Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޙާލަތުއްޟަރޫރާގެ ވާހަކަ ޤާނޫނު އަސާސީއަކު ނޯވޭ: އަބްދުﷲ ޝާހިދު

5 ޖުލައި 2018 | ބުރާސްފަތި 17:16

ޤާނޫނު އަސާސީގައި އޮންނަނީ ކުއްލި ނުރައްކަލުގެ ހާލަތު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 5 ޖުލައި 2018 | ބުރާސްފަތި 17:16
އަބްދުﷲ ޝާހިދު (މ) އެމްޑީޕީ ޤައުމީ ކޮންގްރެސް

އަބްދުﷲ ޝާހިދު (މ) އެމްޑީޕީ ޤައުމީ ކޮންގްރެސް

ރާއްޖޭގައި އަމަލުކުރާ ޤާނޫނު އަސާސީގައި އޮންނަނީ 'ކުއްލި ނުރައްކަލުގެ ޙާލަތު'ގެ ވާހަކަ ކަމަށާއި، 'ޙާލަތުއްޟަރޫރާ'ގެ ވާހަކަ ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިދިޔަ ދައުރުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން މަޖިލީހުގެ ތަޅަމުގައި ހާޒިރުވެ ތިބެ ކަމަށް ޤާނޫނު އަސާސީގައި ބުނެފައި ވިޔަސް ޒަރޫރީ ހާލަތްތަކުގައި ދެ ބައިކުޅަ އެއް ބަޔަށް ވުރެ މަދުން މެމްބަރުން ތިބެގެން ވެސް ވޯޓަށް އެހޭނެ ކަމަށް ޕީޕީއެމްގެ މެމްބަރުންނާއި މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިންމެވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ޙާލަތުއްޟަރޫރާއަކީ ޤާނޫން އަސާސީގައިވާ އެއްޗެއް ނޫންކަމަށާއި، ޙާލަތުއްޒަރޫރާއޭ ބުނެ ޤާނޫން އަސާސީގައި ސާފުކޮށް ބުނެފައިވާ ކަންކަމާއި ޚިލާފަށް އަމަލު ނުކުރެވޭނެކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ. މީގެ އިތުރުން ޤާނޫނުއާސާސީގެ އަށް ވަނަ މާއްދާ ބެލުމަށް ޝާހިދު ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތު އެންމެހާ ބާރުތައް ހިންގަންވާނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށެވެ.

މި ޓްވީޓާ ގުޅިގެން ރާއްޖެއެމްވީ އިން ސުވާލު ދެންނެވުމުން ޝާހިދު ވިދާޅުވީ ޤާނޫނުއަސާސީގެ ބާރުތައް ވަކިކޮށް، އެއްބާރު އަނެއް ބާރަށް ފާރަވެރިވާ ނިޒާމެއް ކަނޑައަޅާފައި ވަނީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އަދި މި ޤައުމު ޚަރާބުވެގެން މިދަނީ އަމިއްލަ މަސްލަހަތު އިސްކޮށް ހިތުހުރި ގޮތަކަށް ކަންކޮށް، ޤާނޫނުއަސާސީ އިރާލާތީ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މެދުތެރޭ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެއީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކުރަމުންނެވެ. އަދި މަޖިލީހުގެ ރައީސްކަމުގައި މަސީހު ހުންނެވުމަށް މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާއިރު، އެމަނިކުފާނު ރިޔާސަތުގައި ހުންނަވަނީ ޤާނޫނާއި ޚިލާފަށް ކަމަށް ވެސް މެމްބަރުން ދަނީ ބުނަމުންނެވެ. އިދިކޮޅު މެމްބަރުން މަޖިލިސް ބޮއިކޮޓް ކުރަން ފެށި ފަހުން ޤާނޫނީ އަދަދު ހަމަނުކޮށް ގިނަ ކަންތައްތަކެއް ޕީޕީއެމް އާއި އެމްޑީއޭ މެމްބަރުން ވަނީ މަޖިލިސް ތެރެއިން ނިންމާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް