Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ޑޯޓުޑޯ ފެއްޓެވި ނަމަވެސް ގޭގެއަށް ޝަހީމް ވަޑަައެއް ނުގެންނެވި!

13 ޖުލައި 2018 | ހުކުރު 13:03

ހަރަކާތަކީ ވަޒީރުންގެ އިސް ނެންގެވުމެއް: އަބްދުއްރަހީމް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 ޖުލައި 2018 | ހުކުރު 13:03
ޕީޕީއެމުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމަށް ފެށި ހަރަކާތުގެ ތެރެއިން

ޕީޕީއެމުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމަށް ފެށި ހަރަކާތުގެ ތެރެއިން

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތެއް އަނެއްކާ ވެސް ފަށައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ޕީޕީއެމްގެ އޮފީސް ކުރިމަތިން އެ ހަރަކާތް ފެށި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނު އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް، މޭލޭގެ ގެތަކަށް ހުކުރު ދުވަހު ވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

Advertisement - newsAdvertisement

ޕީޕީއެމުން ބުނީ ހުކުރު ދުވަހުގެ ހަވީރު ފެށި ހަރަކާތުގައި އަމަލީ ގޮތުން ޑރ. ޝަހީމް ބައިވެރިވެވަޑައި ނުގެންނެވީ ހުކުރު ދުވަހުގެ ރޭ އިތުރު އިވެންޓަކަށް އެމަނިކުފާނު ތައްޔާރުވެވަޑައި ގަންނަވަމުން ގެންދަވާތީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ އެ "ޕްރޮގްރާމަކީ" ވަޒީރުން އިސްވެ ތިއްބަވައިގެން ފެށި ހަރަކާތެއް ކަމަށެވެ. މާލޭގެ ގެތަކަށް އެ ބޭފުޅުން ވަޑައިގެން، ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއިދު އިތުރު ކުރުމަށް ކުރެވެން ހުރި ކަންކަން ޕާޓީން ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މާލޭގެ ގެތަކަށް ފެށި ދޮރުން ދޮރަށް ހަރަކާތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެ ދެނީ މި ހަރަކާތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް. އިރާދަ ކުރެއްވިއްޔާ ވަރަށް އުންމީދު ބޮޑު. ރައްޔިތުންގެ ތާއީދު އިތުރުވަމުންދަނީ. ޑޯޓުޑޯ ހަރަކާތުގައި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދެން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޕީޕީއެމުން ކުރިން ކުރިއަށް ގެންދިޔައީ ހަމައެކަނި މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ ހަރަކާތެއް ކަމަށާއި ނަމަވެސް މިހާރު ކުރިއަށް ގެންދާ ހަރަކާތުގައި މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންނާ ވެސް ބައްދަލު ކުރާނެ ކަމަށެވެ. އެ ރައްޔިތުންނާ ބައްދަލުކޮށް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޕީޕީއެމުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރަން ފެށުމާ އެކު އާންމުންގެ ކަންބޮޑުވުންތައް "ބަންޑުންކޮށްލި" މަންޒަރު ތަފާތު އެކި ވީޑިއޯތަކުން ފެނިގެންދިޔައެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަތައް އެ ބޭފުޅުންނަށް ހިއްސާކުރި މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން ރައީސް ޔާމީން ހިންގަވަމުން ގެންދަވާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ބައެއް މީހުން ވަނީ ޕީޕީއެމްގެ އެ ހަރަކާތުގައި އުޅުނު ވަޒީރުންނަށް ސުވާލުތައް އަމާޒުކޮށްފައެވެ. ޕީޕީއެމްގެ ޑޯޓުޑޯ ކެމްޕެއިން މަޑުޖެހިގެން ދިޔައީ އެ ވީޑިއޯތައް އާންމުވެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
29 އެޕްރީލު 2017

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް
02 އެޕްރީލު 2017

މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް

02 އެޕްރީލު 2017
މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
18 ފެބުރުއަރީ 2017

އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ

18 ފެބުރުއަރީ 2017
އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް