Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ބެލްޖިއަމް އޮތީ ބްރެޒިލްއަށް ދޫކުރާ ގޮތަކަށް ނޫން

5 ޖުލައި 2018 | ބުރާސްފަތި 11:53

ބެލްޖިއަމް ކުއާޓާއަށް ދަތުރުކުރީ ޖަޕާން ބަލިކުރުމަށް ފަހު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 ޖުލައި 2018 | ބުރާސްފަތި 11:53
ބެލްޖިއަމް ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ބެލްޖިއަމް ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން | ގެޓީ އިމޭޖަސް

ވާރލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނަ މެޗުގައި ބެލްޖިއަމް ފަހަތަކަށް ނުޖެހޭނެ ކަމަށް އެގައުމުގެ ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.

އެންމެ ފަހު މިނެޓުގައި ޖަޕާން ބަލިކޮށް ކުއާޓާއަށް ބެލްޖިއަމް ދަތުރުކުރިއިރު ބްރެޒިލް ކުއާޓާގެ ޖާގައެއް ހޯދީ މެކްސިކޯ ބަލިކުރުމަށް ފަހުއެވެ. ބެލްޖިއަމް ކުއާޓާއަށް ދަތުރުކުރުމާ ގުޅިގެން އެގައުމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައިވަނީ ބެލްޖިއަމްއަކީ ފެވަރިޓުންނަށް ނުވި ނަމަވެސް ބްރެޒިލް ދެކެ ބިރު ގަންނަޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ވާރލްޑް ކަޕްގައި ޖަޕާނާއި ދެކޮޅަށް ކުޅުނު މެޗަކީ މިއަހަރުގެ މުބާރާތުގައި ކޮމްޕެނީ ކުޅުނު ފުރަތަމަ މެޗަށްވާ އިރު އޭނާ ވެސް ވަނީ މާޓިނޭޒްގެ މި ވާހަކަތަކަށް ތާއިދުކޮށްފައެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޮމްޕެނީ ބުނީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު މުޅި ވާރލްޑް ކަޕްގައި ވެސް އެންމެ ވަރުގަދަކޮށް އޮތް ޓީމަކީ ބްރެޒިލް ކަމަށެވެ. ބްރެޒިލްއަށް ތައުރީފްކުރި ނަމަވެސް އެޓީމު އަތުން ބެލްޖިއަމްއަށް މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ބްރެޒިލް އަތުން ބަލިވާނެ ކަމަށް ސްކޮޑްގައި ހިމެނޭ އެއްވެސް ކުޅުންތެރިޔަކު ގަބޫލުނުކުރާ ކަމަށް ކޮމްޕެނީ ބުންޏެވެ.

ބްރެޒިލްއަކީ ޑިފެންސްގެ ގޮތުން ބަލާއިރު ވަރަށް މޮޅު ޓީމެއް ކަމަށާއި އިދިކޮޅުން އުފައްދާ ހަމަލާތައް ހުއްޓުވޭނެ ކަމުގެ ޔަގީންކަމާ އެކު ބްރެޒިލް ކުޅޭކަން ފާހަގަކުރެވޭ ކަމަށް ކޮމްޕެނީ ބުނެފައިވެއެވެ. ހަމައެހެންމެ އެޓޭކް ކުރާއިރު އެއްވެސް ބިރެއް ނެތި ބްރެޒިލް އިން ކުރާ ކަމަށާއި ކޮންމެ ޑިފެންސެއް ވެސް ހުޅުވާލުމުގެ ފެންވަރާއި ގާބިލްކަން ބްރެޒިލްގެ ފޯވާޑް ލައިނަށް ލިބިފައިވާ ކަމަށް ކޮމްޕެނީ ބުނެފައިވެއެވެ.

ކޮމްޕެނީ ބުނީ ބެލްޖިއަމް އޮތީ ބްރެޒިލްއަށް ދޫކުރާ ގޮތަށް ނޫން ކަމަށާއި ޓީމެއްގެ ގޮތުގައި ކުޅެފި ނަމަ ބްރެޒިލް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް ވަކިވަކި ކުޅުންތެރިންނަށް ބަލައިގެން ކުޅޭ ނަމަ ބެލްޖިއަމްއަށް އެއްވެސް ފުރުސަތެއް ނެތް ކަމަށާއި ބޭނުންވަނީ ހުރިހާ ކުޅުންތެރިން އެކަތިގަނޑެއްގެ ގޮތުގައި ކުޅެން ކަމަށް ކޮމްޕެނީ ބުނެފައި ވެއެވެ.

މާޓިނޭޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް އިން ކުޅެމުން އަންނަނީ ޕޮޒިޝަން ފުޓްބޯޅައެވެ. އެހެން ނަމަވެސް މި ވާރލްޑް ކަޕްގައި އެޓީމުގެ ޑިފެންސް ލައިންގެ ފަރާތުން ގޯސްތަކެއް ފެނިފައިވުމާ އެކު ވަނީ އެތަކެއް ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އެހެން ނަމަވެސް ކޮމްޕެނީ ބުނީ ބެލްޖިއަމް އިން ކުޅެނީ މީހުން ބަލާހިތްވާ ޒާތުގެ ފުޓްބޯޅައެއް ކަމަށާއި ވަރަށް ގިނަ ލަނޑު މިހާތަނަށް ޖެހިފައިވުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ. ކޮންމެ މެޗަކަށް ފަހު ވެސް ބެލްޖިއަމްއިން އަންނަނީ ކުޅުން ރަނގަޅު ކުރަމުން ކަމަށާއި ބޭނުންވަނީ ބްރެޒިލްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކަން އެގޮތަށް ކުރިޔަށް ގެންދަން ކަމަށް ކޮމްޕެނީ ބުނެފައިވެއެވެ.

ބެލްޖިއަމް އަދި ބްރެޒިލް ބައްދަލުކުރާ ފޯރިގަދަ ކުއާޓާ ފައިނަލްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 23:00 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް ސެމީގައި ކުޅެން ޖެހޭނީ ފްރާންސް ނުވަތަ އުރުގުއޭއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

23 އެޕްރީލު 2017
ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން
16 އެޕްރީލު 2017

އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން

16 އެޕްރީލު 2017
އިސްކޯގެ މުސްތަޤުބަލު އޮތީ ރެއާލް މެޑްރިޑާ އެކު: ޒިދާން
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
15 މާރިޗު 2017

އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި

15 މާރިޗު 2017
އައިސީސީގެ ޗެއާމަން ކުއްލިގޮތަކަށް އިސްތިޢުފާ ދެއްވައިފި
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް