Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ކުންފުނިތަކުގެ މުވައްޒަފުން ވަކި ތަނަކަށް ވޯޓުލާން އަންގަމުންދާ ކަމުގެ ތުހްމަތުތަކެއް!

19 ޖުލައި 2018 | ބުރާސްފަތި 12:17

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖެހުމަށް ވެސް އަންގަމުންދާ ކަމަށްވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 19 ޖުލައި 2018 | ބުރާސްފަތި 12:17
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ބައެއް މުވައްޒަފުން މަަސައްކަތުގައި: ސަރުކާރު ކުންފުނިތަކުގައި މުވައްޒަފުން ވަކި ތަނެއްގައި ވޯޓުލާން އަންގަމުންދާކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައި

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުގެ ބައެއް މުވައްޒަފުން މަަސައްކަތުގައި: ސަރުކާރު ކުންފުނިތަކުގައި މުވައްޒަފުން ވަކި ތަނެއްގައި ވޯޓުލާން އަންގަމުންދާކަމުގެ ޝަކުވާތަކެއް ވަނީ ފެންމަތިވެފައި

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތްކުރާ ތަނެއްގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރަން އަންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ބުރާސްފަތި ދުވަހު ވިދާޅުވީ ވަކި ތަނެއްގައި ވޯޓުލުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގަމުންދާ ކަމުގެ ޝަކުވާތައް އެކި ފަރާތްތަކުން ލިބެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެ ގޮތުން ކޫއްޑޫގައި މަސައްކަތްކުރާ މީހުން ވޯޓުލާން ޖެހެނީ ކޫއްޑޫގައި ވޯޓުލުމަށް އަންގާފައިވާ ކަމަށް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ވަކި ތަނެއްގައި ވޯޓުލުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގަމުންދާއިރު ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރުން ވޯޓު ކަރުދާހުގައި ވަކި ފާހަގައެއް ޖެހުމަށް އަންގަމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް ވެސް މާރިޔާ ވިދާޅުވި ކުރެއްވިއެވެ.

"ވަކި ތަނެއްގައި ރަޖިސްޓްރީ ވުމަށް އެންގުމަށް ފަހު ދެން މިއަޑު އިވެނީ އެބޭފުޅުން ދެއްވާނަމޭ ހަނދުފަޅިއެއް ނުވަތަ އެހެން އެއްޗެއް ވޯޓު ކަރުދާސްކޮޅުގައި ޖަހަން ފާހަގައިގެ އިތުރުން. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" މާރިޔާ ވިދާޅުވިއެވެ.

ވޯޓު ކަރުދާސްކޮޅުގައި ފާހަގައިގެ އިތުރުން ލިޔެފި ނަމަ މީގެ ކުރިން އެ ވޯޓެއް ބާތިލުވާ ގޮތަށް އޮތް އޮތުން ގާނޫނަށް އިސްލާހު ގެނެސްގެން ސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ވެސް ސަރުކާރުން އެ އިސްލާހު ހުށަހެޅި ނަމަވެސް ފަހުން އެ އިސްލާހު ފާސްކޮށްފައެއް ނުވެއެވެ، ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް ދާދި ފަހުން ގާނޫނަށް ގެނައި އިސްލާހުގައި ކަރުދާސްކޮޅުގައި ފާހަގައިގެ އިތުރުން ލިޔުމަށް ފުރުސަތު ވަނީ ދީފައެވެ. މިއީ ވޯޓުގެ ސިއްރުކަން ގެއްލޭ ބަދަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.

ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މުވައްޒަފުނަށް މަޖުބޫރުކޮށްގެން ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުންނަން މަޖުބޫރުކުރާކަމުގެ ވާހަކަތައް ވެސް އިވޭ ކަމަށެވެ. އެކަމާ މެދު ވެސް ކަންބޮޑުވުންތައް ހުރިކަން މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވަނީ ރައީސް އަބްދުﷲ ޔާމިން ރިޔާސީ އިންތިހާބާ ދިމާކޮށް ވެވަޑައިގަންނަވާ ވައުދުތަކާ މެދު ރައްޔިތުން ވިސްނައިގެން ތިބުމަށް ގޮވާލައްވާފައެވެ. އެ ގޮތުން ރައީސް ޔާމިން މީގެ ކުރިން ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވާކަން ރައްޔިތުން ހަނދާންކުރަން ޖެހޭ ކަމަށް ވެސް މާރިޔާ ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް