Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ރިޝްވަތުގެ ކުށް ބަޔާންކުރާ މާއްދާ އުވާލާ ބިލަށް ވޯޓަށް އެހުމަށް ދެވަނަ ފަހަރަށް ތާވަލް ކޮށްފި

1 އޯގަސްޓު 2018 | ބުދަ 06:55

މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެސް ވޯޓަށް އެހުމަށް ތާވަލް ކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 އޯގަސްޓު 2018 | ބުދަ 06:55
ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނުން ބޭއްވި އިވެންޓެއްގެ ތެރެއިން

ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަނުން ބޭއްވި އިވެންޓެއްގެ ތެރެއިން

ރިޝްވަތަކީ ކުށެއް ނޫން ކަމަށް ސަރުކާރުން ނިންމަން އުޅޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެބިލަށް ވޯޓަށް އެހުމަށް ދެވަނަ ފަހަރަށް ތާވަލް ކޮށްފިއެވެ.

ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިބްރާހީމްދީދީ ގާނޫނުލް އުގޫބާތަށް ހުށަހަޅުއްވާފައިވާ އިސްލާހު ގެނައުމުގެ ބިލް، ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމަށް ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާއިރު، މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާއި ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައި ވެއެވެ. ނަމަވެސް އެ ދުވަހު ވޯޓަށް އެހުމަށް ފަސް ކަމެއް އެބައޮތް ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިއުލާން ކުރެއްވުމަށް ފަހު، ވޯޓަށް އައްސަވާފައި ވަނީ ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)ގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެކަންޏެވެ.

Advertisement - newsAdvertisement

ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ޕީއެސްއެމްގެ ބޯޑުގެ ހަތް މަމްބަރުންގެ އަދުދު ފަސް މެމްބަރުންނަށް ދަށްކޮށް، ބޯޑަށް މެމްބަރުން އައްޔަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ނުޖެހޭ ގޮތަށް ހުށަހެޅި އިސްލާހެކެވެ. އެ އިސްލާހާ އެކު ރައީސް އަބްދުﷲ ޔާމީން ވަނީ ޕީއެސްއެމްގެ ބޯޑަށް ފަސް މެމްބަރުން އައްޔަން ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުންގެ ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް ތައާރަފް ކުރަންޖެހޭ ބިލްގެ އެޖެންޑާގެ ދަށުން، ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހަޅުއްވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފައެވެ.

ޕީޕީއެމުން ބުނެފައި ވަނީ އަބްދުއްރަހީމް ހުށަހަޅުއްވާފައިވާ އެބިލަކީ ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރާ ރިޝްވަތުގެ ކުށް ބަޔާންކުރާ ބާބެއް ކަމަށެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށް އެބިލް ސަރުކާރުގެ ފަރާތުން ހުށަހަޅަން އެޖެންޑާ ކޮށްފައި މިވަނީ، ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށާ ގުޅޭ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ އަދަބު ބަޔާންކުރާ މާއްދާއަކަށް ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވަނިކޮށެވެ. އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ނަތީޖާއަކީ ގާނޫނުލްއުގޫބާތުގައި 510 ވަނަ މާއްދާގައި ބަޔާން ކުރާ ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވިގެންދިއުމެވެ.

މި މަހުގެ 10 ވަނަ ދުވަހު، ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ، މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ރިޝްވަތުގެ ކުށް އުވާލަން ހުށަހަޅާފައި އޮތް ކަމެއް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ރިޝްވަތަކީ ކުށެއް ނޫން ކަމަށް އިސްލާހު ހުށަހަޅާފައި ވާތީ، ގާނޫނުލްއުގޫބާތަށް ކަމާ ބެހޭ މުއައްސަސާތައް އަހުލުވެރިކުރުމުގެ މަސައްކަތް ކުރެއްވި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް "ރާއްޖެއެމްވީ"އަށް ވިދާޅުވެފައި ވަނީ އެ ބިލު އޮތް ގޮތަކަށް ފާސްކޮށްފި ނަމަ، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާންކުރާ މާއްދާއެއް ކަމަށެވެ.

ރިޝްވަތާ ގުޅިގެން، އޭސީސީން ގިނަ ދައުވާތަކެއް ވެސް އުފުލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ އެ މާއްދާއާ ހަވާލާދީއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ގާނޫނުލް އުގޫބާތަށް 29 އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުތައް މަޖިލީހަށް ބަލައިގަނެ، ކޮމެޓީން ދިރާސާކޮށް ނިންމައި، ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާތާ ހަފްތާއެއް ވަނީ ވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
22 މާރިޗު 2017

ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި

22 މާރިޗު 2017
ވިލުފުށީ އެމްޑީޕީ ކެންޑިޑޭޓުން ހައްޔަރުކޮށް، ދައުވާކުރުން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
13 ފެބުރުއަރީ 2017

މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

13 ފެބުރުއަރީ 2017
މަޖުބޫރުން ޕީޕީއެމް އަށް ސޮއިކުރުވާ މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް