Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު އަދީބް

އަދީބް އަވަހާރަކޮށްލަފާނެތީ ސެކިއުރިޓީ ދޭން އެދިއްޖެ

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅޭ އައު ވާހަކަތަކެއް ހާމަކުރެއްވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 ޖުލައި 2018 | އާދީއްތަ 13:27
ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރާ ކޮރަޕްޝަންގެ 10 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުމަށް 22 ޖުލައި 2018 ވީ އާދީއްތަ ދުވަހު އަދީބް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު އެނބު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނާއި ގުޅޭ މަޢުލޫމާތު ހާމަނުކުރެއްވުމަށް އިންޒާރުތައް ލިބިފައި ވަނިކޮށް، ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު އެ ވާހަކަތައް ކްރިމިނަލް ކޯޓުގައި ހާމަކުރެއްވުމުން، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ އޮތްކަމަށް ވިދާޅުވެ އަދީބަށް އެކަށީގެންވާ ސެކިއުރިޓީ ހަމަޖައްސައި ދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފުލުހުންގެ ގާތުން އެދިވަޑައިގެންފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދީއްތަ ދުވަހު ކޯޓުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެމްޕީއާރްސީގެ ވާހަކަ ނުދެއްކުމަށް އަންގައި އަދީބަށް އިންޒާރު ދީފައިވާކަން އަދީބު އެ ވާހަކަ ހާމަކުރައްވާފައިވާ ކަމަށެވެ. އަދި އެކަން ހާމަކުރެއްވުމާއި ގުޅިގެން އަދީބް މަރާލިޔަސް ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް އަދީބް ވިދާޅުވެފައިވާތީ، އަދީބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އަދީބުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ނަޝްވާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

އެމްއެމްޕީއާރްސީއަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި 10 ރަށެއްގެ މައްސަލައިގައި އަދީބުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުން އުފުލާފައިވާ ނާޖައިޒު ފައިދާ ހޯދައިދިނުމުގެ 10 ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އާދީއްތަ ދުވަހު އަދީބް ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަމާޒުކުރައްވައި ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރުމަށް މަގު ކޮށްޓެވީ ރައީސް ޔާމީން ކަމަށް އަދީބް ތުހުމަތު ކުރެއްވިއެވެ.

"2012 އަދި 2013 ގައި އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ރަށްތަކަށް ދައްކާ ކުލި ޖަމާކުރަމުން ދިޔައީ މީރާއަށް، އެކަމަކު އެކަން 2014 ވަނަ އަހަރުގެ ތެރޭގައި ބަދަލު ކުރެއްވީ ރައީސް، ރައީސް ނިންމެވީ ހުރިހާ ފައިސާއެއް އެމްއެމްޕީއާރްސީއަށް ޖަމާކުރާ ގޮތަށް،" ކޮރަޕްޝަންގެ 10 ދައުވާއަށް ވެސް އިންކާރު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އަދީބު ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ ޤައުމު ހިންގުން އަދީބާއި ހަވާލުކުރެއްވުމަށްފަހު ރައީސް ޔާމީން ކުރެއްވި މަސައްކަތަކީ ޑޮލަރު އެއްކޮށް، އެ މާރުކޮށް، އެ ގުނުއްވުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ ޑޮލަރުތައް އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އެހެން ކުންފުނިތަކަށް އެ ފައިސާ ޓްރާންސްފަރ ކުރާ ކަމަށާއި، އަދި އެއަށްފަހު އެ ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ގެންދަނީ ރައީސް ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ކަމަށް އަދީބް ތުޙުމަތު ކުރެއްވިއެވެ. އަދި އެ ފައިސާތައް ގުނަނީ އެގޭގައި އެ ފައިސާ ބަހައްޓާފައި ހުންނަ ކުޑަ ކޮޓަރިއެއްގައި ރައީސް ޔާމީނާއި އެ ގޭގައި ގެންގުޅުނު ބަންގްލަދޭޝްގެ ރައްޔިތެއްކަން ވެސް އަދީބް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 80 މިލިއަނެއްހާ ޑޮލަރު ރައީސް ޔާމީންގެ ގެކޮޅަށް އެތެރެވެފައި ވާނެ ކަމަށް އަދީބް ތުހުމަތުކުރެއްވިއެވެ.

މި ކަންކަން ހާމަ ކުރެއްވުމަށްފަހު އަދީބް ވަނީ މި ވާހަކަތައް ނުދެއްކުމަށާއި، މި ވާހަކަތައް ދައްކައިފިނަމަ ޖަލުގައި ދެރަގޮތެއް ވެދާނެ ކަމުގެ އިންޒާރު ލިބިފައިވާކަން ހާމަކުރައްވާފައެވެ.

"ސިމެންތި އައްޓެއްގައި ގަބުރެއްހެން އޮންނަން ޖެހުނަސް ނުކުރާ ކަމަކަށް އެއްބަހެއް ނުވާނަން، ބޭސްފަރުވާ ނުދީ އަޅުގަނޑުގެ ލޯ އަނދިރިކޮށްލިޔަސް އެއްބަހެއް ނުވާނަން،" އާދީއްތަ ދުވަހުގެ އަޑުއެހުމުގައި އަދީބު ވިދާޅުވިއެވެ.

އަދީބަށް ދީފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އިންޒާރުތަކާއި ގުޅިގެން އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އަދީބްގެ އަނބިކަނބަލުން ފުލުހުންގެ ކިބައިން އެދިލެއްވިއިރު، އާދައިގެ ސިޔާސީ ފަރާތްތަކަށްވެސް ޖަލުގައި ލިބޭ ސްޕެޝަލް ޕްރޮޓެކްޝަން، ޤައުމުގެ ނާއިބު ރައީސްކަން ވެސް ކުރައްވާފައިވާ އަދީބަށް ހަމަޖައްސައިދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މީގެ ކުރިން ވަނީ އަދީބްގެ އާއިލާއަށް އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު