Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ބޮޑުވަޒީރަކަށް ރައީސް ޔާމީން ގެނެސް، ދިގު ދައުރަކަށް ބެހެއްޓިދާނެ: ނިހާން

19 ޖުލައި 2018 | ބުރާސްފަތި 02:04

ގާނޫނުއަސާސީ އަނެއްކާވެސް އިސްލާހު ކުރާ ވާހަކަ ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 19 ޖުލައި 2018 | ބުރާސްފަތި 02:04
ޕީޕީއެމް ރުމާލު 2 ޖަގަހައިގައި ބޭއްވި ރަސްމިއްޔާތުގައި ނިހާން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމް ރުމާލު 2 ޖަގަހައިގައި ބޭއްވި ރަސްމިއްޔާތުގައި ނިހާން ވާހަކަފުޅު ދައްކަވަނީ

ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ބޮޑުވަޒީރުގެ މަގާމު އުފެއްދުމަށްފަހު އެ މަގާމުގައި ރައީސް އަބްދުﷲ ޔާމީން ބެހެއްޓެވިދާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ވިދާޅުވީ ވެރިކަމުގައި އިތުރު 30 އަހަރަށް ރައީސް ޔާމީން ބަހައްޓަންޖެހޭ ކަމަށް ޝަހީމް ދެއްކެވި ވާހަކަފުޅަށް ތާއިދު ކުރައްވައި، "ރުމާލު 2" ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ރައީސްކަމުގެ މަގާމުގައި ވެސް ދިގު ދައުރަކަށް ރައީސް ޔާމީން ބެހެއްެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

"އަހަރުމެންނަށް އެބަ އޮތް އެކަން ވަރަށް ފަސޭހައިން ކުރެވެން. ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރުގެ ދެ ދައުރުކަމަށް ބުނެފަިއ އެބަ އޮތް. ބޮޑު ވަޒީރުގެ ދައުރުގެ ވާހަކައެއް ނެތް ކަނޑައަޅާފައެއް. ހަމަ ކުޑަކުޑަ ބަދަލެއް ގެނެސްގެން ރައީސް ކަމުގައި ވެސް، އަދި ބޮޑު ވަޒީރުކަމުގެ މަގާމުގައި ވެސް ބޭންދިދާނެ،" ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަމުން ނިހާން ވިދާޅުވި އެވެ.

ރުމާލު 2 ޖަހަގައިގައި ބޭއްވި ރަސްމިއްޔާތުގައި ނިހާން ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ރާއްޖެއެމްވީ

ހުވަދޫ މީހުންނާ ބައްދަލު ކުރުމަށް ރުމާލު ދޭން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިއަށް އޮތް 30 އަހަރު ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ޔާމީން ބަހައްޓަންޖެހެނީ ރާއްޖެއަށް ގެނެސްދެމުންދާ ތަރައްގީއާ ގުޅިގެން ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންްތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، އިތުރު ދައުރަކަށް އެމަނިކުފާނު ނުކުންނެވުމަށް އެދި، ރައީސް ޔާމީންގެ އަރިހުގައި އާދޭސް ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަންވީ އަންނަ ދައުރުގައި އެކަންޏެއް ނޫން. އަދި 30 އަހަރު ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމިން ބަހައްޓަންޖެހޭ. އަޅުގަނޑު ދުނިޔޭގައި ހުރިއްޔާ އެކަން ކުރާނަން. ފައިގައި ހިފައި އާދޭސްކޮށްގެން އިތުރު ދައުރަކަށް ވެރިކަމުގައި ހުންނަން އާދޭސް ވެސް ކުރާނަން. އިސްލާމް ދީނަށް ނަސްރުދޭހާ ހިނދަކު ރައީސް ޔާމިނާ އެކު، ގާތު އަހަރުން ތިބޭނަން އިރާދަ ކުރެއްވިއްޔާ،" ގއ. މާމެންދޫ އަށް އުފަން ޝަހީމް، ހުވަދޫ ބަހުރުވައިން ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ބޮޑު ވަޒީރުގެ މަގާމަށް ރައީސް ޔާމީން ގެނައުމުގެ ހިޔާލު، ނިހާން ފާޅު ކުރެއްވިއިރު، ބޮޑުވަޒީރުގެ މަގާމަކީ ބަރުލަމާނީ ސިފައެކެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މެއި މަހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވެރިކަން ކުރާ ޕާޓީން ވަނީ ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް