Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މައުމޫނުގެ ޝަރީއަތް

ޓެރަރިޒަމްގެ ކުށް ސާބިތު ކުރަން މައުމޫނާ ދެކޮޅަށް ހުށައެޅި މުހިންމު ހެކިތަކެއް ސިއްރުކޮށްފި

24 ޖުލައި 2018 | އަންގާރަ 13:48

މައުމޫނު ވިދާޅުވީ ސިއްރު ހެކިބަސް ނެގުން އިސްލާމީ ޝަރީއަތުގައި ނޯންނަ ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 24 ޖުލައި 2018 | އަންގާރަ 13:48
ކުރީގެ ރައީސް މައުމޫނު ޝަރީއަތައް މާލެ ގެންނަނީ:- އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި

ކުރީގެ ރައީސް މައުމޫނު ޝަރީއަތައް މާލެ ގެންނަނީ:- އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކުށުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ހުށައެޅި ހެކިންގެ ހެކިބަހާއި ބައެއް ކިތާބީ ހެކިތައް ވެސް ސިއްރު ކޮށްފި އެވެ.

މައުމޫނުގެ މައްޗަށް އުފުލާފައިވާ މި ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި މި މައްސަލައިގައި ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކިބަސް ސިއްރުން ނަގާ ދިނުމަށް ވަނީ އެދިފައި އެވެ. ސިއްރުން ހެކިބަސް ނަގާއިރު އެއީ ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ޝަރީއަތުގެ މަޖިލީހަށް ހާޒިރު ނުކޮށް ހެކިބަސް ނަގާދިނުމުގެ އިންތިޒާމް ހަމަ ޖައްސާ ދިނުމަށް ޝަރީއަތުގައި އެދުމުން މައުމޫނު ވަނީ އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ އެކަމާ ދެކޮޅު ހައްދަވާފައި އެވެ. މައުމޫނު ވިދާޅުވީ ސިއްރުން ހެކިބަސް ނެގުމަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށާއި ހެކިބަސް ދޭން ޖެހޭނީ ޝަރީއަތުގެ މަޖިލީހުގައި ހުރެގެން ފާޅުގައި ކަމަށެވެ. ސިއްރުން ހެކިބަސް ދިނުމަށް ފުރުސަތު ދިނުމުގެ ސަބަބުން ދޮގު ހެކިބަސް ދިނުމަށް މަގު ފަހި ވެގެންދާނެ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ. މައުމޫނުގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ ހެކިވެރިޔާއަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ގޮތަށް ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާއިރު ހެއްކާ ބެހޭ ގާނޫނުގައި ހެކިބަސް ނަގާނެ ގޮތް ބަޔާން ކޮށްފައި ނެތުމުން އެކަން ނުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ދައުލަތުގެ ވަކީލުން ވިދާޅުވީ ހެކިބަސްދޭ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް އިސްލާމީ ޝަރީއަތުގައި ބަޔާންވެފައި ވާއިރު ސިއްރު ހެކިވެރިޔާގެ އަދުލުވެރިކަން ކަށަވަރު ކުރުމަށްފަހު ސިއްރުން ހެކިބަސް ނެގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ސިއްރުން ހެކިބަސް ނެގުމަކީ ކުރެވިދާނެ ކަމެއްކަން ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ހައި ކޯޓުން ނިންމާފައިވާ ގަޒީއްޔާއަކުން އެނގޭ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމް ނިންމެވީ ސިއްރުން ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމަކީ ރާއްޖޭގެ އަދުލުގެ ނިޒާމް ބަލައިގެންފައިވާ ނިޒާމެއް ކަމަކަށްވާތީ އާއި ދައުލަތުން ފާހަގަ ކުރެއްވި ކަންކަމަށް ބަލާ ސިއްރުން ހެކިބަސް ނެގުމަށެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ދައުލަތުން އެދުނީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ކިތާބީ ހެކިތައް ސިއްރު ކޮށްދިނުމަށެވެ. އޭގެ ތެރޭގައި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ވީޑިއޯގެ އެނަލިސިސް ރިޕޯޓާއި ވީޑިއޯ ސްކްރީން ޝޮޓް ފޮޓޯތަކާއި ސިއްރު ހެކިވެރިންގެ ބަޔާންތައް ހިމެނެ އެވެ. މި ތަކެތި ސިއްރު ކޮށްދޭން އެދުނީ އެ ހެއްކަށް ރައީސް މައުމޫނު ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނެ އެވެ. އަދި ވީޑިއޯގެ ސްކްރީން ޝޮޓްތައް ދޭން ދެކޮޅު ހަދަނީ އެ ފޮޓޯތަކުގައި މިހާރުވެސް ތަހްގީގުކުރަމުންދާ ބައެއް މީހުން ފެންނަމުންދާ ތީ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސް މައުމޫނުގެ ވަކީލުން ވިދާޅުވީ މަރުގެ މައްސަލަތަކާއި ބައެއް ޓެރަރިޒަމްގެ މައްސަލަތަކުގައި ވެސް ދެކޮޅަށް ދޭ ބަޔާންތައް ނަން އުނިކުރުމަށް ފަހު ދައުވާ ލިބޭ ފަރާތަށް ދޭ ކަމަށެވެ. އަދި ރައީސް މައުމޫނަކީ ބަންދުގައި ހުންނެވި ބޭފުޅަކަށްވާއިރު އެމަނިކުފާނަކީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ބޭފުޅެއް ނޫން ކަމަށް ދިފާއުން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ގާޒީ ނިންމެވީ ދައުލަތުން އެދިފައިވާ ގޮތަށް އެ ތަކެތި ސިއްރު ކުރެއްވުމުގެ ދާއިމީ އަމުރެއް ނެރުއްވުމަށެވެ.

ރައީސް މައުމޫނާ ދެކޮޅަށް ޓެރަރިޒަމުގެ ދައުވާ ކުރަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނަށް ރިޝްވަތުދީގެން ހުކުމްތައް ވަކިގޮތަކަށް ނެރުމަށް ފަނޑިޔާރުންނަށް މަޖުރޫބުކޮށްފައިވާ ކަމަށް ބުނެއެވެ. ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދިނުމުގެ އިތުރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ރައީސް މައުމޫން ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް