Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

ލެވަންޑޯސްކީ ވިއްކާލަން ކޯޗު އަދި މެނޭޖްމަންޓު ވެސް ދެކޮޅު

ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 1 އޯގަސްޓު 2018 | ބުދަ 12:17
ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ

ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ވިއްކާލަން ބޭނުންނުވާ ކަމަށް އެކްލަބްގެ މެނޭޖްމަންޓުންނާއި އަދި ކޯޗު ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ލެވަންޑޯސްކީ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް މީޑިއާތަކުން ވަނީ ތަކުރާރުކޮށް ރިޕޯޓް ކޮށްފައެވެ. އެގޮތުން އޭނާގެ އޭޖެންޓް ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އޭނާ އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައެވެ.

ޗެލްސީގެ ކޯޗުގެ މަގާމާއި އަލަށް ހަވާލުވި މައުރީޒިއޯ ސައްރީ ވެސް ލެވަންޑޯސްކީއަށް ފާރަލަމުންދާ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާއިރު އޭނާ އެހެން ޓީމަކުން މި ފެށޭ ސީޒަނުގައި ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބަޔާންގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގާ ބުނީ ބަޔާންއަކީ ބޮޑު އަދަދުތަކެއް ހުށަހެޅުމުން ފަހަތަށް ޖެހޭނެ ކްލަބެއް ނޫން ކަމަށާއި ބަޔާންއަށް އެއްވެސް ހުށަހެޅުމެއް އަޔަސް ބަލައި ނުގަންނާނެ ކަމަށެވެ. ހަމައެހެންމެ ލެވަންޑޯސްކީއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އޭނާ ކުޅޭ މަގާމަށް އެފެންވަރުގައި ކުޅެވޭނީ މަދު ކުޅުންތެރިޔަކަށް ކަމަށް ވެސް ރުމެނިގާ ބުނެފައިވެއެވެ. ލެވަންޑޯސްކީ ވިއްކާލުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށާއި 150 މިލިއަން ޔޫރޯ ހުށަހެޅި ނަމަވެސް އެކަމަށް އެއްބަސްނުވާނެ ކަމަށް ރުމެނިގާ ބުނެފައިވެއެވެ. ލެވަންޑޯސްކީ ފަދައިން ކްލަބްގައި ތިބި ހުރިހާ މޮޅު ކުޅުންތެރިން ވެސް ކްލަބްގައި މަޑުކުރުވާނެ ކަމަށް ވެސް ރުމެނިގާ ބުނެފައިވެއެވެ.

ބަޔާންގެ ކޯޗު ނިކޯ ކޮވާޗް ބުނީ ލެވަންޑޯސްކީ ބަޔާން ދޫކޮށްނުލާނެކަން ވަރަށް ސާފު ކަމަށާއި އޭނާ ފެންވަރުގެ މޮޅު ފޯވާޑަކު އެހެން ކްލަބަކަށް ވިއްކާލުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. އަދި އޭނާއާއެކު ވަރަށް ގިނަ މުބާރާތް ކާމިޔާބުކުރަން ބޭނުންވާ ކަމަށް ކޮވާޗް ބުނެފައިވެއެވެ. އަދި އޭނާ ކޮންޓްރެކްޓް ހަމަވަދެން ބަޔާންގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް ކޮވާޗް ބުނެފައިވެއެވެ. ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ.

ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2014 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއަށް ކުޅުނު 195 މެޗުގައި 151 ލަނޑު އޭނާ ޖަހާފައިވާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު