Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ލީޑަރުން ޖަލުގައި ތިއްބެވީ ކުއްވެރިވެގެންނެއް ނޫން، ރައީސް ޔާމީންނަން ބިރަކަށް ވުމުން: މާރިޔާ

18 ޖުލައި 2018 | ބުދަ 11:43

ލީޑަރުންނަކީ ކުއްވެރިންކަމަކަށް ރައްޔިތުން ބަލައެއް ނުގަނޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 18 ޖުލައި 2018 | ބުދަ 11:43
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ޕާޓީތަކުގެ ލީޑަރުން ޖަލުގައި ތިއްބަވަން ޖެހެނީ ކުށެއް ކުރައްވައިގެން ނޫން ކަމަށާއި އެބޭފުޅުން ޖަލުގައި ތިއްބަވަން ޖެހެނީ ރައީސް އަބްދުﷲ ޔާމީނަން ބިރަކަށް ވުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސޯލްޓު ކެފޭގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރާއި އެކު މަޝްވަރާއަށް ވަޑައިގަންނަވާނީ، ޕާޓީތަކުގެ ލީޑަރުންގެ ބައިވެރިވުމާއި އެކުގައި ކަމަށާއި އެ ސްޑޭންޑް އަދިވެސް ބަދަލުނުކުރައްވާ ކަމަށެވެ. އަދި ޕާޓީތަކުގެ ލީޑަރުން ޖަލުގައި ބައިތިއްބައިގެން ޕާޓީތަކާއި ދައްކަވާނެ ވާހަކައެއް ނޯންނާނެ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މާރިޔާ މިހެން ވިދާޅުވީ ހއ. ހދ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހއ. ދިއްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިހާތަނަށް 12 ފަހަރު މަޝްވަރާއަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ހުށަހަޅާފައި ވީނަމަވެސް އެފަރާތްތަކަށް މަޝްވަރާގެ މޭޒުދޮށައް އަންނަން ނުކެރުނު ކަމަށް ވިދާޅުވުމުންނެވެ. މަޝްވަރާއަށް އައުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ބަހަނާ ދައްކަމުންދާ ކަމަށާއި އެގޮތުން އެކި ކުށްކުށުގައި ތިބި ކުށްވެރިން މިނިވަން ކުރުމަށް އެދެމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެއީ އެމަނިކުފާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީން - އިދިކޮޅު ލީޑަރުންނަކީ މުޖުރިމުން ކަމަށް ވަނީ ސިފަ ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް

އެ ކަމަށް އިޝާރަތް ކުރައްވާ މާރިޔާ ވިދާޅުވީ ޕާޓީތަކުގެ ލީޑަރުން ޖަލުގައި ތިއްބަވަން ޖެހެވަޑައިގަންވަނީ ރައީސް ޔާމީންނަން އެބޭފުޅުންނަކީ ބިރަކަށް ވުމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވަމުންދާ "ބޮޑަތި ކުއްވެރިން" ތަކަކީ ކުށްވެރިންކަމަށް ދިވެހި ރައްޔިތުން ގަބޫލުނުކުރައްވާކަންވެސް މާރިޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މަޝްވަރާތައް ބާއްވަން މިހާރު ޖެހޭނީ އިދިކޮޅު އިއްތަިހާދުގައި ހިމެނޭ އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއި ރައީސް މައުމޫނު އަބްދުލްގައްޔޫމާއެކު ކަމަށް ވެސް މާރިޔާ ވަނީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފާހަގަ ކުރައްވާފަ އެވެ. އަދި އެ މަޝްވަރާތަކުގައި ރައީސް މުހައްމަދު ނަޝީދާއި އިމްރާން އަބްދުﷲ އާއި ގާސިމް އިބްރާހިމަށް ވެސް ބައިވެރިނުވެވޭ ގޮތަށް މަޝްވަރާތައް ނުބޭއްވުމަށް އިބޫ އިލްތިމާސް ދަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް