Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުސްނުއް ސުއޫދު

އެމްއެންޑީއެފް އުވާލުމަށްފަހު، އުފައްދާނީ ކޯސްޓުގާޑާއި މެރިން ޕޮލިސް: ސުއޫދު

26 ޖޫން 2018 | އަންގާރަ 07:01

އެމްއެންޑީއެފް އުވާލަނީ ހަރަދުކުޑަ ކުރަން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 26 ޖޫން 2018 | އަންގާރަ 07:01
ސުއޫދު: ސަލާމަތްވާ ފައިސާ ހަރަދު ކުރަނީ ހޮސްޕިޓަލްތައް ތަރައްގީ ކުރަން ކަމަށް ވިދާޅުވި

ސުއޫދު: ސަލާމަތްވާ ފައިސާ ހަރަދު ކުރަނީ ހޮސްޕިޓަލްތައް ތަރައްގީ ކުރަން ކަމަށް ވިދާޅުވި

ރައްޔިތުން އެދޭ ވެރިކަމެއްގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އުވާލައި، އޭގެ ބަދަލުގައި ތިބޭނީ ކޯސްޓުގާޑު އާއި މެރިން ޕޮލިސް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނުނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ފައިސާއިން ދުވާލަކު ހަތް މިލިއަން ރުފިޔާ އެމްއެންޑީއެފަށް ހަރަދު ކުރާ ކަމަށެވެ. އެމްއެންޑީއެފް އުވާލުމުން ސަލާމަތް ކުރެވޭ ފައިސާ ހަރަދު ކުރާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް ކަމަށް ސުއޫދު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ދިވެހި އަސްކަރިއްޔާއަށް މިއަހަރުގެ ބަޖެޓުގައި ވެސް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހިމަނާފައެވެ. އެގޮތުން އެއް ބިލިއަން އައްޑިހަ ހަތަރު މިލިއަން ތިންސަތޭކަ ތިރީސް ހަތަރު ލައްކަ ތިންސަތޭކަ ތިރީސް ފަސް ރުފިޔާ ވަނީ އެމްއެންޑީއެފަށް ބަޖެޓްކޮށްފައެވެ. އެގޮތުން މަހެއްގެ މައްޗަށް އެމްއެންޑީއެފަށް އެކަނި ވެސް 90 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ.

އެމްއެންޑީއެފް އުވާލުމަށްފަހު، ކޯސްޓުގާޑާއި މެރިންޕޮލިސް އެކަނި އުފައްދަން ސުއޫދު ކްރެއްވި ޓްވީޓާ ގުޅިގެން އެކި މީހުން ސޯޝަލް މީޑިއަގައި ދަނީ ޝުއޫރުފާޅު ކުރަމުންނެވެ. އެގޮތުން ސުއޫދާ އެއްކޮޅަށް ވެސް އަދި އެކަމަށް ފާޑުކިޔުން އަމާޒުކޮށް ވެސް ބައެއް މީހުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި އެ ވާހަކައާ ގުޅިގެން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ސުއޫދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނިހާން ވިދާޅުވީ އެފަދަ ވާހަކަތައް އެ ދައްކަނީ ރާއްޖޭގެ "އެތެރެވަރި" ނުދަންނަ މީހުން ކަމަށެވެ. ގައުމީ ސަލާމަތަށްޓަކާ އެފަދަ ވާހަކަތައް ދައްކާ މީހުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ވެސް ހަދަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އެތެރެވަރި ނުދައްނަ މީހުން ދައްކާ ދޯހަޅި ވާހަކަތަކުގެ ތެރެއިން ވާހަކައެއް މިއީ. މި ޒާތުގެ ފިލޯސޮފީ ދިވެހިންގެ މައްޗަށް ގެނެސްދޭ ކަން އެންމެ ވައްތަރީ ދިވެހިރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ތާވަޅު، ބޮލަށް ފިތާފަ ދޫކޮށްލީމަ، އެނބުރޭ ބީދައިން ދަންނަވަނީ އެހެންވެ. މި ގައުމަށް މި ވާހަކަ ތަކުރާރު ކުރަންޖެހެނީ މި ސަބަބުތަކަށްޓަކާ... އަޅުގަނޑުމެންގެ ގައުމަށް މިހާތަނަށް ބޭރުގެ ނުފޫޒުން ވަދެގެން އައި ކޮންމެ ކަމެއް މަތަ ކުރުމުގެ ހިތްވަރާއި ފަންވަރު ދިވެހި ޒުވާނުންނަށް ދިވެހި ސިފައިން ހުރިކަން އޭރާއި މިހާރު ދައްކަދީފަ،" ނިހާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް