Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރުއީ ދާއިރާ

ކޯޓު ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި

4 ޖުލައި 2018 | ބުދަ 14:24

ކުރާ ޓްވީޓަކުން ވެސް އަދަބު ދެވިދާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 ޖުލައި 2018 | ބުދަ 14:24
ކްރިމިނަލް ކޯޓުގައި ރާއްޖޭޓީވީގެ ބައެއް ނޫސްވެރިން

ކްރިމިނަލް ކޯޓުގައި ރާއްޖޭޓީވީގެ ބައެއް ނޫސްވެރިން

ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ކުރާ ހުކުމްތަކާ ގުޅޭ ޚަބަރުތައް ގެނެސްދޭ ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ގާނޫނުލް އުގޫބާތު ބަދަލު ކުރަން ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމަށްޓަކާ ގަސްތުގައި ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ޝާއިއުކޮށް، ނުވަތަ އެއްވެސް އަމަލެއް ކުރުމަކީ ކުށެއް ކަމަށެވެ.

Advertisement - newsAdvertisement

ޝަރީއަތަށް ނުފޫޒު ފޯރުވުމަށްޓަކާ އެއްވެސް އަމަލެއް ކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅައިފިނަމަ، ގާނޫނީ ވަކީލުން ދައްކަވާ ވާހަކަތަކާއި ކުރައްވާ ޓްވީޓުތަކާއި ބްލޮގުތަކުގައި ޝާއިއު ކުރާ ލިޔުންތަކަކީ ވެސް ނުފޫޒު ފޯރުމަށްޓަކާ ކުރާ ކަމެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ.

ގާނޫނުލް އުގޫބާތުގައި ކޯޓުގެ ހުރުމަތް ކެނޑޭނެ ހާލަތްތައް ބަޔާން ކުރާ 510 ވަނަ މާއްދާއަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުގައި ބުނެފައިވާ ގޮތުން ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރުކުރާ ނޫސްވެރިންނަށް ވެސް އަދަބު ދެވޭނެ ހާލަތެއް ބަޔާން ކޮށްފައިވެއެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު މައްސަލައެއް ނިންމުމުގެ ގާބިލުކަން ކޯޓެއްގައި ނެތް ކަމަށް ދެއްކުމަށްޓަކައި، ނުވަތަ ކޯޓަކުން ވަކި ކަމެއް ކުރަނީ ރަނގަޅު ނޫން މަގްސަދެއްގައި ކަމަށް ބުނެ، ގަސްތުގައި ގާނޫނާ ހިލާފަށް އެއްވެސް އެއްޗެއް ޝާއިއު ކުރުމަކީ ކުށެކެވެ.

އެ އިސްލާހުގައި އެގޮތަށް ފާސްކޮށް، ތަސްދީގުކޮށް އަމަލު ކުރަން ފަށައިފިނަމަ، ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅޭ ގޮތުން ނޫސްވެރިން ލިޔާ ލިޔުންތަކާއި އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން އަދަބު ދެވިދާނެއެވެ. އަދި ނޫސްވެރިންގެ އެ އަމަލަކީ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް ވެސް ބެލެވިދާނެއެވެ.

ނޫސްވެރިއެއްގެ މައްޗަށް އެފަދަ ދައުވާއެއް އުފުލައިފިނަމަ، އެ ދައުވާއެއް ސާބިތު ކުރުމުގައި ބަލާނީ އޭނާ އެ ކުރި އަމަލުގެ ސަބަބުން އެ ހުކުމަށް ނުވަތަ ނިންމުމަށް އެއްވެސް އަސަރެއް ކުރުން ނުވަތަ ތައައްސުބެއް އުފެދުމުގެ އިހްތިމާލު ބޮޑުވުމެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން މައްސަލައަކާ ގުޅިގެން ގާނޫނީ ވަކީލުންތަކެއް ޝަރީއަތުގައި ދައްކާ ވާހާކަތަކެއް ނުވަތަ އާންމު ކުރާ މައުލޫމާތެއް ނޫސްވެރިޔާ ގެނެސްދިނުމަކީ ވެސް ހުކުމަށް ތައައްސުބެއް ނުވަތަ އިހްތިމާލު ބޮޑުވެގެންދާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ.

ގާނޫނުލް އުގޫބާތަށް ގެންނަ އެ އިސްލާހުގެ ސަބަބުން، އެފަދަ އަމަލެއް ކުރި ނޫސްވެރިޔަކު ހަތަރު މަހަށް ޖަލަށް ލެވޭނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް