Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންރޯލްޑް ނަރުހުން

އެންރޯލްޑް ނަރުހުން ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާއަށް ކިޔަވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވުމަށް އަންގަނީ!

26 ޖުލައި 2018 | ބުރާސްފަތި 07:22

ރިސްކް އެލަވަންސާއި ޝިފްޓް އެލަވަންސް ވެސް ކަނޑަލަން ވަނީ ނިންމާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ޖުލައި 2018 | ބުރާސްފަތި 07:22
ހެލްތު މިނިސްޓްރީން ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން

ހެލްތު މިނިސްޓްރީން ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން

އެންރޯލްޑް ނަރުހުން ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާއަށް ކިޔެވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވުމަށް އަންގަން ސަރުކާރުން ނިންމައިފިއެވެ.

ނަރުހުންނާއި ޑޮކްޓަރުންގެ އާ އޮނިގަނޑަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބެލެވޭ އިރު އެކަމާ ބެހޭ ގޮތުން އައިޖީއެމްއެޗްގައި މިހާރު ވަނީ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށާފައެވެ. މައުލޫމާތު ސެޝަނެއްގައި ބައިވެރިވި ނަރުހަކު ބުނީ ދެ އަހަރުގެ ތެރޭގައި އެންރޯލްޑް ނަރުހުންގެ މަގާމު އުވާލުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާ އަށް ކިޔެވުން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވާންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އެންރޯލްޑް ނަރުހުންނަކީ އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ނަރުހުންނެވެ. އައިޖީއެމްއެޗްގެ އިތުރުން ރަށްރަށުގައި ވެސް އެ ލެވެލްގެ ގިނަ އަދަދެއްގެ ނަރުހުން މަސައްކަތްކުރެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އާ އޮނިގަނޑަށް ބަދަލުކުރުމުން މުސާރަ އަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވެސް މައުލޫމާތު ދީފައިވާ ކަމަށާއި އެ ގޮތުން މިހާރު ލިބޭ ރިސްކް އެލަވަންސް އާއި ޝިފްޓް އެލަވަންސް ވެސް ކަނޑާލަން ނިންމާފައިވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

މީގެ އިތުރުން ވަޒީފާގެ ރަސްމީ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ނަރުހުންނާއި ޑޮކްޓަރުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށް ވާތީ މިހާރު ރަސްމީ ގަޑީގެ ގޮތުގައި އޮންނަނީ ހަ ގަޑިއެވެ. ނަމަވެސް ތިން ޝިފްޓަށް ޑިއުޓީ ބަހާފައި ވާތީ މިހާރު އޮންނަ ގޮތުން ދެ ގަޑިއިރު ގުނަނީ އިތުރު ގަޑީގެ ގޮތުގައެވެ. ސިވިލް ސަރވިސްގެ ގަވައިދުގައި ނަރުހުންނާއި ޑޮކްޓަރުން މަސައްކަތް ކުރުމަށް ކަނޑައަޅާފައި ވަނީ ހަ ގަޑިއިރެވެ. އެހެންކަމުން އެ ދެ ގަޑިއިރު އޯޓީގެ ގޮތުގައި ދެން ނުލިބޭނެއެވެ.

މީގެ އިތުރުން އޮގަސްޓް މަހު އަމަލުކުރަން ފަށާނެ ކަމަށް ބެލެވޭ އޮނިގަނޑުގެ ދަށުން ސަރވިސް އެލަވަންސް ލިބޭނީ ރޭންކްތަކަށް ކަނޑައެޅިފައިވާ މިންވަރަށް ކަމަށާއި ބޭސިކް މުސާރަ ބޮޑު ކުރި ނަމަވެސް އެހެން އެލަވަންސްތައް ކެނޑުމުން އެންރޯލްޑް ނަރުހުންނަށް 5000ރ. އަށް ބޮޑު އެއްޗެއް މުސާރައިން ކެނޑިގެންދާނެ ކަމަށް ބެލެވޭ ކަމަށް ނަރުހުން ބުނެއެވެ.

"ވަރަށް ބޮޑު ރިސްކެއްގައި ނަރުހުން މަސައްކަތްކުރަނީ. އެކަމަކު ރިސްކް އެލަވަންސް ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް. ބިދޭސީ ނަރުހުންނަށް އެބަ ލިބޭ އެކޮމޮޑޭޝަން އާއި ފުޑް އެލަވަންސް ވެސް. ނަމަވެސް ދިވެހި ނަރުހުންނަށް އެ ވެސް ނުލިބޭ. ސިވިލް ސާވިސްގައި ހަ ގަޑިއިރު މަސައްކަތް މި އޮންނަނީ. އެކަމަކު ނަރުހުންނަށް އަށް ގަޑި އިރު ހަމަޖެއްސުމަކީ ވެސް ވަރށް ބޭއިންސާފުންކުރާ ކަމެއް. ވަރަށް ބޮޑު ތަފާތުކުރުމެއް،" ރާއްޖެއެމްވީއާ ވާހަަކަ ދެއްކި ނަރުހަކު ބުންޏެވެ.

އެންރޯލްޑް ނަރުހުންގެ އިތުރުން ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެނެސް އޮގަސްޓް އެކަކުން ފެށިގެން އަމަލު ކުރަން ފެށޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އާ ބަދަލާ އެކު އާ އޮނިގަނޑާ އެއްގޮތަށް ވަޒީފާތައް ބަދަލުވެގެންދާނެއެވެ. އަދި ކުރިއެރުން ދިނުމަށް ހަމަޖައްސާފައި ވަނީ ވެސް ކޮލިފިކޭޝަން އަށް ބަލައިގެންނެވެ. އެހެންކަމުން ޑިޕްލޮމާ އޮންނަ ފަރާތްތަކަށް ވެސް މުސާރައިގެ ކުރިއެރުން ލިބިގެންދާނީ ޑިގްރީ އަށް ކިޔެވުމުންނެވެ. ނުވަތަ އެއަށް ވުރެ މަތީ ލެވެލްއެއްގެ ސެޓްފިކެޓެއް ހާސިލްކުރުމުންނެވެ.

އެހެން ނަރުހަކު ބުނީ އާ އޮނިގަނޑުގެ ދަށުން ގެންނަ ބަދަލުތަކުގެ ސަބަބުން ނަރުހުންގެ ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް