Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާން ވަގަށް ނެގުން

ނޫސްވެރިޔާ ރިލްވާން ވަގަށް ނެގުމަށް ފަހު ގެއްލުވާލި މައްސަލައިގެ ހުކުމް ކުރުން މާދަމާ

1 އޯގަސްޓު 2018 | ބުދަ 17:12

މާދަމާ 10:00 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 އޯގަސްޓު 2018 | ބުދަ 17:12
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލުވާން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލުވާން

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގުމަށްފަހު ގެއްލުވާލި މައްސަލައިގައި ހުކުމް ކުރުމަށް ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

ރިލްވާން ގަދަކަމުން 8 އޮގަސްޓް 2014 ގައި ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 10:00 ގަ އެވެ.

Advertisement - newsAdvertisement

އެ ދައުވާއާ ގުޅިގެން ޖުލައި މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ވަނީ ހުލާސާ ބަޔާން ހުށައަޅާފައެވެ.

މިމައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އާދަމް އާރިފު އެވެ.

ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ވަނީ މި މައްސަލަ ސާބިތު ކުރުމަށް 29 ހެއްކެއް ހުށައަޅާފައިވާ ކަމަށް ފާހަގަ ކުރައްވާފައެވެ. މި ގޮތުން ހެކިބަސް ދިން މީހުންގެ ހެކިބަހުން ރިލްވާން ގެއްލުމުގެ ދުވަސް ކޮޅެއް ކުރިން މާލެ އިން ހުޅުމާލެއަށް ކާރެއް ގެންދިޔަ ކަމާއި އަދި ރިލްވާން ގެއްލުނު ފަހުން ރަތްކުލައިގެ ކާރެއް މާލެއަށް އަނބުރާ ގެންދިޔަ ކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވެފައި ވެއެވެ. އަދި ރިލްވާން ގެއްލުނު ރޭ، ރިލްވާން ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން މީހަކު ހަޅޭއްލެވި އަޑު އިވުނު ކަމަށް ބައެއް މީހުން ބުނިއިރު އެ ގަޑީގައި މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށާއި އަދި އެ ކާރު ދިޔަ ވަގުތު ވަޅިއެއް އެތަނަށް ވެއްޓިފައި އޮތް ކަމަށް ވެސް ބައެއް ހެކިން ބުނެފައިވާކަން ވަކީލާ ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ ރަތްކުލައިގެ ކާރަކަށް ރިލްވާން އަރުވައިގެން ދުއްވި ކަމާއި އަދި އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތައްޓެއް ފެނިފައިވާ ކަން ވެސް ހުށަހަޅާފައިވާ ހެކިތަކުން އެނގޭނެ ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވަނީ ކާރުން ފެނުން އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ހުށައަޅާފައިނުވި ނަމަވެސް އެ ރިޕޯޓާ ގުޅޭ ލިޔުމެއް ސިޓީއަކުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ރިލްވާން އާއިލާގެ އެހެން މީހުންގެ ހެކިބަސް ނެގިއިރު އެމީހުން އެ ކާރަށް އަރާފައި ނުވާ ކަމަށް ބުނެފައި ވާތީ އެ ކާރަށް ރިލްވާން ނޫން މީހަކު އަރުވާފައިނުވާ ކަން އެނގޭ ކަމަށް ވެސް ދައުލަތުން ފާހަގަ ކުރެއްވިއެވެ.

އާލިފް އާއި ނޫރައްދީންގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން އެމީހުންގެ ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުވާލި މައްސަލައަކީ ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި ވިދާޅުވީ ދެ ކުއްޖަކު ހޯދައި ދައުވާއެއް ކޮށްލުމަކީ އެ ޖަރީމާގައި ފަސްއަޅާ ފޮރުވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ރިލްވާން ވަގަށް ނެގި މައްސަލަ ފުލުހުން އެންމެ ރަނގަޅަށް ތަހުގީގު ކުރުމުގައި އިހްމާލުވެފައިވާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވެފައި ވެއެވެ. އެ މައްސަލައިގައި ހަގީގަތް ހޯދުމުގައި ޕްރޮސެކިއުޓާ ޖެނަރަލް ވެސް އަމަލު ކުރައްވާފައިވާ ގޮތުން އެކަމުގެ ހަގީގަތް ހޯދުމަށް ވަރަށް ބޮޑަށް އިހްމާލުވެފައިވާކަން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ނޫރުއްސަލާމް ވިދާޅުވެފައި ވަނީ އާލިފް ރައޫފު ދުއްވި ކާރުގައި ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނާއިރު އެރޭ ކާރު ބާއްވާފައި އޮތްތަނުގެ ސީސީޓީވީ ކެމެރާގެ ފޫޓެޖު ހޯދަދޭން އާލިފްގެ ފަރާތުން އެދުނު ނަމަވެސް އެކަން ފުލުހުން ކޮށްފައިނުވާ ކަމަށެވެ. އަދި ރިލްވާން ކާރަށް އަރުވައިގެން ދިޔަ ތަނުގައި ވަޅިއެއް އޮތް ކަމަށް ތަހްގީގު ކުރި ފުލުހުން ބުނާއިރު އެ ވަޅީގެ ފޮރެންސިކް ރިޕޯޓެއް ވެސް ޝަރީއަތަށް ހުށައެޅިފައިނުވާ ކަމަށާއި އަދި ރިލްވާންގެ ކޮއްކޮ މޫސާ ރިލްވާންގެ ހެކިބަސް ނަގަން ޖެހޭކަން ވެސް ދައުލަތަށް އެނގުނީ ހެކި ހުށައެޅުމުގެ ގާނޫނީ ވަގުތު ހަމަވެގެން ގޮސް އެހެން މީހުންގެ ހެކިބަސް ނަގަން ފެށި ފަހުންކަން ވެސް ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. ދައުލަތުން އަމަލު ކޮށްފައިވާ ގޮތުން ނޫރައްދީނާއި އާލިފު ފުލުހުންނަށް ދީފައިވާ ބަޔާނަށް ވެސް އިންކާރު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ވެސް އޭނާ ވިދާޅުވެފައި ވަނީ ރިލްވާން އަރުވައިގެން ގެންދިޔަ ކާރު ދިޔަ ތަނެއް ވެސް ހޯދަން ފުލުހުން މަސައްކަތް ކޮށްފައިނުވާއިރު ހެކިބަސް ދިން އެއްވެސް މީހަކު އާލިފާއި ނޫރައްދީން އެއްވެސް ކަމެއްގައި އުޅެނިކޮށް ފެނިފައިވާ ކަމަށް ބުނެފައިނުވާ ކަން އެނގޭތީ އެ މީހުންގެ މައްޗަށް މި ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. އެރޭ ކާރަށް އަރުވައިގެން ގެންދިޔައީ ރިލްވާން ކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ކާރުގެ ނަމްބަރު އެއްވެސް ހެކިވެރިޔަކު ބުނެފައި ނުވާކަން އެނގޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ރިލްވާން އަރުވައިގެން ގެންދިޔަ ކަމަށް ބުނާ ރަތްކުލައިގެ ކާރުގެ ރަޖިސްޓްރީ ވެސް ދައުލަތުން ހުށައަޅާފައިނުވާއިރު އެ ކާރުން ފެނުން އިސްތައްޓަކީ ކޮން އިރަކު އެ ކާރުން ފެނުން އިސްތައްޓެއް ކަމެއް ވެސް އެނގޭނެ ލިޔުމެއް ނެތް ކަމަށް ދިފާއުން ވަނީ ވިދާޅުވެފައެވެ. އަދި އެ ކާރުން ފެނުން އިސްތަށީގެ ޑީއެންއޭ ދިމާވޭތޯ ބެލުމަށް ރިލްވާންގެ އާއިލާގެ ހުރިހާ އެންމެންގެ ހެކިބަސް ނަގަން ހުށަހަޅާފައިނުވާއިރު އެ އިސްތަށީގެ ޑީއެންއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ގެނައި ފޮރެންސިކް އެކްސްޕާޓްގެ ވާހަކަތަކާ މެދު ވެސް ދިފާއުން ސުވާލު އުފައްދާފައިވެއެވެ.

އެ ހުރިހާ ކަމަކާ އެކު އެކަށީގެންވާ ވަރަށް ވުރެ ބޮޑެތި ޝައްކުތަކެއް ހުރުމުން އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާނެ ކަމަށް ކަނޑައަޅައި ދޭން ނޫރުއްސަލާމް އެދިވަޑައިގެންނެވިއެވެ. ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ސ. ހުޅުދޫ އަތިރިއާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. އެކަމަކު އޭނާ ރާއްޖޭގައި ނެތުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެއެވެ. އޭނާ ރާއްޖެ އިން ބޭރުގައި ހުއްޓާ މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން އެންގިޔަސް، ދައުލަތުން ބުނެފައިވާ ގޮތުގައި އޭނާ މަރުވިކަން ކަށަވަރެއް ނުވެއެވެ.

ޗެއިން އޮފް ކަސްޓަޑީ ފޯމް ހުށަނާޅައި އެކަމާ ގުޅޭ އެހެން ލިޔުމެއް ސިޓީއަކުން ހުށައަޅާފައިވާ ކަމަށް ދައުލަތުން ބުނި ވާހަކައަށް ރައްދު ދެއްވާ ގާޒީ ވިދާޅުވެފައި ވަނީ އެ ސިޓީއެއް ކޯޓަށް ފޮނުވި ނަމަވެސް އެ ސިޓީ ޝަރީއަތައް ހުށައަޅާފައިނުވާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް