Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސުޕްރީމް ކޯޓު

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. ޑީޑީ އައްޔަން ކުރަން ރައީސަށް ހުށަހަޅައިފި

26 ޖޫން 2018 | އަންގާރަ 12:36

ސުޕްރީމް ކޯޓަށް އައްޔަން ކުރަނީ ފަނޑިޔާރު ދީދީ އާއި ޣަނީ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 ޖޫން 2018 | އަންގާރަ 12:36
ސުޕްރީމް ކޯޓުފެ ފަނޑިޔާރު ޑރ. ދީދީ

ސުޕްރީމް ކޯޓުފެ ފަނޑިޔާރު ޑރ. ދީދީ

އުއްތަމަފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ފެންނަ ކަމަށް ނިންމައި، އޭނާ އެ މަގާމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅުއްވައިފިއެވެ.

އުއްތަމަފަނޑިޔާރުގެ މަގާމަށް ޑރ. ދީދީ އައްޔަން ކުރުމަށް ޖޭއެސްސީން ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅަން ނިންމީ އަންގާރަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރުމަށް ރައީސަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ގާނޫނުއަސާސީގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ހުށަހަޅާފައިވާ ޑރ. ދީދީއަކީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ މަގާމުގައެވެ. ޑރ. ދީދީ ވަނީ 2008 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައެވެ. އޭނާ ޕީއެޗްޑީ ނެންގެވީ ވެސް ހަމަ އެ އަހަރުވެ.

އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ، ޑރ. ދީދީ މަތީ ތައުލީމު ހާސިލު ކުރެއްވީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީންނެވެ. އޭނާ ހާއްސަވެފައި ވަނީ ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ރޮނގުންނާއި ކޮންސްޓިޓިއުޝަނަލް ލޯގެ ރޮނގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ހުށަހެޅި ފަނޑިޔާރު ޢަބްދުލްޣަނީ 2004 ވަނަ އަހަރުން ފެށިގެން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރުން 2011 ވަނަ އަހަރަށް އެ ކޯޓުގެ އިސް ގާޒީގެ މަގާމު އަދާ ކުރައްވީ ވެސް ފަނޑިޔާރު އަބްދުޣަނީއެވެ.

މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ފަނޑިޔާރު ޣަނީ ވަނީ މަދަނީ ކޯޓުގެ ޤާޟީކަން ވެސް ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ހުށަހަޅާފައިވާ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަކީ 2015 ވަނަ އަހަރުގެ ޖޫން މަހު ހައި ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރެކެވެ. އޭނާ ވަނީ ގއ. ދެއްވަދޫ އާއި ކ. ދިއްފުށީ ކޯޓާއި ޖުވެނައިލް ކޯޓުގެ ގާޒީކަން ކުރައްވާފައެވެ.

އަބްދުﷲ ދީދީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ކުރި ކްރިމިނަލް ކޯޓުގެ ތިން ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީއެވެ. އޭނާ ހައި ކޯޓަށް އައްޔަން ކުރީ ނަޝީދަށް ޖަލު ހުކުމް ކުރިތާ ތިން މަސް ވެސް ނުވަނީހެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

21 ފެބުރުއަރީ 2017
އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ
15 ފެބުރުއަރީ 2017

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް