Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިލްވާން ވަގަށް ނެގުން

ރިލްވާން ވަގަށް ނެގި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

ތާވަލްކޮށްފައި ވަނީ މާދަމާ 10:00 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 11 ޖުލައި 2018 | ބުދަ 17:56
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ.

މި މައްސަލާގައި ތިން މީހުންގެ މައްޗަށް ހިންގާ ޓެރެރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 10:00 އަށެވެ.

Advertisement - newsAdvertisement

ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިންގަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުމައިދުގެ މައްޗަށް ވެސް އެ ދައުވާ ކޮށްފައިވެއެވެ. އެހެން ނަމަވެސް ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ. އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނައެވެ.

މިމައްސަލާގައި އެންމެފަހުން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިއަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ނޫސްވެރިޔާ ރިލްވާން ގަދަކަމުން ފޮރުވި ކަމުގެ ދައުވާ ލިބޭ އާލިފް ރައޫފްގެ ކާރުން ފެނުނު އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް ޝަރީއަތަށް ހުށަހަޅާފައި ނުވާތީ ދައުވާ ލިބޭ ފަރާތުން އޭގެ ސައްހަކަމާ މެދު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ސުވާލު އުފައްދާފައެވެ.

ޗެއިން އޮފް ކަސްޓަޑީ ފޯމަކީ ފުލުހުން ތަހްގީގުން ހޯދާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންގޮސްފައިވާ ގޮތާއި ތަން ތަން ބަޔާންކޮށްފައިވާ ގޮތް ބަޔާން ކޮށްފައިވާ ރިޕޯޓެވެ.

އޮގަސްޓް 2014 ގައި ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކުން ފެނުނު އިސްތަށީގެ ޑީއެންއޭއާ ގުޅޭގޮތުން ބައެއް ކަންކަން ސާފުކުރުމަށް އެކްސްޕާޓަކު ވަނީ ހާޒިރުކޮށްފައެވެ. ކަމާ ގުޅުން ހުރި ހަބީރެއްގެ ގޮތުގައި ހާޒިރުކުރި މާދިހު މުހައްމަދު ސަލީމަކީ އާލިފްގެ ކާރިތެރެއިން ފެނުން ކަމަށް ބުނާ އިސްތަށި ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ތަހުލީލުތަކުގެ ނަތީޖާތަކަށް ބިނާކޮށް، ދިވެހި ފުލުހުންގެ ފަރާތުން އެ ރިޕޯޓު ތައްޔާރުކުރި އެންމެ އިސް ފަރާތެވެ.

އާލިފް ރައޫފުގެ ކާރުން ރިލްވާންގެ މަންމަގެ ޑީއެންއޭ ދިމާވާ އިސްތައްޓެއް ފެނުނު ކަމަށް ބުނެ ދައުލަތުން އެ ހެކި ހުށަހަޅާފައިވާއިރު އެއީ ރިލްވާން އެ ކާރަށް އެރުވިކަން ސާބިތުކުރުމަށް ވެސް ހުށަހަޅާފައިވާ އެންމެ ވަރުގަދަ އެއް ހެއްކެވެ. ނަމަވެސް އާލިފްގެ ކާރުން ފެނުނު އިސްތަށީގެ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް ދައުލަތުން ހުށަހަޅާފައި ނެތުމުން އެކަމާ މެދު ދިފާއީ ވަކީލު ސުވާލު އުފައްދަވައި އޭނާ ވަނީ ހެކިވެރިޔާއާ ސުވާލު ކުރައްވާފަ އެވެ. އެގޮތުން ފޮރެންސިކަށް ގެނައި އިސްތަށްޓާ ފޮރެންސިކުން ހަވާލުވީ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އޮވެގެންތޯ ދިފާއީ ވަކީލު ވަނީ މާދިހާ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި މާދިހު ވިދާޅުވެފައި ވަނީ އެ އިސްތަށި ފުލުހުންގެ ލެބޯޓްރީއަށް ގެނައިއިރު ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އޮތްކަން ހަނދާން ނެތް ކަމަށެވެ. އެކަމަކު ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނެތް ނަމަ އެއްވެސް އެއްޗަކާ ލެބޯޓްރީން ހަވާލު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތަށް މާދިހު ވިދާޅުވުމުން ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ ޗެއިން އޮފް ކަސްޓަޑީ ނެތުމުން، އެ އިސްތަށްޓަކީ ކޮން ތަނަކުން ގެނައި އެއްޗެއް ކަން ނޭނގޭނެ ކަމަށް ވިދާޅުވެ، އެ އިސްތަށްޓާ މެދު ސުވާލު އުފައްދަވައިފައެވެ.

ރައްދުގައި ދައުލަތުން ބުނީ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓް އެ މައްސަލާގައި ފުރިހަމަވެފައި އޮތް ކަމަށާއި އެ ރިޕޯޓް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވަނީ އެ ރިޕޯޓަކީ ހެއްކާ ބެހޭ ގޮތުން ސުވާލު އުފައްދާ ހާލަތުގައި ހުށަހަޅާ އެއްޗަކަށް ވާތީ ކަމަށެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅިއިރު އަމަލުކުރާ އުސޫލަކީ އެއީ ކަމަށްވާތީ އެ ރިޕޯޓް ހުށަހަޅާފައި ނުވަނީ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެއާ މެދު ސުވާލު އުފައްދާތީ އެ ރިޕޯޓް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައި ވަނީ ދައުވާ ކުރާއިރު މައްސަލައާ ގުޅޭ ހުރިހާ ހެއްކާއި ލިޔުންތައް ހުށަހަޅަން ދައުލަތުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ލިޔުންތަކަކީ ސުވާލު އުފައްދާ ހާލަތުގައި ހުށަހަޅާ އެއްޗެއް ކަމުގައި ނުހެދުމަށް ގާޒީ އެދިވަޑައިގަތެވެ.

އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާރު ހާޒިރު ނުކުރެވި ހުރީ އެންމެ ހެއްކެކެވެ. ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދޭ އެ މީހާ ހާޒިރު ކުރެވިފައި ނުވާތީ އޭނާގެ ހެކިބަސް އަދި ނުނަގައެވެ. އޭނާ ހާޒިރު ކުރަން ދައުލަތުން ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާތީ ދައުލަތުން އެދުނީ ކޯޓުގައި އޮންނަ އާންމު އުސޫލުގެ ދަށުން އޭނާ ހާޒިރުކޮށް، ހެކިބަސް ނަގައި ދިނުމަށެވެ. އެކަމަކު ހެކިބަސް ނަގާއިރު ސިއްރުކަން ނުގެއްލޭ ގޮތަށް ހެކިބަސް ނަގައިދޭން ދައުލަތުން އެދުނެވެ. އެ މީހާގެ އެޑްރެސް ކޯޓަށް ސާފު ނުވާތީ ގާޒީ އާރިފް އެންގެވީ އެ މައުލޫމާތު ސާފު ކުރުމަށް ފަހު ކޯޓަށް އެންގުމަށެވެ.

މާދިހް ހެކިބަސް ދެމުން ވިދާޅުވެފައި ވަނީ އާލިފްގެ ކާރުތެރެއިން ފެނުނު ކަމަށް ބުނާ އިސްތަށީގެ ޑީއެންއޭ ރިލްވާންގެ މަންމަ އައިމިނަތު އީސާއާ ދިމާވާ ކަމަށާއި އެކަމަކު އެ އާއިލާގެ އިތުރު ބަޔަކާ، އެ ޑީއެންއޭ ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ ބާވަތުގެ ޑީއެންއޭއަކީ ރާއްޖޭގައި އާންމުކޮށް ތަހުލީލު ކުރެވޭ ބާވަތުގެ ޑީއެންއޭއަކަށް ނުވާތީ އެ އިސްތަށީގެ ތަހުލީލުތައް ކޮށްފައި ވަނީ ތައިލެންޑުގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމްގެ ލެބޯޓްރީއަކަށް ފޮނުވައިގެން ކަމަށް މާދިހް ވިދާޅުވިއެވެ. އަދި އެ ތަހްލީލްތަކުގެ ތަފްސީލް ދެމުން އޭނާ ވިދާޅުވީ އިސްތަށިން ފެނުނީ އެމްޓީ ޑީއެންއޭއެއް ކަމަށާއި އެއީ އާންމުކޮށް ފެންނަ ނިއުކްލިއާ ޑީއެންއޭއާ ތަފާތު ބާތެއް ކަމަށެވެ. ނިއުކްލިއާ ޑީއެންއޭ ކޮންމެ މީހަކާ ދިމާވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށާއި އެކަމަކު އެމްޓީ ޑީއެންއޭ ދިމާވާނީ އެއްބަނޑު މީހުންނާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޑީއެންއޭ ވާރުތަވަމުން އަންނާނީ މައިމީހާގެ ފަރާތުން ކަމަށް ވިދާޅުވުމުން ރިލްވާންގެ މަންމަގެ އަންހެން ކުދިންނަށް ލިބިފައިވާ ދަރިންނާ އެ ޑީއެންއޭއާ ދިމާވުމުގެ ފުރުސަތެއް އެބައޮތްތޯ ދައުވާ ލިބޭ ފަރާތުގެ ވަކީލު ސުވާލު ކުރެއްވިއެވެ. ޖަވާބުގައި މާދިހު ވިދާޅުވީ ރިލްވާންގެ މަންމަގެ ތިބި އަންހެން ކުދިންނަށް ލިބިފައި ތިބި އަންހެން ކުދިންނާ ދިމާވުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.

ރިލްވާން ވަގަށް ނަގާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން އޭނާ ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ލިބޭ މީހުން ތިބީ ދޫކޮށްލާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު