Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފާ މާކެޓް

އެއް ސީޒަނަށް ފަހު ޕައުލީނިއޯ އަލުން އެނބުރި ޗައިނާއަށް

އޭނާ ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 9 ޖުލައި 2018 | ހޯމަ 08:42
ޕައުލީނިއޯ ގުއަންޒޫ އެވަގްރާންޑޭގެ ޖާޒީގައި

ޕައުލީނިއޯ ގުއަންޒޫ އެވަގްރާންޑޭގެ ޖާޒީގައި

ސްޕެއިންގެ ބާސެލޯނާގައި އެއް ސީޒަން ހޭދަކުރުމަށް ފަހު އެޓީމަށް ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ އަލުން އެނބުރި އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ގުއަންޒޫ އެވަގްރާންޑޭއަށް ބަދަލުވެއްޖެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 40 މިލިއަން ޕައުންޑަށް ބާސާއަށް ބަދަލުވި ޕައުލީނިއޯ އަލުން އެނބުރި ގުއަންޒޫ އެވަގްރާންޑޭއަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ހަމައެހެންމެ އެއް އަހަރަށް ފަހު 50 މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމާއެކު އޭނާއަކީ ގުއަންގްޒޫގެ ދާއިމީ ކުޅުންތެރިޔަކަށް ވެގެންދާނެއެވެ. އޭނާގެ މުސާރައެއްގެ ގޮތުގައި އެޓީމުން ކަނޑައަޅާފައިވަނީ 14 މިލިއަން ޔޫރޯއެވެ. ޕައުލީނިއޯ މިދިޔަ އަހަރު ބާސާއާއެކު ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ބާސެލޯނާ އަދި ގުއަންޒޫ އެވަގްރާންޑޭއިން ވެސް ވަނީ ޕައުލީނިއޯ ޗައިނާއަށް އެނބުރި ދިޔަކަން ކަށަވަރު ކޮށްދީފައެވެ. މިދިޔަ އަހަރު ޗައިނާގައި ކުޅެމުންދިޔަ ޕައުލީނިއޯ ބާސާއަށް ގެންދިޔުމާއެކު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ގިނަ ބަޔަކު ބުނަމުންދިޔައީ އޭނާއަކީ ބާސާ ފެންވަރުގެ ކުޅުންތެރިޔެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އޭނާ ވަނީ ބާސާގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ހުރިހާ މުބާރާތެއްގައި އޭނާ ބާސާއަށް 49 މެޗު ކުޅެދީފައިވާއިރު އެމެޗުތަކުގައި އޭނާ ބާސާއަށް ނުވަ ލަނޑު ޖަހައިދިނެވެ.

ބެލެވޭ ގޮތުގައި ބާސާއިން ޕައުލީނިއޯ ފޮނުވާލީ ޔޫރަޕަށް ނިސްބަތްނުވާ އެހެން ކުޅުންތެރިޔަކު އެޓީމަށް ގެނައުމަށެވެ. ޔުއެފާގެ ގަވާއިދުތައް ބުނާ ގޮތުން ޓީމެއްގައި ހިމެނެނީ ޔޫރަޕުގެ ޕާސްޕޯޓް ނުހިމެނޭ ތިން ކުޅުންތެރިޔެކެވެ. އެހެންކަމުން ޕައުލީނިއޯ ދިޔުމާއެކު ބާސާއަށް އަލަށް ގެނައުމަށް ނިންމާފައިވަ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އަރުތުރު އެޓީމަށް ގެނައުމަށް މަގުފަހި ވެގެންދާނެއެވެ.

ޕައުލީނިއޯ ވަނީ މިދިޔަ ސީޒަނުގައި ބާސާއެކު ސްޕެނިޝް ލަލީގާ އަދި ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބު ކޮށްފައެވެ.

ޕައުލީނިއޯ އަކީ މީގެކުރިން ބްރެޒިލްގެ ކޮރިންތިއަންސް އަދި އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާސްއަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޕައުލީނިއޯ ޗައިނާއަށް އެންމެ ފުރަތަމަ ބަދަލުވީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެތޭގައެވެ. ޓޮޓެންހަމް ދޫކޮށް އޭނާ އެ ޓީމަށް ބަދަލުވެފައިވަނީ 14 މިލިޔަން ޔޫރޯއަށެވެ. އެޓީމާއެކު ޕައުލީނިއޯ ޗައިނާގެ ލީގު ދެ ފަހަރު ކާމިޔާބުކުރިއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު