Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ރިސޯޓް ހިއްސާ ނުލިބުނަސް...

ރައީސް ޔާމީން ވަނީ ރިސޯޓް ހިއްސާ މުވައްޒަފުންނަށް ލިބޭނެ ގޮތެއް ހައްދަވާނެ ކަމަށް ވިދާޅުވެފައި

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 17 ޖުލައި 2018 | އަންގާރަ 16:37
ހުރަވަޅި އައިލެންޑް ރިސޯޓް - މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓް ފޮށި ބަހައްޓަނީ އެންމެ ހަތް ރިސޯޓްގައި

ހުރަވަޅި އައިލެންޑް ރިސޯޓް - މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓް ފޮށި ބަހައްޓަނީ އެންމެ ހަތް ރިސޯޓްގައި

ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުން މި އަހަރު ބާއްވާ ރިޔާސީ އިންޠިހާބުގެ ވޯޓުލުމުގެ ހައްގުން މަޙްރޫމުވެދާނެ ކަމުގެ ޚަބަރާއެކު އެންމެންނަށްވެސް ލިބުނީ ބޮޑު ސިޙުމެކެވެ. ސަތޭކައަށްވުރެ ގިނަ ރިސޯޓުގެ ތެރެއިން މިފަހަރު ވޯޓުފޮށި ބަހައްޓާނީ ހަތް ރިސޯޓުގައޭ އިލެކްޝަން ކޮމިޝަނުން ބުނުމުން ލިބުން ޙައިރާންކަން އެއަށްވުރެ ބޮޑެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ ރަންބިސް އަޅާ ކުކުޅެވެ. މި ޤައުމުގެ އިޤްތިސާދު އެމައްޗަށް ބިނާވެފައިވާ މައިގަނޑު ސިނާއަތެވެ. ރާއްޖެއަށް ވަންނަ އެންމެ ގިނަ ބޭރު ފައިސާ އެބައެއްގެ އަތްމަތިން ލައިފާ ވަންނަ މީހުން ތިބި އިންޑަސްޓްރީއެވެ. އެހެންކަމުން އެފަދަ އަގުބޮޑު ސިނާއަތެއްގައި އުޅޭ ރައްޔިތުންނާމެދު އެހާ ބޮޑު އިޙްމާލެއް ވެދާނެ ކަމަށް ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. އެކަމަށް ކިތަންމެ ބޭނުން ނުވިއަސް ޙަޤީޤަތް ވާނީ ހަމަ ޙަޤީޤަތަށެވެ.

ރާއްޖޭގެ އެކި ރަށްރަށުން އަނބި ދަރިންނާއި އާއިލާތަށް ދޫކޮށް ދުރު ހިސާބު ތަކުގައި ހެދިފައިވާ ރިސޯޓުތަކަށް އައިސް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދިވެހި އެތަކެއް ރައްޔިތުންނަކަށް ސަރުކާރުން މި ދޭން އުޅެނީ ކިހާ ބޮޑު ލަނޑެއްތޯއެވެ. މަޙްރޫމް ކުރަން އެ އުޅެނީ ކިހާ ބޮޑު ޙައްޤަކުންތޯއެވެ. އެމީހުންގެ ފިކުރާއި ޚިޔާލު ތިމާމެންނާ ތަފާތު ވުމަކީ ވޯޓު ދިނުންފަދަ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށް އަދަބު ދޭންޖެހޭވަރު ކުށެއްތޯއެވެ.

މާޒީގައި ރިސޯޓުތަކުން މެޖޯރިޓީ ލިބިފާ ނެތުމަކީ މިއަދު އެމީހުންގެ ކިބައިން ބަދަލު ހިފަން ވެދާނެ ކަމެއްތޯއެވެ. އެއީވެސް ދިވެހި ރައްޔިތުންނެވެ. އެއީވެސް ދިވެހި އެތައް އާއިލާއެކެވެ. އެމީހުންގެ ބަސްއަހާނެ ކިތަންމެ ބަޔަކުވެސް ތިބޭނެ ނޫންތޯއެވެ. އެހެނަކަމުން އެމީހުންގެ ވޯޓު ހިފަހައްޓައިގެން ހާސިލްކުރެވޭނެ މޮޅެއް އޮންނާނެތޯއެވެ. އެއީ ރަންބިސް އަޅާ ކުކުޅު ބަލަހައްޓާ މީހުންނެވެ. އެ ކުކުޅަށް އަޅާލާ ކާންދޭ މީހުންނެވެ. އެއިން ބިސް އަޅުވައިގެން އެ ބިހުން ދިވެހި އިޤްތިޞާދު ވަރުގަދަ ކުރާ މީހުންނެވެ. އެއީ ބުރަ މަސައްކަތް ކުރާ ބައެކެވެ. މަތިވެރި ޤުރުބާނީއެއްވާ ބައެއްވެސް މެއެވެ.

އެމީހުންގެ ވެސް އުންމީދުތަކަކާއި ހުވަފެން ތަކެއްވެސް ވާނެއެވެ. ރިސޯޓުން ދެއްވަން ބުނި ހިއްސާގެ މަތިން އެމީހުން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެއްނޫންތޯއެވެ. މިއީ ޒުވާނުންގެ އުންމީދޭ ވިދާޅުވެ އެމީހުންނަށް އުންމީދު ދެއްވި އިރު ވޯޓުލުން ފަދަ އަސާސީ ޙައްޤަކުން އެމީހުން މަޙްރޫމް ވެގެން ދާ ތަން ބައްލަވަން ކެތްކުރެއްވެނީ ކިހިނަކުންތޯއެވެ. ރިސޯޓުގެ ހިއްސާ ނުލިބުނު ތާންގައި ވޯޓުން މުސްތަޤުބަލު ކަނޑައެޅުމުގެ ފުރުސަތު ރިސޯޓު ތަކުގެ މުވައްޒަފުންނަށް ގެއްލުވާލުމުށްވުރެ ނިކަމެތި ކަމެއް އެމީހުންނަށް ކުރިމަތު ކުރެވިދާނެތޯއެވެ. ތިމާމެންގެ އަމިއްލަ އެދުމަށްޓަކައި އެތައް ހާސް ބައެއްގެ ޙައްޤުތައް ޤުރުބާން ކުރުމަށްވުރެ ހުތުރު އަމަލެއް ހިންގިދާނެތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ކަމެއް އިސްލާހު ކުރަންވެފައި އޮތިއްޔާ، އެކަމެއް ހިއްސާކޮށްދެއްވާ، ރަނގަޅުކޮށްދޭނަން"

"ކަމެއް އިސްލާހު ކުރަންވެފައި އޮތިއްޔާ، އެކަމެއް ހިއްސާކޮށްދެއްވާ، ރަނގަޅުކޮށްދޭނަން"

23 އޮކްޓޯބަރު 2021
ކޮންމެ ނިންމުމެއްގައި ވެސް ހިއްސާދާރުންގެ ލަފާ ހޯއްދަވާ ވަޒީރު

ކޮންމެ ނިންމުމެއްގައި ވެސް ހިއްސާދާރުންގެ ލަފާ ހޯއްދަވާ ވަޒީރު

22 ޖުލައި 2021
"ހިމަންދޫ މިހާރު ފެންނަނީ އަަމާންކޮށް، ވަކިވެގަތް މީހުންވެސް މުޖުތަމައުގެ ހިއްސާއަކަށް ވެއްޖެ"

"ހިމަންދޫ މިހާރު ފެންނަނީ އަަމާންކޮށް، ވަކިވެގަތް މީހުންވެސް މުޖުތަމައުގެ ހިއްސާއަކަށް ވެއްޖެ"

19 މެއި 2021
އޮޅުވާލައިގެން ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލުމުގައި ސައީދުގެ އިތުރުން މުނައްވަރުގެ ބައިވެރިވުން؟

އޮޅުވާލައިގެން ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލުމުގައި ސައީދުގެ އިތުރުން މުނައްވަރުގެ ބައިވެރިވުން؟

09 ސެޕްޓެމްބަރު 2020
ހިއްސާދާރުންނަށް ނޭނގި ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލި ކަމުގެ ތުހުމަތު ސައީދަށް!

ހިއްސާދާރުންނަށް ނޭނގި ރިސޯޓެއްގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލި ކަމުގެ ތުހުމަތު ސައީދަށް!

05 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު