Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ޓެރެރިޒަމް މައްސަލަ

އަދީބަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

2 އޯގަސްޓު 2018 | ބުރާސްފަތި 06:45

ކެންސަލް ކޮށްފައިވަނީ އަދީބުވެސް ކޯޓަށް ހާޒިރު ކުރުމަށްފަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 އޯގަސްޓު 2018 | ބުރާސްފަތި 06:45
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ބ. ހިބަޅިދޫގެ މޫދުއަޑިން ހަތިޔާރުތަކެއް ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށްކުރާ ޓެރަރިޒަމުގެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ. ކްރިމިނަލް ކޯޓުގައި ބުރާސްފަތި ދުވަހު އެމައްސަލައިގެ ޝަރީއަތުގެ މަޖްލީހެއް ބާއްވަން ތާވަލްކޮށްފައިވަނީ ހެނދުނު 10:00 އެވެ. ނަމަވެސް އެއަޑުއެހުން ކެންސަލް ކުރީ އަދީބު ވެސް ކޯޓަށް ހާޒިރު ކުރުމަށްފަހުގައެވެ. އަޑުއެހުން ކެންސަލްކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ. ހިބަޅިދޫ އިން ހަތިޔާރު ފެނުނު މައްސަލާގައި އަދީބުގެ އިތުރުން ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހްމަދު ފަޔާޒު (ޕާޕާ) އާއި، ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ގ. އޮއިވާލި މުހައްމަދު ހުސައިން (އޮއިއްޓޭ)އާއި، މ. ލޭންޑް އޮފް ގާޑަން އަހްމަދު އިޝްފާހު އަލީއާއި، މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ މައްޗަށެވެ. މުހައްމަދު ހުސައިންއާއި އައްލާމް އަދި އިޝްފާހުގެ މައްޗަށް ދައުވާކުރި ނަމަވެސް އެ ތިން މީހުން ތިބީ ރާއްޖެއިން ބޭރުގަ އެވެ. އެ މީހުން ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވާއިރު، އިންޓަރޕޯލް ރެޑް ނޯޓިސް ވެސް ނެރެފައި ވެއެވެ. އެ ތިން މީހުން ކޯޓަށް ހާޒިރު ކުރެވިފައި ނުވާތީ އެ ތިން މީހުންގެ ޝަރީއަތް ކޯޓުން އަދި ފަށާފައެއް ނުވެ އެވެ. ހިބަޅިދޫ އިން ހަތިޔާރުތަކެއް ފެނުނު މައްސަލާގައި ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން 22 މީހެއްގެ ނަން ހެކީންގެ ގޮތުގައި ކޯޓަށް ހުށަހަޅާފައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި، ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮން ގޮއްވާލި މައްސަލައާއި ގުޅިގެން ހިންގި ތަހުގީގުގައި ސިފައިންގެެ ބަޑިގުދަނުން ބަޑި ގެއްލިފައިވާކަން ހާމަވެފައިވާތީ އެތަކެތި ހޯދުމަށް ކުރި މަސައްކަތުން ބަޑިތައް ފެނިފައިވަނީ، ހިނބަޅިދޫ ފަޅުތެރެއިންނެވެ.

Advertisement - newsAdvertisement

ޓެރަރިޒަމްގެ ދައުވާގެ އިތުރުން ހިޔާނާތުގެ އެތައް މައްސަލައެއްގައި އަދީބުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި ޝަރީއަތްތައް ހިންގަމުންދެ އެވެ. ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ކަމަށް ބުނާ މައްސަލާގައި އާއި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އަދީބްގެ މައްޗަށް އުފުލި ބައެއް ދައުވާތައް ސާބިތުވެ އެމަނިކުފާނު މިހާރުވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
27 ފެބުރުއަރީ 2017

މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!

27 ފެބުރުއަރީ 2017
މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް