Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުުރު ކޮރެއާ - އެމެރިކާ

އުތުރުު ކޮރެއާ ގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވިދާނެ: ބޯލްޓަން

ޖޫން 12 ވަނަ ދުވަހު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމުގައި އުތުުރު ކޮރެއާގެ ލީޑަރު ވަނީ ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމަށް ވައުދުވެވަޑައިގެންފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 1 ޖުލައި 2018 | އާދީއްތަ 15:10
ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން

ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން

އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއަރ އަދި ބައިލޮޖިކަލް ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވޭނެ ކަަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށް އެމެރިކާގެ ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސީބީއެސް ގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލާނެ ޕްލޭނެއް އެމެރިކާ އިން އެކަށައަޅާފައިވާ ކަމަށެވެ. ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާ އިން "އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ނިންމުން ނިންމާފައިވާ ނަމަ އަދި އެމެރިކާ އަށް އެކަމުގައި އެއްބާރުލުން އުތުރު ކޮރެއާ އިން ދޭނެނެމަ، ވަރަށް އަވަހަށް ކަންކަން ދާނެ ކަމަށެވެ." ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ބޯލްޓަން އިތުރަށް ވިދާޅުވީ އެމެރިކާގެ، ހުށަހެޅުން ވަރަށް އަވަހަށް އުތުރު ކޮރެއާ އަށް ހުށަހަޅާނެ ކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މިހަފްތާތެރޭގައި އުތުރު ކޮރެއާ އަށް ވަޑައިގަންނަވާ ގޮތައް ހަމަޖެހިފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެެއެވެ. އެހެންނަމަވެސް އެއީ ކަށަވަރު ރިޕޯޓުތަކެއް ނޫނެއެވެ.

ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރިހީ ބައްދަލުވުމެއް ބާއްވަވާފައެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި ދެކޮރެއާ ސަރަހައްދު ނިއުކްލިއަރ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު