Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސަންޖޫ ފިލްމް

ސަންޖޫ ޗައިނާއަށް!

ޗައިނާގެ ވަރަށް ގިނަ ޑިސްޓްރިބިއުޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ޖުލައި 2018 | ހޮނިހިރު 19:29
ފިލްމް \'ސަންޖޫ\'ގެ ޕޯސްޓަރެއް

ފިލްމް \'ސަންޖޫ\'ގެ ޕޯސްޓަރެއް

މަޝްހޫރު ބޮލީވުޑް އެކްޓަރ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމު "ސަންޖޫ" އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު އެ ފިލްމް ޗައިނާގައި އަޅުވަން ނިންމައިފިއެވެ.

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ޖޫން 29 ވަނަ ދުވަހު ރިލީޒް ކޮށްފައިވާއިރު 4,100 އަށްވުރެ ގިނަ ސްކްރީންތަކުގައި ފިލްމް ވަނީ އަޅުވާފައެވެ. މި ފިލްމަށް އިންޑި އިން އެކަނި ވެސް 300 ކްރޯޑް އަށް ވުރެ ގިނަ ރުޕީސް ލިބިފައި ވެއެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އިން ބުނެފައި ވަނީ ޗައިނާގެ ވަރަށް ގިނަ ޑިސްޓްރިބިއުޓަރުން ފިލްމް ބެލުމަށްފަހު އެ ޤައުމުގައި ފިލްމް އެޅުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެ ސްޓޫޑިއޯގެ ފަރާތުން ބުނީ މި ފިލްމް ޗައިނާގެ އިތުރުން ޖަޕާން އަދި ސައުތު ކޮރެއާގައި އެޅުވުމަށް ވިސްނަމުންދާ ކަމަށެވެ. އަދި ފިލްމް ޗައިނާގައި މި އަހަރު ނިމުމުގެ ކުރިން ރިލީޒް ކުރާނެ ކަމަށް އެ ސްޓޫޑިއޯ އިން ވަނީ ބުނެފައެވެ. ފަހަކަށް އައިސް ބޮލީވޫޑްގެ ފިލްމްތައް ޗައިނާގައި ރިލީޒްކޮށްގެން ބޮޑު އާމްދަނީއެއް ހޯދާފައި ވެއެވެ. ބައެއް ފިލްމްތަކަށް އިންޑިއާ އަށް ބޮޑު އާމްދަނީއެއް ލިބިފައި ވެއެވެ.

ސަންޖޭގެ ރޯލުން ރަންބީރު ކަޕޫރު ފެނިގެންދާ މި ފިލްމް ބިނާކޮށްފައި ވަނީ ސަންޖޭ ދަތު ފިލްމީ ދާއިރާއާ ގުޅުނު ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތުގެ މައްޗަށެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތް މި ފިލްމްގައި ދައްކުވައިދެއެވެ.

މި ފިލްމުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު މީހުންގެ ރޯލުން ފެނިގެންދަނީ އަނުޝްކާ ޝަރުމާ އާއި ސޯނަމް ކަޕޫރެވެ. އޭނާގެ އަންހެނުންގެ ރޯލުން ފެނިގެންދާނީ ދިއާ މިރްޒާއެވެ. މީގެ އިތުރުން މަންމަ އާއި ބައްޕަގެ ރޯލުން ފެނިގެންދާނީ މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޭސް 3 ގެ ރިކޯޑް ސަންޖޫ އިން މުގުރާލައިފި

ރޭސް 3 ގެ ރިކޯޑް ސަންޖޫ އިން މުގުރާލައިފި

01 ޖުލައި 2018
އަކްޝޭގެ ޓޮއިލެޓްވެސް ޗައިނާއަށް

އަކްޝޭގެ ޓޮއިލެޓްވެސް ޗައިނާއަށް

07 ޖޫން 2018
ސަންޖޫ ގެ ފުރަތަމަ ލަވަ: މޭ ބަދިޔާ ތޫ ބީ ބަދިޔާ

ސަންޖޫ ގެ ފުރަތަމަ ލަވަ: މޭ ބަދިޔާ ތޫ ބީ ބަދިޔާ

03 ޖޫން 2018
ރަންބީރު ސަންޖޫގައި ދައްކުވައި ދީފައިވަނީ މޮޅު ހުނަރެއް: އަރުޖުން ކަޕޫރު

ރަންބީރު ސަންޖޫގައި ދައްކުވައި ދީފައިވަނީ މޮޅު ހުނަރެއް: އަރުޖުން ކަޕޫރު

29 އެޕްރީލު 2018
ސަންޖޫގެ ޓީޒާ: ރަންބީރު ހީވަނީ ސަންޖޭހެން

ސަންޖޫގެ ޓީޒާ: ރަންބީރު ހީވަނީ ސަންޖޭހެން

25 އެޕްރީލު 2018

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު