Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ލުކާ ޗުއްޕީ އަށް ކަރްތިކް އާއި ކްރިތީ

ކަރްތިކް ފެނިގެން ދާނީ މަރާޓީ އަށް ނިސްބަތްވާ ނޫސްވެރިއެއްގެ ރޯލުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 4 ޖުލައި 2018 | ބުދަ 07:10
ކަރްތިކް އާރްޔަން އާއި ކްރިތީ ސެނޯން

ކަރްތިކް އާރްޔަން އާއި ކްރިތީ ސެނޯން

އަންނަ އޯގަސްޓް މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ "ލުކާ ޗުއްޕީ" ލީޑް ރޯލަށް ކަރްތިކް އާރްޔަން އާއި ކްރިތީ ސެނަން ހަމަޖައްސައިފިއެވެ.

ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކުރާ މި ފިލްމުގައި، 100 ކްްރޯޑްސް ކުލަބަށް ވަދެފައިވާ ފިލްމް "ސޯނޫކެ ޓީޓޫ ކި ސްވިޓީ" އިން ފެނިގެން ފިޔަ ކަރްތިކް އަދާކުރާނީ މަރާޓީ އަށް ނިސްބަތްވާ ނޫސްވެރިއެއްގެ ރޯލެވެ.

މި ފިލްމްގައި ކްރިތީ އާއި ކަރްތިކް ދިމާވަނީ ނިއު ދިއްލީގައި ކިޔަވަން އުޅުމަށް ފަހު އުފަން ސިޓީއަށް ގޮސްގެން އުޅުމުގެ ތެރޭގައެވެ. ދެތަރިން ވެސް ފިލްމަށް މިހާރު ސޮއިކޮށްފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

އަންނަ އަހަރުގެ މާޗް މަހު މި ފިލްމު ރިލީޒްކުރާނެކަން އިއުލާންކޮށްފައިވީ ނަމަވެސް ފިލްމު ރިލީޒްކުރާ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދުވަސްވަރު ކްރިތީ ތައްޔާރު ވަމުން އަންނަނީ ނޮވެމްބަރު މަހު ރިލީޒްކުރާ އާޝުތޯޝް ގޮވަރިކާގެ ފިލްމް "ޕަނިޕަޓް" އަށެވެ.

މީގެ އިތުރުން ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ ފިލްމް "ކަލަންކް" އިން ވެސް ކްރިޓީ ފެނިގެން ދާނެއެވެ.

ކްރިތީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2017 ވަނަ އަހަރު ރިލީޒް ކުރި "ބަރޭލީކީ ބަރްފީ" އިންނެވެ.

ކަރްތިކްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ޕިޔާރު ކާ ޕަންޗްނާމާ 3" ހިމެނެއެވެ. އަދި އަމީތާބާ އެކު "އާންކޭ 2" އިން ވެސް ފެނިގެން ދާނެއެވެ. މީގެ އިތުރުން ސަންޖޭ ލީލާ ބަންސާލީ އުފައްދާ ލޯބީގެ ފިލްމަކާ ބެހޭ ގޮތުން ވެސް އޭނާއާ ވާހަކަ ދެކެވެމުންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު