Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުހީ

އިންތިޚާބަށް ދާނީ އީސީ ބަދަލު ކޮށްފައި: އިންތި

22 ޖުލައި 2018 | އާދީއްތަ 02:25

ގޭގެއިން ވަރަށް ހޫނު މަރުހަބާއެއް ކިޔާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 22 ޖުލައި 2018 | އާދީއްތަ 02:25
އިމްތިޔާޒް ފަހުމީ: އީސީ ބަދަލު ކުރާނަން

އިމްތިޔާޒް ފަހުމީ: އީސީ ބަދަލު ކުރާނަން

ސެޕްޓެމްބަރު މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ދާނީ އިލެކްޝަންސް ކޮމިޝަން ބަދަލު ކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރައްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުން އިންތި މި ތަކުރާރު ކުރެއްވީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އައިޑީކާޑު ނަމްބަރާއި އެހެނިހެންވެސް ބައެއް ޒާތީ މައުލޫމާތު ޕީޕީއެމަށް ލިބޭ ކަމަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން ރާއްޖެ ޓީވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ ތާއީދު ހޯދަނީ އަދި ރައްޔިތުން އެދޭ ގޮތް ހޯދަނީ އެ ރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށާއި ގުޅިފައިވާ ޕާޓީތަކުންވެސް މިހާރު ކުރިއަށް ގެންދާ ދޮރުން ދޮރަށް ކެމްޕެއިނަށް ގިނަ ބައެއްގެ ތާއީދު ލިބޭ ކަމަށެވެ. ގޭގެއަށް ދިއުމުން މަރުހަބާ ކިޔާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރަށް ވާގޮތަކީ، ޕީޕީއެމުން ސެލެކްޓް ކޮށްގެންދާ ގެއެއް ފިޔަވާ ގިނަ ގެތަކަށް ދިޔައިމަ ހަމަ ފައްސާލަނީ. އެހެރީ ބައެއް ވީޑިއޯތަކުން ފެންނަން. މިގެއަށް އައިސްގެން ނުވާނެޔޭ ބުނެ ފައްސާލަނީ. އެ ދަރަޖައަށް ރަކިކޮށްލާފައި އެބަ ފޮނުވާލާ. އެހެންވީމާ އެބޭފުޅުންނަކީ ރައްޔިތުންނާ ހަމައަށް ގޮސްގެން މައުލޫމާތު ހޯދަން ކެރިވަޑައިގަންނަވާ ބައެއް ނޫން. އެހެންވެ ބައެއް ޒާތީ މައުލޫމާތުތައް ބައެއް މުއައްސަސާތަކުން ފޯރުކޮށްދެމުން ގެންދަނީ" އިންތި ވިދާޅުވިއެވެ.

އިންތިޚާބު އޮބްޒަރވް ކުރުމާ ގުޅޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން ފަދަ ބޭރުގެ މިނިވަން އޮބްޒަރވަރުން އެކަމަށް ގެނެސްފިނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ނުނެރެވޭނެކަން ސަރުކާރަށް އެނގޭ ކަމަށާއި އެހެންކަމުން ފަޟީޙަތްވެ ބޭޒާރުވެދާނެތީ އޮބްޒަރވަރުންނަށް ގެންނަނީ ދުވަހަކު އިންތިޚާބު ނުވެސް ބާއްވާ ޤައުމުތަކުގެ އޮބްޒަރވަރުން ކަމަށެވެ.

އިންތި ވިދާޅުވީ އެކަމުގެ ބޭނުމަކީ ރައްޔިތުންނަށް ޙަޤީގަތް އޮޅުވާލުން ކަމަށާއި އެހެން ނަމަވެސް އެއްކަމެއްވެސް އޮޅުވާނުލެވޭނެ ކަމަށެވެ.

"އިންތިޚާބު ތާރީޚަށް ބޭއްވޭތޯވެސް މަސައްކަތް ކުރާނަން. އަދި މިނިވަން ކުރެއްވޭނޭ މިންވަރަކަށް މިނިވަންވެސް ކުރާނަން. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށްފައި ރިޔާސީ އިންތިޚާބަކަށް ދާނީ" އިންތި ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް