Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޝްވަތު

ރިޝްވަތަކީ ކުށެއް ނޫން ކަމަށް ސަރުކާރުން ކަނޑައަޅަން އުޅޭތީ ގިނަ ބަޔަކު ނުރުހުން ފާޅުކުރުމާއެކު މަޖިލީހަށް އެހެން ބިލެއް!

31 ޖުލައި 2018 | އަންގާރަ 13:00

ރިޝްވަތަކީ ކުށެއް ނޫން ކަމަށް ކަނޑައަޅާ ބިލް ކޮމެޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާތާ ހަފްތާއެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 31 ޖުލައި 2018 | އަންގާރަ 13:00
ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން

ސަރުކާރު ހިންގާ ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރުން

ރިޝްވަތަކީ ކުށެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމުން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅުމާއެކު ގިނަ ބަޔަކު ނުރުހުން ފާޅު ކުރުމާއެކު، ގާނޫނުލްއުގޫބާތަށް އެހެން އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުންގެ ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް ތައާރަފް ކުރަންޖެހޭ ބިލްގެ އެޖެންޑާގެ ދަށުން، ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފަ އެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ބުނެފައި ވަނީ އަބްދުއްރަހީމް ހުށަހަޅުއްވާފައިވާ އެބިލަކީ ގާނޫނުލްއުގޫބާތަށް އަލަށް އިތުރުކުރާ ރިޝްވަތުގެ ކުށް ބަޔާންކުރާ ބާބެއް ކަމަށެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށް އެބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން އެޖެންޑާ ކޮށްފައި މިވަނީ، ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށާގުޅޭ މާއްދާ، ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ އަދަބު ބަޔާން ކުރާ މާއްދާއަކަށް ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވަނިކޮށެވެ. އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ނަތީޖާއަކީ ގާނޫނުލްއުގޫބާތުގައި 510 ވަނަ މާއްދާގައި ބަޔާން ކުރާ ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުވިގެންދިއު މެވެ. އެ އިސްލާހު ވަނީ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށް، އެބިލް ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އަދި ބުދަ ދުވަހުގެ ޖަލްސާގައި އެބިލަށް ވޯޓަށް އެހުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހު، ސަރުކާރު ހިންގާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ، މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ރިޝްވަތުގެ ކުށް އުވާލަން ހުށަހަޅާފައި އޮތް ކަމެއް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ.

ރިޝްވަތަކީ ކުށެއް ނޫން ކަމަށް އިސްލާހު ހުށަހަޅާފައިވާތީ، ގާނޫނުލްއުގޫބާތަށް ކަމާބެހޭ މުއައްސަސާތައް އަހުލުވެރިކުރުމުގެ މަސައްކަތް ކުރެއްވި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް "ރާއްޖެއެމްވީ"އަށް ވިދާޅުވެފައިވަނީ އެ ބިލު އޮތް ގޮތަކަށް ފާސްކޮށްފިނަމަ، ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށަކަށް ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބަދަލު ކުރުމަށް ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާއަކީ ދައުލަތުގެ މުވައްޒަފުން ރިޝްވަތު ހިފުމަކީ ކުށެއް ކަމަށް ބަޔާން ކުރާ މާއްދާއެއް ކަމަށެވެ.

ރިޝްވަތާ ގުޅިގެން، އޭސީސީން ގިނަ ދައުވާތަކެއް ވެސް އުފުލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ އެ މާއްދާއާ ހަވާލާދީއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ގާނޫނުލް އުގޫބާތަށް 29 އިސްލާހެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުތައް މަޖިލީހަށް ބަލައިގަނެ، ކޮމެޓީން ދިރާސާކޮށް ނިންމައި، ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާތާ ހަފްތާއެއް ވަނީ ވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް