މީގެކުރިން ރައީސް ޔާމީންގެ ސަރުކާރު ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވުމުން އިސްލާހީ މަސައްކަތް ކުރެވެން އޮތް ގޮތަކަށް ކުރުމަކީ ގައުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 މެއި 2017

މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި

11 މެއި 2017
މަސީހުގެ ދާއިރާއިން މަސީހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކޮށްފި
08 މެއި 2017

އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް

08 މެއި 2017
އަޅުގަނޑުގެ ވޯޓު އޮޅުވާލީ ވައްކަން ކުރުމަށް: ޝަރީފް
04 އެޕްރީލު 2017

ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު

04 އެޕްރީލު 2017
ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު
18 މާރިޗު 2017

ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ

18 މާރިޗު 2017
ރާއްޖެޓީވީގެ އަބުރު ފަންޑަށް ހުޅުހެންވޭރު ދާއިރާއިން އެހީ
18 މާރިޗު 2017

އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި

18 މާރިޗު 2017
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް