Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރަނިންގ މޭޓުގެ އިންތިހާބު އަލުން ބާއްވައި ދިނުމަށް އެދި ކޯޓަށް!

23 ޖުލައި 2018 | ހޯމަ 16:07

ބާތިލް ވޯޓަަކީ އަލީީ ހުސެއިނަށް ލިބުނު ވޯޓެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 23 ޖުލައި 2018 | ހޯމަ 16:07
ރަނިންގ މޭޓް ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުން

ރަނިންގ މޭޓް ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުން

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ކުރިއަށް ގެންދިޔަ އިންތިހާބު، އަލުން ބާއްވައި ދިނުމަށް އެދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ.

ރަނިންގ މޭޓް ކަނޑައެޅުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިހާބު، ފައިސަލް ނަސީމް ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ފައިސަލާއި އެންމެ ގާތުން ވާދަކުރެއްވި އަލީ ހުސެއިނަށް 14 ވޯޓު ލިބުނުއިރު ފައިސަލަށް ލިބިވަޑައިގަތީ 15 ވޯޓު އެވެ. އަދި އިންތިހާބުގައި ބާތިލް އެއް ވޯޓް ހިމެނޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައި ވެއެވެ.

Advertisement - newsAdvertisement

ސިވިލް ކޯޓަށް ހުށައަޅާފައިވާ އެ މައްސަލާގައި މޫސާ އަންވަރު އެދިފައި ވަނީ ބާތިލް ވޯޓަަކީ އަލީީ ހުސެއިނަށް ލިބުނު ވޯޓެއް ކަމަށް ކަނޑައަޅައި، ފައިސަލާއި އަލީ ހުސެއިންނަށް އެއް އަދަދަކަށް ވޯޓު ލިބުމާ އެކު އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވައި ދިނުމަށެވެ.

ބާތިލްވި ވޯޓުގައި އަލީ ހުސެއިންގެ ގޮޅި އާއި ދިމާލުގައި އެއްވެސް ފާހަގައެއް ޖަހާފައިނުވާއިރު، ދެން އިން ތިން ގޮޅިއާ ދިމާލުގައި ވަނީ ނުބައި ފާހަގަ ޖަހާފައެވެ. އެހެންކަމުން މޫސާ އަންވަރު އެދިފައި ވަނީ އެއީ ބަތިލް ވޯޓަކަށް ނުވާނެ ކަމަށެވެ. އަދި އެއީ އަލީ ހުސެއިންނަށް ލިބުނު ވޯޓެއް ކަމަށެވެ.

ރަނިންގ މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓުގައި ޖުމްލަ 4 ކެންޑިޑޭޓަކު ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އެއީ އެ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު އަހުމަދާއި، ނާއިބު ލީޑަރު އަބްދުﷲ އަމީންގެ އިތުރުން ފައިސަލް ނަސީމާއި، އަލީ ހުސެއިންނެވެ.

ރަނިންގ މޭޓް ހޮވުމަށް ޖޭޕީން ބޭއްވި އިންތިޚާބުގެ ދެ ވަނަ ބުރެއް ބޭއްވުމަށް ސިވިލް ކޯޓަށް މޫސަ ހުށަހެޅި އިރު އިންތިޚާބު ނިމުމާ އެކު އަލީ ހުސައިން ވަނީ ފައިސަލް އަށް މަރުހަބާ ވިދާޅުވެ ކެމްޕެއިންގައި އެކުގައި މަސައްކަތް ކުރައްވަން ވެސް ފައްޓަވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ، ގުޅިފައިވާ ޕާޓީތަކުން ނެރޭ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހުގެ ރަނިންގ މޭޓް ކަމަށް، ޖޭޕީން ކަނޑައެޅި ފައިސަލް ބަލައިގަތުމަށް ފާސްކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް