Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ޓަވަރުތައް ފެނި ޔާމީނަށް ވޯޓު ދިނުމަކީ ޕްރިޔަންކާ އާއި ކައިވެނި ކުރެވޭނެ ކަމަށް ހީކުރުން ކަހަލަ ކަމެއް: ނިޒާރު

30 ޖުލައި 2018 | ހޯމަ 03:35

އެޕާޓްމަންޓެއްގެ އަގު އުޅޭނީ ހަތަރު މިލިއަން ރުފިޔާ އަށް ވުރެ މަތީގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 ޖުލައި 2018 | ހޯމަ 03:35
ރަސްފަންނުގައި ހަދާ ޓަވަރުތަކުގެ މަސައްކަތް ފެށުން ރައީސް އިފްތިތާހުކޮށްދެއްވަނީ

ރަސްފަންނުގައި ހަދާ ޓަވަރުތަކުގެ މަސައްކަތް ފެށުން ރައީސް އިފްތިތާހުކޮށްދެއްވަނީ

މާލޭގެ މާފަންނު ކޮޅު، "ރަސްފަންނު" ބީޗު ސަރަހައްދުގައި ހަދާ ޓަވަރުތައް ފެނި، އުފާވެ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމަކީ "ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިލްމެއް ބަލާފައި އޭނާއާ ކައިވެނިކުރެވޭނެ ކަމަށް ހީކުރުން ކަހަލަ ކަމެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ސިފަކުރައްވައިފިއެވެ.

އެ އިމާރާތްތައް ހުންނާނެ ގޮތުގެ ފޮޓޯއަކާ އެކު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެތަނުގެ އެޕާޓްމަންޓެއްގެ އަގު އުޅޭނީ ހަތަރު މިލިއަން ރުފިޔާ އަށް ކަމަށެވެ.

Advertisement - newsAdvertisement

ރަސްފަންނު ކައިރީގައި އަޅާ 28 ބުރީގެ ފަސް ޓަވަރުގެ މަސައްކަތް މިހާރު ފަށާފައިވާ އިރު އެ ތަނުގެ އެޕާޓްމަންޓްތައް މިހާރު ވަނީ މާކެޓަށް ހުޅުވާލާފައެވެ. އެޕާޓްމަންޓްގެ އަގުތައް އުޅެނީ ހަތަރު މިލިއަނަށް ވުރެ މަތީގައެވެ. އެނގިފައިވާ ގޮތުގައި އެ ޓަވަރުތަކުގެ ގިނަ އެޕާޓްމަންޓްތައް މިހާރު ވެސް ވަނީ ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ވިއްކާފައެވެ.

އެ ޓަވަރުތަކުގެ މަސައްކަތް މިދިޔަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. ރަސްފަންނު ސަރަހައްދުގައި އަޅާ 100 މީޓަރު އުސް ހަތަރު ޓަވަރުގެ ތެރެއިން އެއް ޓަވަރު ތަރައްގީ ކުރަނީ 228 ކޮޓަރިއާ އެކު ލަގްޒަރީ ހޮޓަލެއްގެ ގޮތުގައެވެ. އެ ހޮޓަލުގެ ބޮޑު މިނަކީ 8،600 އަކަފޫޓެވެ. އަނެއް ތިން ޓަވަރު ހާއްސަކޮށްފައި ވަނީ 533 އެޕާޓްމެންޓާ އެކު ރެޒިޑެންޝަލް ޑިވޮލަޕްމެންޓަށެވެ. އެއީ ދެ ކޮޓަރި އާއި ހަތަރު ކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓްތަކެކެވެ. ދެވަނަ ޓަވަރުގައި 10،000 އަކަފޫޓް ހިމެނޭއިރު ތިންވަނަ ޓަވަރު ތަރައްގީ ކުރަނީ 13،000 އަކަފޫޓުގެ ބިމެއްގައެވެ.

ރެޒިޑެންޝަލް ޓަވަރުތަކުގެ 15 ޕަސެންޓްގައި ގުދުރަތީ ގަސް ހިމެނޭ ގޮތަށް ތަރައްގީކުރާ އިރު މިއީ ޒަމާނީ ފެންވަރުގެ ސްވިމިން ޕޫލްތަކާއި ކުޑަކުދިން ކުޅެން ހާއްސަ ސަރަހައްދުތަކުގެ އިތުރުން ބާބަކިއު އޭރިޔާއެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކުރާ ޓަވަރުތަކެކެވެ.

މީގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ބޮޑު ޝޮޕިން މޯލެއް ވެސް މިތަނުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓްގެ ޖުމްލައަގަކީ 220 މިލިއަން ޑޮލަރު (3.4 ބިލިއަން ރުފިޔާ) އެވެ. މިތަން އިމާރާތްކުރުމުގެ މަސައްކަތްކުރަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް ވެސް ކުރާ ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަނުންނެވެ. އެއްބަސްވުމުގައިވާ ގޮތުން ތިން އަހަރާއި ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް