Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުންޔާ މައުމޫން

ފާރިސްގެ މައްޗަށް ހުކުމް އިއްވުން: ދުންޔާ ހުންނެވީ އިންސާފު ލިބޭނެކަމުގެ އުއްމީދުގައި

28 ޖޫން 2018 | ބުރާސްފަތި 13:41

ފާރިސް މައުމޫންގެ މައްޗަށް ހުކުމްކުރި ހަބަރު އަޑުއެހީ ފުން ހިތާމަޔާއެކުގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 28 ޖޫން 2018 | ބުރާސްފަތި 13:41
ދުންޔާ މައުމޫން - ފާރިސް މައުމޫންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން ހިތަމަކުރައްވާކަމަށް ދުންޔާ ވިދާޅުވި

ދުންޔާ މައުމޫން - ފާރިސް މައުމޫންގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން ހިތަމަކުރައްވާކަމަށް ދުންޔާ ވިދާޅުވި

ދިއްގަރު ދާއިރާގެ މެމްބަރު އަދި ކޮއްކޮ އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާއެކު، އާއިލާގެ މެމްބަރުންނަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސް މައުމޫންގެ މައްޗަށް އިއްވި ޖަލު ހުކުމާއި ގުޅިގެން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ މައުމޫން ނެރުއްވި ކުރު ބަޔާނުގައި ވިދާޅުވީ ކޮއްކޮ ފާރިސް މައުމޫންގެ މައްޗަށް ހުކުމްކުރި ހަބަރު އަޑުއެހީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި ފާރިސްގެ މައްޗަށް ހުކުމް އިއްވީ 11 މަސް ދުވަހަށްވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހުގައިި ކަމަށާއި، ފާރިސްއަކީ ބައްޕާފުޅު، މައުމޫން އަބްދުލްޤައްޔޫމާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ދުންޔާގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

ފާރިސް މައުމޫން ހައްޔަރުކޮށް، ދައުވާތައް އުފުލުއިރު، ސަރުކާރަށާއި، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް އަތްޖެއްސަވަމުންގެންދެވި ދުންޔާގެ ބަޔާނުގައި އިތުރަށް ވިިދާޅުވެފައިވަނީ، ޕީޕީއެމް އުފެއްދުމުގަޔާއި، އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބް ކޮށްދިނުމުގައި ފާރިސް މައުމޫން، މުހިންމު ދައުރެއް އަދާކުރެއްވި ކަމަށެވެ. އަދި ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ކޮއްކޮ އަހުމަދު ފާރިސް މައުމޫނާއި، ޅިޔަނު މުހައްމަދު ނަދީމްގެ މައްޗަށްކުރެވޭ ދައުވާތަކުގައި އިންސާފު ލިބޭނެކަމުގެ އުއްމީދުގައި ހުންނެވި ކަމަށް ދުންޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި އަޅުގަނޑާއި، އަޅުގަނޑުގެ އާއިލާއަށް ހިތްވަރުދެއްވަމުން ގެންދަވާ އެންމެހައި ފަރާތްތަކަށް އަޅުގަނޑާއި، އަޅުގަނޑުގެ އާއިލާގެ ނަމުގައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ." ތިން ޕްރެގްރާފްގެ ކުރު ބަޔާން ނިންމަވާލައްވަމުން ދުންޔާ ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ބުދަ ދުވަހުގެ ރޭ 10:13 ގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިއްވެވި ހުކުމުގައި ވަނީ ޕީޕީއެމް އިން ފާރިސް ވަކި ކޮށްފައިވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މި މައްސަލަ ފާރިސްގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން 3 ސިއްރު ހެކިވެރިޔަކާއި، ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގއެއް ޝަރީއަތަށް ހުށަހަޅާފައިވެއެވެ. އަދި ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ 6 މީހެއްގެ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް