Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޔޫ - ރާއްޖެ

އީޔޫގެ ބަޔާނުގެ މޫނުމަތި ރީތި ކުރަންއުޅުނަސް މުހިއްމުކަން ކުޑައެއް ނުކުރެވޭނެ: ޣަފޫރޫ

17 ޖުލައި 2018 | އަންގާރަ 05:38

މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ގޮވާލުމުގެ މުހިއްމުކަން ކުޑަ ނުކުރެވޭނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 17 ޖުލައި 2018 | އަންގާރަ 05:38
ޔޫރަޕިއަން ޕާލިމަންޓް

ޔޫރަޕިއަން ޕާލިމަންޓް

މި ސަރުކާރުން ކިތަންމެ ވަރަކަށް އީޔޫގެ ބަޔާނުގެ މޫނުމަތި ރީތި ކުރަން އުޅުނުކަމުގައި ވިޔަސް އެންމެނަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ގޮވާލުމުގެ މުހިއްމުކަން ކުޑަ ނުކުރެވޭނެ ކަމަށް ރާއްޖެއިން އދ. އަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަބްދުލް ޣަފޫރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުގެ އިސް ވެރިންނާއި ދިވެހި ބައެއް ވިޔަފާރިވެރިންނާ މެދު ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކައުންސިލްގެ ހޯމަ ދުވަހުގެ ބައްދަލުވުމުގައި ފިޔަވަޅު ނޭޅުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުގެ ފަރާތުން ބްރަސަލްސްއަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވަނިކޮށް ހޯމަ ދުވަހުގެ ރޭ ޤަފޫރު ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރުން "އީޔޫގެ ބަޔާނުގައި ކިތަންމެ ވަރަކަށް ލިޕްސްޓިކް ޖެއްސިކަމުގައި ވިޔަސް މިނިވަން އިންސާފުވެރި އެންމެނަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ގޮވާލުމުގެ މުހިއްމުކަން ކުޑަ ނުކުރެވޭނެ" ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝައިނީ އިތުރަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ އިސް ވެރިންނަށް ފިޔަވަޅު ނޭޅުމަކީ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާ މިންވަރަށް ރާއްޖޭގެ ހާލަތު ގޯސް ނޫން ކަމަށް ގަބޫލުކުރުން ކަމަށާއި ފިޔަވަޅު އަޅާނެ ވެރިންގެ ލިސްޓު އާއްމުކޮށް އަދި ފިޔަވަޅު އަޅާފައި ނުވަނީ ސަރުކާރުން ކުރި މަސައްކަތުން ކަމަށެވެ.

އީޔޫ ކައުންސިލުން ހޯމަ ދުވަހު ބުނީ އީޔޫ އިން ކަނޑައަޅާ މުއްދަތުތަކުގެ ތެރޭގައި ރާއްޖެ އިން ރަނގަޅު ކުރަން ޖެހޭ ކަންކަން ނުކުރާ ނަމަ، އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އީޔޫ ކައުންސިލުން ދިވެހި ސަރުކާރަށް ހޯމަ ދުވަހު ގޮވައިލީ ސިޔާސީ އިދިކޮޅު ލީޑަރުން ބައިވެރިވެވޭ ގޮތަށް މަޝްވަރާތައް ފެށުމަށާއި ދެ ފުށް ފެންނަ، ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ޤަރާރު ދޮގުކުރިޔަސް، މޫނުމަތި ރީތިކުރަން ޕީޕީއެމްއިން މަސައްކަތްކުރަނީ

06 އޮކްޓޯބަރު 2017
ޤަރާރު ދޮގުކުރިޔަސް، މޫނުމަތި ރީތިކުރަން ޕީޕީއެމްއިން މަސައްކަތްކުރަނީ
05 އޮކްޓޯބަރު 2017

އީޔޫގެ ޤަރާރު ބަލައި ނުގަތުމަކީ ޖަރީމާތައް ހިންގާނަމޭ ބުނުން: ރައީސް މައުމޫން

05 އޮކްޓޯބަރު 2017
އީޔޫގެ ޤަރާރު ބަލައި ނުގަތުމަކީ ޖަރީމާތައް ހިންގާނަމޭ ބުނުން: ރައީސް މައުމޫން
05 އޮކްޓޯބަރު 2017

އީޔޫގެ ގަރާރު ބަލައެއް ނުގަންނަން، އެއީ އެއް އަތަށް ބުރަވެފައިވާ ގަރާރެއް: ދިވެހި ސަރުކާރު

05 އޮކްޓޯބަރު 2017
އީޔޫގެ ގަރާރު ބަލައެއް ނުގަންނަން، އެއީ އެއް އަތަށް ބުރަވެފައިވާ ގަރާރެއް: ދިވެހި ސަރުކާރު
19 ޖުލައި 2017

ރީތިކޮށް ކުރެވޭކަށް ނެތް. ސީދާ ހަރަކާތައް ނިކުންނަން ވެއްޖެ: އެމްޑީޕީގެ މެންބަރުން

19 ޖުލައި 2017
ރީތިކޮށް ކުރެވޭކަށް ނެތް. ސީދާ ހަރަކާތައް ނިކުންނަން ވެއްޖެ: އެމްޑީޕީގެ މެންބަރުން
05 ޖުލައި 2017

"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ

05 ޖުލައި 2017
"އަޅުގަނޑުމެންގެ މޫނުމަތިންވެސް ފެންނާނެ ޕްރެޝަރެއް ނެތްކަން": ޝައިނީ
30 ޖޫން 2017

ކުށެއް ކުރެވިދާނެ، މަޢާފް ކުރުމަކީ ރީތި އާދައެއް: އާޒިމް

30 ޖޫން 2017
ކުށެއް ކުރެވިދާނެ، މަޢާފް ކުރުމަކީ ރީތި އާދައެއް: އާޒިމް
23 މެއި 2017

ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި

23 މެއި 2017
ސިޔާސީ މަސްރަހުގެ ހާލަތު ދެނެގަތުމަށް އީޔޫގެ ވަފުދުން އިދިކޮޅު ފަރާތަކާއި ބައްދަލުކޮށްފި
12 މެއި 2017

އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި

12 މެއި 2017
އިދިކޮޅު ފަރާތްތަކުން އީޔޫގެ މެމްބަރުންނާއި ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކޮށްފި
09 އެޕްރީލު 2017

ވިލާ ކޮލެޖު ހިންގަނީ ރީތި ނަމެއް ހޯދާކަށް ނޫން: ގާސިމް

09 އެޕްރީލު 2017
ވިލާ ކޮލެޖު ހިންގަނީ ރީތި ނަމެއް ހޯދާކަށް ނޫން: ގާސިމް
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް