Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ވާރލްޑް ކަޕް: ސެމީގައި ވަރުގަދަ މެޗުތަކެއް، އައު ޓީމެއް މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު

8 ޖުލައި 2018 | އާދީއްތަ 18:38

މިހާރު މުބާރާތުގައި ބާކީ އޮތީ އެންމެ ހަތަރު ޓީމް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 8 ޖުލައި 2018 | އާދީއްތަ 18:38
ކްރޮއޭޝިއާގެ ކުޅުންތެރިން ޕެނަލްޓީއިން މޮޅުވުމާއެކު އުފާފާޅުކުރަނީ

ކްރޮއޭޝިއާގެ ކުޅުންތެރިން ޕެނަލްޓީއިން މޮޅުވުމާއެކު އުފާފާޅުކުރަނީ

ފީފާ ވާރލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅޭ ޓީމުތައް ކަށަވަރުވެފައިވާއިރު އައު ޓީމެއް މިއަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރަޝިއާގައި ކުރިޔަށްދާ މުބާރާތް 32 ޓީމާއެކު ފެށިއިރު މިހާރު މުބާރާތުގައި ބާކީ އޮތީ އެންމެ ހަތަރު ޓީމެވެ. އޭގެ ތެރޭގައި ހިމެނެނީ 1966 ވަނަ އަހަރު ވާރލްޑް ކަޕް ކާމިޔާބުކުރި އިނގިރޭސިވިލާތާއި 1998 ވަނަ އަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރި ފްރާންސް އަދި މި މުބާރާތް ދުވަހަކު ވެސް ކާމިޔާބުކޮށްފައިނުވާ ދެ ޓީމު ކަމަށްވާ ބެލްޖިއަމް އަދި ކްރޮއޭޝިއާއެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާނީ ފްރާންސާއި ބެލްޖިއަމްއެވެ. މި ޓީމުތަކުގެ ތެރެއިން ފްރާންސް ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އުރުގުއޭ ބަލިކޮށްގެންނެވެ. މި މެޗާއެކު ފްރާންސްގެ ވެގެންދިޔައީ 1974 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން އެއް ވާރލްޑް ކަޕެއްގައި ދެކުނު އެމެރިކާއަށް ނިސްބަތްވާ ތިން ޓީމު ބަލިކުރުމަށްފަހު ސެމީއަށް ދަތުރުކުރި ފުރަތަމަ ޓީމަށެވެ.

މިއަހަރުގެ މުބާރާތުގެ ސެމީއިން ބެލްޖިއަމް ޖާގަ ހޯދީ މި މުބާރާތް ރެކޯޑް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މިއީ ބެލްޖިއަމްގެ ތާރީހުގައި ވެސް ވާރލްޑް ކަޕެއްގެ ސެމީ ފައިނަލުގައި އެޓީމު ކުޅޭނެ ދެވަނަ ސެމީ ފައިނަލެވެ.

ބުދަ ދުވަހުގެ ރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުގައި ބައްދަލުކުރާނީ ބެލްޖިއަމް އަދި ކްރޮއޭޝިއާއެވެ. ކްރޮއޭޝިއާ ސެމީއަށް ދަތުރުކުރީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ. ރަޝިއާ އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމާއެކު ކުޅުނު އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ކްރޮއޭޝިއާއިން ކާމިޔާބުކުރީ 4-3 އިންނެވެ. މިއީ 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފަހުން ވާރލްޑް ކަޕެއްގެ ސެމީ ފައިނަލުން ކްރޮއޭޝިއާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މީގެއިތުރުން ކްރޮއޭޝިއާ އާއި ދެކޮޅަށް ކުޅޭ އިނގިރޭސިވިލާތް ސެމީގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން ސްވިޑެން ބަލިކޮށްގެންނެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ސެމީ ފައިނަލުގެ ޖާގައެއް ވާރލްޑް ކަޕެއްގައި އިނގިރޭސިވިލާތް ހޯދި ފުރަތަމަ ފަހަރެވެ. މިއީ އެގައުމުގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭނެ ތިންވަނަ ފަހަރެވެ.

މި ދެ މެޗަށް ބަލާއިރު އައު ޓީމެއް މިއަހަރުގެ ވާރލްޑް ކަޕް ކާމިޔާބުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެގޮތުން ބަލާއިރު ކްރޮއޭޝިއާ އަދި ބެލްޖިއަމްގެ ފައިނަލެއް ފެނުމަކީ ދުރުގައިވާ ކަމަކަށް ނުވާއިރު ފްރާންސް އަދި އިނގިރޭސިވިލާތުގެ ފައިނަލެއް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ފުރަތަމަ ސެމީގައި ފްރާންސް އަދި ބެލްޖިއަމް ބައްދަލުކުރާ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:00 ގައެވެ. ހަމައެހެންމެ ދެވަނަ ސެމީގައި ކްރޮއޭޝިއާ އަދި އިނގިރޭސިވިލާތް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:00 ގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް