Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެމްބޯޑިއާގެ އާއްމު އިންތިޚާބު

އިންތިޚާބާއި ދިމާކޮށް ކެމްބޯޑިއާގެ 17 ވެބްސައިޓެއް ބްލޮކް ކޮށްފި

28 ޖުލައި 2018 | ހޮނިހިރު 13:30

ވެބްސައިޓްތައް ބްލޮކްކޮށްފައިވަނީ 48 ގަޑިއިރަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ޖުލައި 2018 | ހޮނިހިރު 13:30
އިންތިޚާބާއި ދިމާކޮށް ބްލޮކްކޮށްފައިވާ ޚަބަރު ވެބްސައިޓްތަކަކީ ސަރުކާރަށް ފާޑުކިޔާ ނޫސްތައް

އިންތިޚާބާއި ދިމާކޮށް ބްލޮކްކޮށްފައިވާ ޚަބަރު ވެބްސައިޓްތަކަކީ ސަރުކާރަށް ފާޑުކިޔާ ނޫސްތައް

އާދިއްތަ ދުވަހު ކެމްބޯޑިއާގައި ބާއްވާ އާއްމު އިންތިޚާބާއި ދިމާކޮށް އެޤައުމުގައި އޮޕަރޭޓް ކުރާ 17 އޮންލައިން ނިއުސް ވެބްސައިޓެއް ބްލޮކް ކޮށްފިއެވެ.

ވަކި ފަރާތަކަށް ނުޖެހި ޚަބަރު ފަތުރާ ކަމަށް މަޝްހޫރު ބައެއް ވެބްސައިޓް ތަކާއި، ސަރުކާރާއި އިދިކޮޅު ޚަބަރު ފަތުރާ ބައެއް ވެބްސައިޓްތައް ބްލޮކްކޮށްފައިވަނީ 48 ގަޑިއިރަށެވެ. ކެމްބޯޑިއާގެ އިންފޮރމޭޝަން މިނިސްޓްރީއިން ބުނީ އެ ވެބްސައިޓްތައް ބްލޮކް ކުރަން ޖެހުނީ އިންތިޚާބާއި ދިމާކޮށް ހަމަނުޖެހުން ހިންގައި، އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާތީކަމަށެވެ.

ބައެއް ވެބްސައިޓްތައް ބްލޮކް ކުރިނަމަވެސް، ކެމްބޯޑިއާގެ ބޮޑުވަޒީރު ހުންސެން އަށް ތާޢީދުކުރާ ވެބްސައިޓްތައް ބަރާބަރަށް އޮޕަރޭޓް ކުރެއެވެ.

އިންތިޚާބާއި ދިމާކޮށް 24 ގަޑިއިރަށް ސިޔާސީ ޕާޓީޔަކާއި މީޑިއާތައްވެސް 'ހިމޭނުން' ތިބުމަށް ކެމްބޯޑިއާގެ ޤައުމީ އިލެކްޝަންސް ކޮމިޓީއިން ވަނީ އަންގާފައެވެ.

ސަރުކާރުގެ ނުފޫޒު އިންތިހާއަށް ފޯރާފައިވާ އިންތިޚާބަކަށް ކެމްބޯޑިއާ ތައްޔާރުވަމުންދާއިރު، އިންތިޚާބާއި ދިމާކޮށް މީޑިއާތަކާއި ދެކޮޅަށް ސަރުކާރުން ވަރުގަދަ ކެމްޕޭންތަކެއް ވަނީ ހިންގާފައެވެ. އެގޮތުން 30 ވަރަކަށް ރޭޑިއޯ ފްރިކުއެންސީ ބްލޮކް ކޮށްފައިވާއިރު، ކެމްބޯޑިއާ ޑެއިލީ ނޫސް ވެސް ވަނީ ހުއްޓުވާފައެވެ. އަދި ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށް ލާފައިވާއިރު، ބޮޑެތި ބައެއް ނޫސްތައް ވަނީ ސަރުކާރަށް ތާޢީދުކުރާ ވިޔަފާރިވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ކެމްބޯޑިއާ އޮތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ 142 ވަނައިގައެވެ.

މީގެ އިތުރުން ނިމިދިޔަ ހަފްތާގައި ކެމްބޯޑިއާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ވަޓްސްއެޕް ގްރޫޕްތަކަށް އެޑްކޮށްފައިވާއިރު، ބެލެވޭ ގޮތުގައި މިއީ އިންތިޚާބާއި ދިމާކޮށް ޕްރޮޕެގެންޑާ ނުވަތަ ދޮގު މައުލޫމާތު ފަތުރާ ހަމަނުޖެހުން އުފެއްދުމުގެ ބޭނުގައި އުފައްދާފައިވާ ގްރޫޕްތަކެކެވެ.

އިންތިޚާބުގެ ކުރިން މިދިޔަ އަހަރު ކެމްބޯޑިއާގެ ސަރުކާރުން ވަނީ އެޤައުމުގެ އިދިކޮޅު ލީޑަރު ކެމް ސޯކާ ހައްޔަރު ކޮށްފައެވެ. އަދި ވެރިކަންކުރާ ޕާޓީގެ މެމްބަރަކު އިސްކޮށް ހުންނަވާ ކެމްބޯޑިއާގެ ސުޕްރީމް ކޯޓުން ވަނީ ސޯކާ އިސްކޮށް ހުންނެވި ކެމްބޯޑިއާގެ އިދިކޮޅު ޕާޓީ އުވާލާފައެވެ. އެހެންކަމުން މިއިންތިޚާބުގައި އިދިކޮޅުން ވަރުގަދަ ކެންޑިޑޭޓެއް ނުނިކުންނާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރުގެ ނައިބު ފިއްލަވައިފި

03 އޮކްޓޯބަރު 2017
ކެމްބޯޑިއާގެ އިދިކޮޅު ލީޑަރުގެ ނައިބު ފިއްލަވައިފި
05 ސެޕްޓެމްބަރު 2017

ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުކޮށް ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

05 ސެޕްޓެމްބަރު 2017
ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުކޮށް ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި
28 ޖުލައި 2017

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި
16 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަަދަދު 30 އަށް ވުރެ މައްޗަށް!

16 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަަދަދު 30 އަށް ވުރެ މައްޗަށް!
16 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި އެންމެންގެ ހަށިތައް ފަހަރުގައި ދެނެނުގަނެވޭނެ!

16 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި އެންމެންގެ ހަށިތައް ފަހަރުގައި ދެނެނުގަނެވޭނެ!
15 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 17 އަށް

15 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު 17 އަށް
15 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން

15 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި މީހުންގެ އަދަދު އިތުރުވާނެ، އަދިވެސް އިމާރާތުން ދަނީ ދުން އަރަމުން
14 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: އެތައް ބަޔަކު މަރުވެއްޖެ

14 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: އެތައް ބަޔަކު މަރުވެއްޖެ
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
30 އެޕްރީލު 2017

ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި

30 އެޕްރީލު 2017
ތުރުކީގައި ވިކިޕީޑިއާ ބްލޮކް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް