Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެއިޚް އަލީ ޒައިދު

ރާއްޖޭގެ ރިސޯޓެއްގައި ބުދު ހިމެނޭ ގޮތަށް މޫދު އަޑީގައި ހެދި އާރޓް ގެލެރީއަކީ ލާދީނީ އަމަލެއް: ޝެއިޚް އަލީ ޒައިދް

25 ޖުލައި 2018 | ބުދަ 04:49

ފެއާމޮންޓް މޯލްޑްވިސް ސިއްރު ފެންފުށި ރިސޯޓުގެ މޫދުގައި ވަނީ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖް އަރޓް ގެލެރީ ހަދާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 25 ޖުލައި 2018 | ބުދަ 04:49
ޝެއިޚް އަލީ ޒައިދް

ޝެއިޚް އަލީ ޒައިދް

ފެއާމޮންޓް މޯލްޑްވިސް ސިއްރު ފެންފުށި ރިޒޯޓުގެ މޫދުގައި ހަދާފައިވާ ދުނިޔޭގެ ފުރަތަމަ ސެމީ-ސަބްމާޖްއާރޓް ގެލެރީއަކީ ލާދިނީ އަމަލެއް ކަމަށާއި ކޮންމެ މީހަކު ކުރި ނަމަވެސް އަދި ކޮންމެ އިރަކު ކުރި ނަމަވެސް، ގޯސް ކަމެއް ހަމަ ވާނީ ގޯހަށް ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މި ގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އަދި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

މިކަމާ ގުޅިގެން ޝެއިޚް ޒައިދް އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ކަންކަން ވަގުތުން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި ދިވެހި ފުލުހުންގެ އިންޓެލިޖެންސް އަށް މިކަންކަމުގެ ޚަބަރު ހަމަ ނުލިބެނީތޯ ވިދާޅުވެ، ޝެއިޚް ޒައިދު ވަނީ ސުވާލު އުފައްދަވާފައެެވެ. އަދި "މި މުންކަރާތް" ހުއްޓުވާނެ މީހަކު ނެއްތޯ ވިދާޅުވެ ވެސް ޝެއިޚް ޒައިދު ވަނީ ސުވާލު އުފައްދަވާފައެވެ.

"ކޮރަލޭރިއަމް" ގެ ނަން ދީފައިވާ މިތަން ހަދާފައި ހުންނަނީ، ހަ މީޓަރު ހުންނަ ދަގަނޑު ކޮށްޓެއްގެ ގޮތަށް ކަމަށްވާއިރު، އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ކޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގައެވެ.

މިތަނުގައި ބުދު ބެހެއްޓުމާ ގުޅިގެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސާކް ސަމިޓާ ދިމާކޮށް އެމްޑީޕީ ސަރުކާރުން އައްޑޫގައި ބެހެއްޓި މޮނިއުމެންޓްތަކާ ދެކޮޅަށް އަޑުއުފުލި ޝެއިޚުން މިއަދު ކޮބައިތޯ ދަނީ ސުވާލުކުރަމުންނެވެ. އަދި އެމްޑީޕީ ސަރުކާރުން މޮނިއުމެންޓްތައް ބެހެއްޓި އިރު އެއީ ލާދީނީ ކަމަކަށްވީ އިރު މި ސަރުކާރުން އެކަން ކުރުމުން އެކަންވީ "އާރޓަކަށް" ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް