Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން

ޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން: ރަޝިއާ ދިފާއުކޮށް ދެއްކެވި ވާހަކަ ޓްރަމްޕް ބަދަލުކުރައްވައިފި

18 ޖުލައި 2018 | ބުދަ 04:54

ރަޝިއާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒޫ ފޯރުވަންވީ ސަބަބެއް ނޯންނާނެ: ޓްރަމްޕް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ޖުލައި 2018 | ބުދަ 04:54
ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން(ވ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ކ) ފިންލޭންޑްގައި ބައްދަލުކުރައްވަނީ

ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން(ވ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ކ) ފިންލޭންޑްގައި ބައްދަލުކުރައްވަނީ

ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަންވީ ސަބަބެއް ނޯންނާނެ ކަމަށް ހޯމަ ދުވަހު ވާހަކަދެއްކެވިއިރު ވިދާޅުވެވުނީ އޮޅުމަކުން ކަމަށާއި ވިދާޅުވާން އުޅުއްވީ ނުފޫޒު ފޯރުވީ ރަޝިއާ ނޫން ބަޔަކަށް ވާންވީ ސަބަބެއް އެބައޮތްތޯ ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކުފުޅު ބަދަލުކުރައްވައިފިއެވެ.

ރަޝިއާގެ ރައީސް ވުލާޑިމިއަރ ޕޫޓިންއާ އެކު ފިންލޭންޑްގައި ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީގެ ވާހަކަތަކާއި ފުށުއަރާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅާއި ގުޅިގެން އަމިއްލަފުޅު ޕާޓީގެ އިސް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން އިންތިހާ އަށް ފާޑުކިޔުން އަމާޒުވެ ވަޑައިގެންފައެވެ. އަދި ރައީސް ޓްރަމްޕް އެ ވިދާޅުވާ ވާހަކަފުޅުގެ ތަފްސީލް ދެއްވުމަށް އަރިސް ބޭފުޅުންވެސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ޓްރަމްޕް ފަހުން ވިދާޅުވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކަށް "ފުރިހަމަ އިތުބާރާއި ތާއީދު އެބައޮތް" ކަމަށް ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕް ފުރަތަމަ ވިދާޅުވި ވާހަކަފު

ދެ ބޭފުޅުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައި ގައި އެމަނިކުފާނު އިތުބާރު ކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު އިންޓެލިޖެންސް އޭޖެންސީއަށްތޯ ނުވަތަ ރަޝިއާގެ ރައީސަށްތޯ ސުވާލުކުރައްވާފައެވެ.

"ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ރަޝިއާގެ ކަމެއް ނޫން. އަޅުގަނޑަކަށް ނުފެނޭ އެއީ ރަޝިއާ އިން ކުރިކަމަކަށް ވާންޖެހޭ އެއްވެސް ސަބަބެއް" ޖަވާބުގައި ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕް ވަނީ ރަޝިއާގެ އަމަލުތައް ހުންނަ ގޮތަށްވުރެ ބޮޑަށް އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ރަޝިއާ އާއެކު އޮތް ގުޅުން ކުޑަކަން ފާހަގަ ކުރައްވާފައެވެ.

މިހާރު ވިދާޅުވާ ގޮތް

ރައީސް ޓްރަމްޕް ވިދާޅުވީ އެ މަނިކުފާނު ޓްރާންސްކްރިޕްޓް ބައްލަވައިފިކަމަށާއި އެ އިތުރަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރެއްވިއްޖެކަމަށެވެ.

"އަޅުގަޑުގެ ވާހަކައިގެ މައި ޖުމްލައިގައި، ވާންނުޖެހޭ ދަންނަވަން ޖެހޭ ތަނަކަށް އަޅުގަނޑަށް ދެންނެވުނީ ވާންޖެހޭ މި ބަސް" އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ޖުމްލައިގައި އޮންނަންޖެހޭނީ: "އަޅުގަނޑަކަށް ނުފެނޭ އެއްވެސް ސަބަބެއް އަޅުގަނޑު އެހެން ނުބުނަންވީ ނުވަތަ ރަޝިއާއަށް ނުވާންވީ ސަބަބއް ނެތް"

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ "އަޅުގަނޑު ގަބޫލުކުރަން 2016 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް އިންޓެލިޖެންސް އިދާރާތަކުން ނިންމާފައިވާ ނިންމުން. އެހެން ބޭފުޅުން ވެސް. އެތައް ބައިވަރު ބަޔަކު އެބަތިބި"

ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނާއި ވާދަކުރެއްވި ޑިމޮކްރެޓިކް ކެނޑިޑޭޓް، ހިލަރީ ކްލިންޓަނަށް ނާކާމިޔާބުވެ ވަޑައިގަތް އެ އިންތިޚާބަށް ފޯރުވި ނުފޫޒުގެ ސަބަބުން އިންތިޚާބަށް އެއްވެސް އަސަރެއް ކޮށްފައި ނުވާކަމަށް ވިދާޅުވެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ރައީސް ޕޫޓިން ކުށްވެރިކުރައްވަފާނެތޯ ދެންނެވި ސުވާލަށް ޓްރަމްޕް ޖަވާބުދެއްވާފައެއް ނުވެއެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި ޑެމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަން އާއި ދެކޮޅަށް ސައިބަރ އެޓެކް ދީ އަދި ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފަތުރަން ކުރި މަސައްކަތުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް

05 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ ކިރިގިސްތާނަށް ނިސްބަތްވާ ޖާނުން ފިދާއީއެއް
04 އެޕްރީލު 2017

ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް

04 އެޕްރީލު 2017
ރަޝިއާގެ މެޓްރޯގައި ބޮން ގޮއްވާލީ މެދުތެރޭ އޭޝިއާ އަށް ނިސްބަތްވާ ޒުވާނެއް
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް