Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ނުހައްގު މުއްސަނދިކަން: ކުށަކަށް ހަދަން ހުށަހެޅިކަން ޕީޕީއެމަށް ބުނެނުދެވުނު!

31 ޖުލައި 2018 | އަންގާރަ 15:00

ސުވާލު ކުރުމުން އަބްދުއްރަހީމް ވަނީ ކޯފާ އިސްކުރައްވާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 31 ޖުލައި 2018 | އަންގާރަ 15:00
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު

ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއް ކަމަށް ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އަލަށް ހުށަހެޅި އިސްލާހުގައި ހިމަނާފައިވާނެތޯ ސުވާލު ކުރުމުން، އެ ސުވާލަށް ޖަވާބު ދިނުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ދެކޮޅު ހަދައިފިއެވެ.

ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވާލެވޭ ގޮތަށް ހުށަހެޅި ބިލަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ޕީޕީއެމުން ވަނީ ގާނޫނުލް އުގޫބާތަށް އަނެއްކާވެސް އިސްލާހެއް ހުށަހަޅާފައެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލުގައި ރިޝްވަތުގެ ކުށް އަލުން ހިމަނާފައިވުމުން، ނުހައްގު މުސްދަނދިކަން ހޯދާ ފަރާތްތަކަށް ދައުވާ ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅާފައިވާނެތޯ ރާއްޖެއެމްވީ ޕީޕީއެމް ޕީޖީ ގްރޫޕާ ވަނީ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.

Advertisement - newsAdvertisement

އެސުވާލުތައް ކުރިމަތިކުރި ސަބަބަކީ އާ ގާނޫނުލް އުގޫބާތު 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރިއިރު ވެސް، ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކަށް އަދަބު ދެވޭ ގޮތަށް އެ ބިލު ފަރުުމާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަޖިލީހުގައި އެދުމުން ވެސް، އެގޮތަށް ބިލު ފަރުމާކުރުމަށް މަޖިލީހުން ވަނީ ދެކޮޅު ހަދާފައެވެ.

ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކަށް އަދަބު ދެވޭ ގޮތަށް އަލަށް ހުށަހެޅި ބިލުގައި ހިމަނާފައިވާނެތޯ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކަށް ސުވާލު ކުރުމުން، އޭނާ ވަނީ އެ ބައިތައް ބިލުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވެ، ބޯ ޖައްސަފާއެވެ. ނަމަވެސް ޖަވާބު ދެއްވަމުން، ނިހާން ތަފްސީލުކޮށް ދެއްވީ ދައުލަތުގެ މުވައްޒަފުން ރިޝްވަތުގައި ހިފުމަކީ އަދަބު ކަނޑައެޅިގެންވާ ކުށެއް ކަމަށް ބަޔާންކުރާ މާއްދާއެވެ. ނުހައްގު މުސަނދިކަމާ ގުޅޭ ބައިތަކެއް ނިހާނަކަށް ވިދާޅެއް ނުވެވުނެވެ.

ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ބިލުގައި ބަޔާންކޮށްފައިވާނެތޯ އެ ބިލު ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމާ ސުވާލު ކުރުމުން އޭނާ ޖަވާބު ނުދެއްވައި، ކޯފާ އިސްކުރައްވައި ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވިއެވެ.

"އަޅުގަނޑު ކިޔާފަ އޮންނާނީ. ރާއްޖެޓީވީ މީހުން ކަންތައް ކުރާ ގޮތަކަށް ނޫނޭ ޕީޕީއެމަށް ނިސްބަތްވާ ބޭފުޅުން ކަންތައް ކުރައްވާނީ. ވަރަށް ބޮޑަށް ޒާތީވީމަ އެއްޗެއް ދަންނަވާލަން މިޖެހެނީ. ތިބޭފުޅުން އެބަޖެހޭ ވަކި މިންގަނޑެއްގެ ތެރޭގައި މަސައްކަތް ކުރަން،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް: ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވީ ކޯފާ އިސްކުރައްވައި

ނުހައްގު މުއްސަނދިކަން ހޯދުމަކީ ޖިނާއީ ކުށެއްކަން ގާނޫނުގައި ލިޔަން، ދެކޮޅު ހަދަމުންދާއިރު، ނިހާނާއި އަބްދުއްރަހީމް ނުހައްގު މުއްސަނދިކަން ހޯދާކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އެގޮތުން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފެންވަރު މަތީ ފްލެޓެއްތަކެއް އެފްޑަބްލިޔު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިން ވަނީ ބައްލަވައިގެންފައެވެ. އަބްދުއްރަހީމްގެ ދެކަނބަލުން ބައްލަވައިގަތް ދެ ފްލެޓުގެ އަގު، ނުވަ މިލިއަން ރުފިޔާއަށް އަރައެވެ. އަދި ހުޅުމާލޭގައި މަތީ ފެންވަރުގައި ހަދާފައިވާ ޕްލެޓިނަމް ރެސިޑެންސްއިންއިން ނިހާންގެ ދަރިކަލުން، މުހައްމަދު އަލާން އަހުމަދަށް 4.7 މިލިއަން ރުފިޔާގެ ފުލެޓެއް ވަނީ ގަނެދެއްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
16 މާރިޗު 2017

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!
03 މާރިޗު 2017

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ
26 ފެބުރުއަރީ 2017

ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!

26 ފެބުރުއަރީ 2017
ފ އަތޮޅަށް ހަދަން އުޅޭ ގޮތެއް ނޭނގޭތީ މުޒާހަރާއަށް ނުކުންނަނީ!
21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް