Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ލީޑަރުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައިފި

އަދަބު ނުދީ ދެކޮޅު ޖެއްސޭނެ ގޮތެއް ނެތް: ރައީސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 17 ޖުލައި 2018 | އަންގާރަ 07:46
ރައީސް ޔާމީން ހދ. ނޮޅިވަރަމަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށްދެއްވަނީ: އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި

ރައީސް ޔާމީން ހދ. ނޮޅިވަރަމަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ނަރުދަމާގެ ޚިދުމަތް އިފްތިތާހުކޮށްދެއްވަނީ: އިދިކޮޅު ފަރާތްތަކަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި

ނުހައްގުން ޖަލަށްލައި، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ފަރާތްތައް މިނިވަން ކުރައްވާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ސިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވައުދު ވެވަޑައިގެންފައި ވާތީ، ރައީސް އަބްދުﷲ ޔާމީން ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ހދ. އާއި ހއ. ގެ އަށް ރަށްތަކަށް ރައީސް ޔާމީން ކުރައްވާ ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އަދަބު ދިނުމަކީ ތަރުބިއްޔަތުގެ އަސާސެއް ކަމަށާއި އަދަބު ދެނީ "އަދަބު ނުދީ ދެކޮޅު ޖެއްސޭނެ ގޮތެއް ނެތުމުން" ކަމަށެވެ. ރައީސް އެ ވާހަަކަފުޅު ވިދާޅުވީ ސިޔާސީ ބޭފުޅުން މިނިވަން ކުރާނެ ކަމަށް އިބޫ ވިދާޅުވެފައިވާ ވާހަކަ، ދެންނެވުމަށް ފަހު ރައްދުދެއްވުމުގެ ގޮތުންނެވެ.

Advertisement - newsAdvertisement

"އަދަބު ފެށިގެން މި އަންނަނީ ދިވެހިރާއްޖޭގެ ތަހުޒީބަކުންނެއް ނޫނޭ. އިންސާނުންގެ އެންމެ ކުރީ ހިސާބުން އަދަބު އާދޭ. އަޅުގަނޑުމެންނަށް އިސްލާމް ދީނުން ވެސް ނަގައިދީފައި ހުރި ފިލާވަޅުތައް. އަޅުގަނޑުމެންގެ އެންމެ ދޮށީ ކާބަފައިންނާ ހިސާބުން ނަގައިދީފައި ހުރި ފިލާވަޅު. ﷲގެ ޝަރީއަތުގައި ވެސް އަދަބު އެބަ ހުރޭ. ކަންކަމުގަ އަދަބު އެބަ ހުރޭ. އެއީ ތަރުބިއްޔަތުގެ އަސާސަކަށްވާތީ އަދަބު ހުންނަނީ. އަދަބު ނުދީ ދެކޮޅު ޖެއްސޭނެ ގޮތެއް ނެތީމަ. ދެކޮޅު ނުޖެއްސޭތީ އަދަބު މި ހުންނަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެކެއް ފެބްރުއަރީގައި އަމުރު ނެރުއްވީ އެޕާޓްމަންޓެއްގެ ދަހިވެތިކަމުގައި ކަމަށް އިޝާރާތްކޮށް، އެކަމުގެ ހުތުރު ލިބުނީ ކޮން ބަޔަކަށްތޯ ރައީސް ޔާމީން ސުވާލު ކުރެއްވި ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ހަރު އަޑުން ކޯފާ އިސްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ކަންކަން ނިންމަން ތިބޭ އެންމެ މަތީ މަގާމުތަކުގައި ތިބޭ މީހުން ރާއްޖެއިން ބޭރުގެ އެންމެ ފްލެޓަކަށް އެ މީހުންގެ ހުރިހާ ކަރާމާތެއް ގެއްލުވާލި ވާހަކަ. ކޮންބަޔަކަށްތޯ ހުތުރު މިވީ؟ ވިސްނައިވަޑައިގަންނަވާ. މިއީ ތަރުބިއްޔަތާއި އިހްލާސްތެރިކަމުގެ ވާހަކަ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ފެބްރުއަރީ އެކެއްގެ އަމުރު ނެރުމުގެ ކުރިން ކުރީގެ އުއްތަމަފަނޑިޔާ އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ބޭރު ގައުމުތަކަށް ވަޑައިގެން އަގުބޮޑެތި މުދާތައް ބައްލަވައިގަތުމަށް މަސައްކަތް ކުރައްވާފައި ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ އިރު އެކަމަށް އިޝާރާއިކުރައްވައި ރައީސް ޔާމީން ވަނީ "އަޅުގަނޑުމެންގެ އަގަކީ އެންމެ ފްލެޓެއްތޯ" ސުވާލުކުރައްވާފައެވެ.

ރައީސް ޔާމީން ތިލަދުއްމައްޗަށް ކުރައްވާ ދަތުރުފުޅުގައި ނޮޅިވަރަމްގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މުއައްސަސާތަކާއި ސިފައިންނާ ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށެވެ. އަދި ކޯޓުތަކަށް ފައިސާގެ ނުފޫޒު ވެސް ވަދެފައިވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔަ ފަސް އަހަރު ދުވަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ މުއައްސަސާތަކެއް ބޮލާލައި ޖެހި. މުއައްސަސާތަކަށް އާންމުވެގެން ދިޔައީ ސިޔާސީ ނުފޫޒު. ސިފައިންނާއި ފުލުހުންގެ ތެރެއަށް އާންމުވެގެންދިޔައީ ސިޔާސީ ނުފޫޒު. ފަނޑިޔާރު ގެތަކަށް ވަނީ ސިޔާސީ ނުފޫޒު. ދެން ވަނީ ފައިސާގެ ނުފޫޒު. އަޅުގަނޑުމެންގެ ލޯމަތިން ފެނިގެން ގޮސްފައި ހުރި ކަންތައްތައް މިއީ،" ރިޔާސީ އިންތިހާބާ ގުޅިގެން އެމަނިކުފާނު ކުރައްވާ ތިން ވަނަ ދަތުރުފުޅުގައި ނޮޅިވަރަމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ނޮޅިވަރަމްއަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ ގައުމީ ޖިހާދަކަށް ކަމަށެވެ. އަދި ތަރައްގީ ކުރުމުގެ މަސައްކަތް އެމަނިކުފާނަށް ދޫކޮށްލެއްވުމަށް ފަހު އެހެން ބޭފުޅުން އިސްލާހުގެ ވާހަކަ ދެއްކެވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

"އަޅުގަނޑުމެން ނުކުންނަނީ ގައުމީ ޖިހާދަކަށް. އަޅުގަނޑުމެން މި ނުކުންނަނީ ރާއްޖެއަކީ އިސްލާމް ދީން މަތީގައި އޮންނަ، ދިވެހި ސިފަތަކަކާއި ރީތި ސިފަތަކެއްގައި ތަރުބިއްޔަތުކޮށް، ތަހުޒީބާ އެކީގައި ތަރައްގީ ގެނެސްދޭނެ، ވެރިކަމެއް ކުރުމަށްޓަކާ އަޅުގަނޑުމެން މި ނުކުންނަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގަން ސަރުކާރުން ބޮޑެތި ލޯނުތަކެއް ނަގަމުންދާތީ އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ލޯނު ނަގަނީ ލޯނު ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި ހުރުމުން ކަމަށެވެ. އަދި ރަށެއްގައި މަޝްރޫއެއް ހިންގުމުން އެކަންކުރަނީ ކޮންތާކުން ހޯދި ފައިސާއަކުންތޯ ރައްޔިތުން ނުބަލާނެ ކަމަށާއި ބޭރުގެ ފަރާތްތަކުން ސަރުކާރަށް ލޯނު ދެނީ ލޯނު ދެއްކޭނެ ކަމުގެ ގާބިލުކަން ހުރި މިންވަރު ބަލާފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހދ. ނޮޅިވަރަމްގެ ނަރުދަމާ އިފްތިތާހުކޮށްދެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ހދ. އާއި ހއ. އަތޮޅުގައި އިތުރު ރިސޯޓުތަކެއް ހުޅުވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ދެ އަތޮޅުގައި ޓޫރިސްޓު އެނދުގެ އަދަދު 3,000 އަށް އިތުރު ކުރައްވާނެ ކަމަށެވެ. ރައީސް ޔަމީން ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ހދ. އަދި ހއ. އަތޮޅުގައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަސް އަހަރު ފާއިތުވެގެންދާއިރު ވެސް ރާއްޖޭގެ އެންމެ އުތުރުގައި ރިސޯޓެއް ހުޅުވައި ޚިދުމަތް ދޭން ފަށާފައެއް ނުވެއެވެ.

ނޮޅިވަރަމްގެ ބަނދަރުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިފައިވާ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ޕީޕީއެމް ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި 115 މިލިއަން ރުފިޔާ ނޮޅިވަރަމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ނޮޅިވަރަމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގެ ނަރުދަމާ ނިޒާމު އިފްތިތާހުކޮށްދެއްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު