Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ރީރެޖިސްޓްރީ ކުރުމަށް މަޖިލިސް މެމްބަރުން ގޭގެއަށް!

މި ހަރަކާތް މިރޭ 9 ޖެހުމާއި ހަމައަށް ކުރިއަށްދާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 21 ޖުލައި 2018 | ހޮނިހިރު 07:06
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރީރަޖިސްޓްރޭޝަން ހަރަކާތް ފެށުމުގެ ކުރިން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރީރަޖިސްޓްރޭޝަން ހަރަކާތް ފެށުމުގެ ކުރިން

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދޮރުން ދޮރަން ހިންގެވުމުގެ ހަރަކާތް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު މ.ކުނޫޒުގައި އެ ހަރަކާތް ފައްޓަވާދެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ އަތޮޅުތެރެއަށް ނިސްބަތްވާ ވަރަށް ގިނަ ރައްޔިތުން މާލެ ހުޅުމާލޭގައި ދިރިއުޅެމުންދާ ކަމަށެވެ. ރީރަޖިސްޓްރީ ނުކުރެވިގެން އެންމެ ވޯޓެއް ވެސް ބީވެގެން ގޮސްގެން ނުވާނެކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ އޯގަސްޓު 11 ގެ ކުރިން ރީރަޖިސްޓްރީ ކުރުމުގެ މަސައްކަތް ނިންމާލަ ދެއްވުމަށް ފައިސަލް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީސް މެމްބަރުންނާއި އެކު ދާއިރާތަކުގެ ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަން ފުރުޝަތު ލިބިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރީރަޖިސްޓްރޭޝަންގެ ހަރަކާތުގެ ތެރެއިން

" އަޅުގަނޑަށް ތިބޭފުޅުންނާއި އެކު މިކަން ފެށުމުގެ ގޮތުން ބައިވެރިވުމުގެ ފުރުޝަތު ލިބުމަކީ އެއީ އަޅުގަނޑަށް އިތުރަށް ލިބިގެންދިޔަ ހިތްވަރަކާއި އަޒުމެއްކަމަށް ގަބޫލުކުރާ ހިނދު އެންމެހާ ބޭފުޅުންނަން ޝުކުރު ދަންނަވަން" ފައިސަލް ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މި ހަރަކާތް މ. ކުނޫޒުގައި ހޮނިހިރު ދުވަހުގެރޭ 9:00 އާއި ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ކޮންމެ ދާއިރާއެއްގެ މަޖިލީސް މެމްބަރާއި އެކު ޓީމްތައް މާލޭގެ އެކި ގޭގެއަށް ގޮސް ކޮންމެ ޓީމަކުން 100 ފޯމް ގެނައުމަކީ އަމާޒު ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ވޯޓުލާ ދުވަހު އެމީހަކު ހުރި ރަށަކަށް ވޯޓު ނުލެވޭގޮތަށް އެކި ހުރަސްތައް އިލެކްޝަން ކޮމިޝަނުން ދިމާކުރަމުން ގެންދާނެ ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ޕާޓީތަކަށް ތާއީދުކުރާ މީހުން ވޯޓުލާ ދުވަހު ތިބޭ ރަށެއްގައި ރަޖިސްޓްރީކުރެވިފައި އޮންނަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފައިސަލް ވަނީ ގޭގެއަށް ވަޑައިގެން ބައެއް ރައްޔިތުން ރީރަޖިސްޓްރޭޝަން ފޯމް ފުރުއްވާފަ

އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ މިކަމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކި ގުޅިފައިވާ ޕާޓީތަކުގެ ފޯކަލް ޕޮއިންޓުތަކަށް ވަޑައިގެން އަމިއްލައަށް ރީރަޖިސްޓްރީ ކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ މަޖިލީސް މެމްބަރުން ހޮނިހިރު ދުވަހު ދޮރުން ދޮރަން ވަޑައިގެން އެ މެމްބަރުންގެ ދާއިރާގެ ރައްޔިތުން ރީރަޖިސްޓްރީ ކުރުމުގައި ދަނީ ހަރަކާތްތެރިވަމުނެވެ. ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި 23 ސެޕްޓެމްބަރުގައި ވޯޓުލާނަމަ އޯގަސްޓް 11 ގެ ކުރިން ރީރަޖިސްޓްރީ ކުރަންޖެހެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގްމޭޓް ފައިސަލް ވެސް ވަނީ ބައެއް ގެތަކަށް ވަޑައިގެން ރީރަޖިސްޓްރީ ކުރުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު