Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިހާބު 2018

ކިތަންމެ މަކަރެއް ހެދިޔަސް މި އިންތިހާބު ކާމިޔާބު ކުރާނަން: މާރިޔާ

ޑރ. ވަހީދަށް ލިބުނު ވަރު ވެސް ޔާމީނަށް ނުލިބޭނެ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 12 ޖުލައި 2018 | ބުރާސްފަތި 08:20
އިބޫ ދޮރުން ދޮރަށް ކެމްޕެއިންގައި ގޭގެއަށް ވަޑައިގަންނަވަނީ:- މާރިޔާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް

އިބޫ ދޮރުން ދޮރަށް ކެމްޕެއިންގައި ގޭގެއަށް ވަޑައިގަންނަވަނީ:- މާރިޔާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް

މިއަހަރު ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް ކިތަންމެ މަކަރެއް ހެދި ނަމަވެސް އިރާދަ ކުރެއްވިއްޔާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތާއީދު ކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓް، އިބޫގެ ކެމްޕެއިން ހަރަކާތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާވީ މި އިންތިހާބުގައި ސިއްސައިގެންދާވަރުގެ ނަތީޖާއެއް އެމްޑީޕީގެ ކެންޑިޑޭޓް ނެރޭނެ ކަމަށެވެ.

Advertisement - newsAdvertisement
"ޑރ. ވަހީދު ހޯދެއްވިވަރުގެ ނަތީޖާއެއް ވެސް ރައީސް ޔާމިނަށް ނުލިބޭނެ ކަމަށް އަޅުގަނޑުމެނަށް ދިރާސާތަކުން ފެނިގެން ދަނީ. ވަރަށް ގިނަ މީހުން އަޅުގަނޑުމެންނާ ކުރާ ސުވާލެއް މަކަރުހަދާނެ އޭ. އެ ކަހަލަ ކިތަންމެ ވާހަކައެއް. ކިތަންމެ ވަރަކަށް މަކަރު ހެދިޔަސް ﷲ އިރާދަ ކުރެއްވިއްޔާ މި ކެމްޕެއިން ކާމިޔާބުކުރާނަން،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ހުކުރު ދުވަހު އައްޑޫ ސިޓީއަށް އިބޫ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު މި ފަހަރުގެ އެންމެ ބޮޑު މަގުސަދަކީ އެރަށްރަށުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޓީމްތަކާ ބައްދަލު ކުރެއްވުން ކަމަށެވެ. އަދި އެހެން މުޅި ރާއްޖޭގައި ފަށާ ދޮރުން ދޮރަށް ކެމްޕެއިން ރަސްމީކޮށް ހޮނިހިރު ދުވަހު ފައްޓަވަން ހަމަޖެހިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އަދި އެދުވަހު ރާއްޖޭގެ އެކި ރަށްތަކުގައި އެ ދުވަހުން ފެށިގެން ދޮރުން ދޮރަށް ކެމްޕެއިންތައް އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ހިންގަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރަސްމީކޮށް މި ހަރަކާތް ފެއްޓެވުމަށް ފަހު މާލޭގައި އިބޫ ދޮރުން ދޮރަށް އަދި ހިންގަވާނެ ކަމަށެވެ. އިބޫ މިހާރު ވެސް ވަނީ މާލޭގެ އެކި ގެތަކަށް ޒިޔާރަތް ކުރައްވާފައެވެ.

ރިޔާސީ އިންތިހާބު އަންނަ ބާކީ އޮތް 73 ދުވަހުގެ ތެރޭގައި ކެމްޕެއިންތައް ހިންގަމުން ދަނީ އެކަން އެންމެ ފަސޭހައިން ކުރެވޭނެ ގޮތަކަށް ރޭވިގެން ވަކި ތަރުތީބަކުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އިންތިހާބުގައި އެމްޑީޕީގެ އޮބްޒާވަރުންގެ ގޮތުގައި ވޮލިންޓިއަރކޮށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އެބަ އޮތް ކަމަށް ވެސް މާރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު