Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސުޓް އޮޒިލް

ޖަރުމަނުގެ ގައުމީޓީމަށް ކުޅޭކަށް ދެން ބޭނުމެއް ނޫން: އޮޒިލް

23 ޖުލައި 2018 | ހޯމަ 15:56

އޮޒިލް އާއި އޭނާގެ އާއިލާއަށް ވެސް ބިރު ދައްކާފައިވާކަމަށް އޭނާ ބުނޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ޖުލައި 2018 | ހޯމަ 15:56
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާންއާއިއެކު ފޮޓޯއެއް ނަގާފައިވާތީ ވެސް އޮޒިލްއަށް ވަނީ ފާޑުކިޔާފަ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާންއާއިއެކު ފޮޓޯއެއް ނަގާފައިވާތީ ވެސް އޮޒިލްއަށް ވަނީ ފާޑުކިޔާފަ

ޖަރުމަނުގެ ގައުމީޓީމަށް ދެން ކުޅެން ބޭނުން ނުވާ ކަމަށް އާސެނަލްގެ މިޑްފީލްޑަރ މެސުޓް އޮޒިލް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ކުޅުން ތެރިޔާ ނެރެފައިވާ ދިގު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖަރުމަނުގެ ގައުމީ ޖާޒީ ދޫކޮށްލަން އޭނާ ބޭނުންވީ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާ އާއި މެދު ކަންތައް ކުރި ގޮތުންނެވެ.

މީގެ އިތުރުން އޭނާ ވަނީ ވަރލްޑް ކަޕްގައި ޖަރުމަނަށް ލިބުނު މާޔޫސްކުރު ވަނިވި ނަތީޖާއަކީ ވެސް އޭނާގެ ސަބަބުން ވީކަމެއް ކަމަށް ބުނަމުން ގެންދާ ކަމަށް ބުނެފައެވެ.

މެއިމަހު ލަންޑަންގައި އޮތް އިވެންޓެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން އާއި އެކު ފޮޓޯއެއް ނަގާފައި ވާތީ ވެސް އޮޒިލްއަށް ވަނީ ފާޑުކިޔާފައެވެ.

އެ ރަސްމިއްޔާތަށް އޮޒިލް ގޮސްފައި ވަނީ މެންޗެސްޓަރ ސިޓީއަށް ކުޅޭ ޖަރުމަނުގެ ގައުމީ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ އިލްކައި ގުންޑުއާން އާއިއެކުއެވެ. ދެ ކުޅުންތެރިންނަކީ ވެސް ތުރުކީ ދަރިކޮޅުގެ ދެ ކުޅުންތެރިންނެވެ.

އޮޒިލް ބުނެފައި ވަނީ އޭނާ އާއި ގުންޑުއާން ރައީސް އޮރްދޮޣާން އާއި ވާހަކަދެއްކީ ފުޓްބޯޅަ އާއި ބެހޭގޮތުން ކަމަށެވެ.

އޭގެ ފަހުން ތުރުކީގެ ވެރިކަންކުރާ އޭކޭ ޕާޓީން ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެ ފޮޓޯ ބޭނުން ކޮށްފައެވެ.

ރައީސް އޮރްދޮޣާން ވަނީ އެ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.

އޮޒިލް އާއި ގުންޑުއާން އަކީ ޖަރުމަނުގެ ޑިމޮކްރެޓިކް އުސޫލުތައް ބަލައިގަންނަ ދެ ކުޅުންތެރިންތޯ ޖަރުމަނުގެ ސިޔާސީ އެތައް ބަޔަކު ސުވާލު އުފައްދައެވެ.

ތުރުކީގައި ނާކާމިޔާބު ކޮށްލި ބަޣާވާތަށް ފަހު ރައީސް ރަޖަބް ތައްޔިބު އޮރުދޮޣާން އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކަށް ކުރިން ޖަރުމަނުން ވަނީ ފާޑުކިޔާފައެވެ.

އޮޒިލް ބުނެފައި ވަނީ ރައީސް އޮރޮދޮޣާން އާ އެކު އެ ފޮޓޯ އަށް ނުހުޓުނު ނަމަ އެކަންވާނީ އޭނާގެ "ކާބަފައިންނަށް އިހުތިރާމް ކުޑަކުރުން" ކަމަށެވެ.

އޭގެ އިތުރުން އޭނާ ބުނެފައި ވަނީ އޭނާ އަށާއި އޭނާގެ އާއިލާއަށް ރުޅިވެރިކަމުގެ މެއިލްތައް ލިބިފައިވާކަމަށާއި، ފޯނުންގުޅައި ބިރުދައްކައި އަދި ސޯޝަލް މީޑިއާގައި ވެސް އެފަދަ ކޮމެންޓްތައް ކޮށްފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް