Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނަތީޖާ އެނބުރެނީ. މޮޅުވަނީ ރައްޔިތުންގެ ކޮޅު

ބޮޑެތި ކަންތައްތަކެއް ވަނީ ދޫވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 28 ޖުލައި 2018 | ހޮނިހިރު 11:37
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު މިހާރު މިވަނީ އަތްދަމާލީމާ އަތްޖެހޭ ހިސާބުގައެވެ. ކުރިމަތިލާ ކެންޑިޑޭޓުންނަކީ ކޮބައިކަން މިހާރު އެދަނީ ކަނޑައެޅެމުންނެވެ. ކެމްޕެއިނުގެ ފޯރި ގަދަވެ އެދަނީ ވައިގާ ހިފަމުންނެވެ.

މިހާހިސާބަށް އައިރު ސަރުކާރުން ބުނެފައިވަނީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ނުވަތަ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށްޓަކައި ދައުލަތުގެ އެންމެހާ ތަކެއްޗާއި ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެސް ބޭނުންކުރާނެ ކަމަށެވެ. ކުރުގޮތަކަށް ބުނަންޏާ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ހޯދަން މުޅި ދައުލަތް ބޭނުން ކުރާނެ ކަމަށެވެ.

ފުރަތަމަ ކަމަކަށް އެހާހިސާބުން ވެސް އެއޮތީ ގޯސް ވެފައެވެ. އިންތިޚާބަށް ކުރިމަތިލާނީކީ ރައީސް ޔާމީނެއް ނޫނެވެ. ޢަބްދުﷲ ޔާމީން ޢަބްދުއް ޤައްޔޫމެވެ. ކޮންމެ ބޭފުޅަކަސް އިންތިޚާބަށް ކުރިމަތިލީމާ އެއީ ހަމަހަމަ ދެމީހެކެވެ. ނުވަތަ ހަމަހަމަ ބައެކެވެ.

އެކަމަކުވެސް ފެންނަނީ ތަފާތު މަންޒަރެކެވެ. ކެމްޕެއިންގައި ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރަމުން އެދަނީ ރޯމާ ދުވާލުގައެވެ. މީހަކު ކިޔާހާ އެއްޗަކަށް ބެލުމެއްނެތިއެވެ. ޤާނޫނެއް ޤަވާއިދެއް އިންސާނީ ހަމައަކަށް އަޅާލުމެއް ނެތިއެވެ.

ބައެއް ފަހަރަށް އެކަންކަން ފެނިފައި ސަރުކާރު ނޫން ފަޅީގެ މީހުންނަށް ހީވާ އެއްކަމަކީ މިއިންތިޚާބު އެމީހުންނަށް ކާމިޔާބު ނުކުރެވިދާނެ ކަމެވެ. އޮޅުވާލާނެތީއެވެ. މަކަރު ހަދާނެތީއެވެ. އެކަމުގެ އެއް މިސާލަކަށް ރައްޔިތުން ބުނަނީ ރީ ރަޖިސްޓްރޭޝަންގެ ކަންތަކުގައި ސަރުކާރުން ކަންކުރަމުންދާ ގޮތެވެ. ނުވަތަ ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމުން ކަންކުރާ ގޮތެވެ.

އެކަމަކު އެއީކީ އަޅާލަން ޖެހޭވަރުގެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އަތްދަށުން ބައެއް ކަންކަން ދޫވީތީއެވެ. ރައްޔިތުންގެ ހިތްވަރުން ބައެއް ކަންކަން ދޫކުރަން މަޖްބޫރު ވީތީއެވެ.

އޭގެ ބައެއް ކަންކަމަށް ބަލާލާނަމެވެ. ފުރަތަމަ ކަމަކީ ގުޅިފައިވާ ޕާޓީތަކުން އެވަނީ އެއްކެންޑިޑޭޓަކު ނެރެފައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދިޔައީ ގުޅިފައިވާ ޕާޓީތައް ރޫޅިގެން ދާނެ ކަމަށެވެ. އެއް ކެންޑިޑޭޓަކު ނުނެރެވޭނެ ކަމަށެވެ. އެކަމަކު އެކަންކޮށް މިއިންތިޚާބުގައި ފުރަތަމަ ކެންޑިޑޭޓަކަށް ވެގެން އެދިޔައީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންގމޭޓެވެ. ފޯމު ހުށަހަހެޅުން ކުރިއަށް ދިޔަ ގޮތަކީވެސް ތަފާތު ގޮތެކެވެ. މަގުމައްޗަށް ބައިހެޔޮކޮށް އެއްވެ ނުލެވިތިއްބާ މުޅި މަގު ފުރާލާފައިގޮސް އިލެކްޝަންސް ކޮމިޝަނަށް ވަނީތީކީއެއް ނޫނެވެ. ފޯމް ބަލައިގަންނަން ބޮޑު ރަސްމިއްޔާތެއް ބާއްވައި ނޫސްވެރިން ލައިވްކޮށް ކުރާނެ ސުވާލެއް ކުރަން ފުރުސަތުވެސް އެވަނީ ހުޅުވާލާފައެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަށް ވޯޓު ނުލެވޭގޮތް ހަދަން ކުރި މަސައްކަތްވެސް އެދިޔައީ ފަނުފުލުންނެވެ. 7 ރިސޯޓަށް އޮތް އޮތުން އެވަނީ ބަދަލުވެފައެވެ. ވޯޓުލާއިރު އެހެންމީހެއްގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވޯޓު ލައިދިނުމަކީ ރައީސް ޔާމީނަށް 100 ޕަސެންޓް ވޯޓު ތަކެކެވެ. އެކަމަކު މަޖްބޫރުން ނަމަވެސް އެކަން އެވަނީ ބަދަލުވެފައެވެ. ނުވަތަ ބަދަލު ކޮށްފައެވެ. އެކަންވެސް އަތްދަށުން ދިޔައީއެވެ.

ދެން އޮތީ ގިނަބަޔަކު ބިރުން އުޅޭ ރީ ރަޖިސްޓްރޭޝަނެވެ. އިލެކްޝަންސް ކޮމިޝަނުން މޭޒު ބަހައްޓަން ބުނި ތަންތަނުގައި އިލެކްޝަންސް ކޮމިޝަންގެ މޭޒެއް ކަމަށް ހީވާގޮތައް ބެހެއްޓި މޭޒުތަކުގެ ހަޤީގަތްވެސް އެވަނީ ފަޅާއަރާފައެވެ. ގޭގެއަށް ފޮނުވާ ޕީޕީއެމްގެ ޓީމުތަކުގެ ކަންކަން ހުރިގޮތްވެސް އެނގި ހާމަވީއެވެ. ކުންފުނިތަކުން މަޖްބޫރުކޮށްގެން ރީ ރަޖިސްޓްރީ ކުރުވިނަމަވެސް އެކުންފުނިތަކުގައި ނުވަތަ ސަރުކާރުގެ ވަކިވަކި އޮފީސް ތަކުގައި ވޯޓުފޮށްޓެއް ނުބަހައްޓާނެކަން އިލެކްޝަންސް ކޮމިޝަނުން އެވަނީ މުޅި ދުނިޔެއަށް ހާމަކޮށްފައެވެ. ދެން ކިތައްމެ މަޅިއެއް ޖެހިއަސް އެއޮފީހުގެ ބަޔަކު ވޯޓުލާނެ ގޮތްތައް ހޯދޭނެ ގޮތެއް ނެތެވެ. އެކަންވެސް ބޮޑުތަނުން ދޫވެގެން ދިޔައީއެވެ.

ދެން އޮތީ ރީރަޖިސްޓަރ ކުރާ މީހުން ވޯޓުލާން ޖެހޭތަން ފަހުވަގުތު ބަދަލުކޮށްލާނެ ކަމަށް ދެކެވޭ ވާހަކައެވެ. އެކަމަކީ ނުހިނގާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. ނިމިދިޔަ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެކަން ތަޖްރިބާ ކުރަން ޖެހުނީތީއެވެ. އެކަމަކު އެކަން ވެސް ކުޑަކުރެވޭނެ ގޮތެއް އެބައޮތެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމެވެ. ތިމާމީހާ ރީރަޖިސްޓްރީ ކުރުމަށްފަހު އޭގެ ސްލިޕްކޮޅު ހޯދުމެވެ. ރަޖިސްޓްރީ ކުރިތަނާއި ވޯޓުލާ ދުވަހު ހުންނަން ކަނޑައެޅިތަން އެނގޭނޭފަދަ ލިޔުމެއް ހޯދުމެވެ. އިރުއިރުކޮޅާ ރަޖިސްޓްރީވެފައި އޮތްތަނެއް ބެލުމެވެ. އެހެން މީހުންނަށް ވެސް އެކަން ހަނދާން ކޮށްދިނުމެވެ. ލާން މިއުޅެނީ ތިމާމީހާގެ އަމިއްލަ ވޯޓެއް ކަމާއި ނިންމާން މިއުޅެނީ އަމިއްލަ ކަމެއްކަން އަމިއްލައަށް ޤަބޫލު ކުރުމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމެވެ. އެކަން ކޮށްފިނަމަ ރީރަޖިސްޓްރީކުރާ 40 ހަކަށް ހާސް މީހުން ވޯތުލާން އޮތް ފޮށި ބަދަލުކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ކޮންމެއަކަސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްފިނަމަ އޮޅުވާލުމާއި މަކަރު ހެދުން މަދު ކުރެވޭނެއެވެ. އިސާހިތަކު ބޭނުންވާ ބަދަލު ހޯދިދާނެއެވެ. މިހާރުވެސް ކުރާ ދިރާސާތަކުން އެނގޭހެން 25 ޕަސެންޓަށް ވުރެ އިތުރުނުވެ ރައްޔިތުންގެ ކޮޅު މޮޅުވުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު