Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ މިލަންދޫ

މިލަންދޫ ސްކޫލުން ދަރިވަރުންނަށް ހަވާލު ކުރި ޓެބްލެޓް މަހެއް ފަހުން އަތުލަން ފަށައިފި

2 އޯގަސްޓު 2018 | ބުރާސްފަތި 06:32

ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރީ މިދިޔަމަހު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 އޯގަސްޓު 2018 | ބުރާސްފަތި 06:32
ޓީޗަރަކަށް ޓެބްލެޓް ހަވާލު ކުރަނީ: ހުރިހާ ދަރިވަރުންނަކަށް އަދި ޓެބްލެޓެއް ނުދޭ

ޓީޗަރަކަށް ޓެބްލެޓް ހަވާލު ކުރަނީ: ހުރިހާ ދަރިވަރުންނަކަށް އަދި ޓެބްލެޓެއް ނުދޭ

ށ އަތޮޅު މިލަންދޫ ސްކޫލުން އެސްކޫލުގެ ދަރިވަރުންނަށް ހަވާލުކުރި ޓެބްލެޓްތައް އަނބުރާ ސްކޫލަށް ހަވާލުކުރަން އަންގައިފިއެވެ.

ރާއްޖެ އެމްވީން އެއީ ތެދެއްތޯ ސުވާލުކުރުމުން މިލަންދޫން ސްކޫލުން ބުނީ އެކަމާ ގުޅޭގޮތުން ޖަވާބެއް ދެއްވޭނީ ލިޔުމަކުން ހުށަހެޅުމުން ކަމަށެވެ.

ނަމަވެސް އެސްކޫލުގެ ބެލެނިވެރިންގެ ތެރެއިން ބަޔަކު ވަނީ ޓެބްލެޓްތައް ސްކޫލަށް އަނބުރާ ހަވާލު ކުރުމަށް އަންގާފައިވާކަން ކަށަވަރުކޮށް ދީފައެވެ. އަދި މިލަންދޫ ކައުންސިލްގެ ނާއިބު ރައީސް އަހުމަދު ސިޔާމް ވެސް ވަނީ ޓެބްލެޓްތައް ސްކޫލަށް ހަވާލުކުރަން އަންގާފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ.

މީގެ އިތުރުން ޓެބްލެޓްތައް ހަވާލު ކުރުމަށް ދަރިވަރުންގެ ބެލެނިވެރިންނަށް ސްކޫލުން ފޮނުވި ކަމަށް ބުނާ މެސެޖް ވެސް އެސްކޫލުގެ ބެލެނިވެރިއަކު ވަނީ ރާއްޖެ އެމްވީއާ ހިއްސާ ކޮށްފައެވެ.

މިލަންދޫ ސްކޫލުގެ ނަމުގައި ބެލެނިވެރިންގެ ސަމާލު ކަމަށް ފޮނުވާފައިވާ އެމެސެޖްގައި ބުނެފައިވަނީ މާދަމާ (ބުރާސްފަތި ދުވަހު)ހުރިހާ ދަރިވަރުންގެ ޓެބްލެޓް ކްލާސް ޓީޗަރާއި ހަވާލު ކުރުމަށް ދަންނަވާ ކަމަށެވެ. އަދި ޓެބްލެޓް ގެންނައިރު (ހަވާލުކުރާއިރު) ފޮށްޓަށް ލައިގެން ހުރިހާ އެއްޗެއް ހަމަކޮށްގެން ގެނައުމަށް ހަނދާން ކޮށްދޭ ކަމަށް ވެސް ބުނެފައިވެއެވެ.

މިލަންދޫ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ކަމަށް ބުނާ މެސެޖް

ސިޔާމް ވިދާޅުވީ ދަރިވަރުންނަށް މިދިޔަ ޖުލައިމަހުގެ 1 ވަނަ ދުވަހު ހަވާލުކުރި ޓެބްލެޓްތައް އަނބުރާ ސްކޫލަށް ހަވާލުކުރަން އަންގައިގެން ބުރާސްފަތި ދުވަހު އެޓެބްލެޓްތައް ސްކޫލާ ހަވާލުކުރަމުން ގެންދާކަމަށެވެ.

ސިޔާމް ވިދާޅުވީ ޓެބްލެޓްތައް ހަވާލުކުރަން އެންގީ ކޮން ސަބަބަކާ ހުރެކަމެއް ނޭނގޭ ކަމަށާއި ބެލެނިވެރިންނަށް ވެސް އެކަން ސާފު ނުވާ ކަމަށެވެ.

މިއަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށެންވާއިރަށް ރާއްޖޭގެ ސްކޫލް ތަކުގެ ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީ ނަމަވެސް އަދި އެކަން ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް