Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ - އިންޑިއާ

ރާއްޖެއާ ބެހޭ ގޮތުން އިންޑިއާ އާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

23 ޖޫން 2018 | ހޮނިހިރު 13:42

ސުޝްމާ ގެންދަވަނީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުފުޅެއް ކުރައްވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 23 ޖޫން 2018 | ހޮނިހިރު 13:42
އިންޑިއާ އާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރުންނާއި އޮފިޝަލުން ބްރަސަލްސްގައި ބައްދަލުކުރައްވަނީ

އިންޑިއާ އާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރުންނާއި އޮފިޝަލުން ބްރަސަލްސްގައި ބައްދަލުކުރައްވަނީ

ރާއްޖޭގެ ސިޔާސީ މަސްރަހާއި އިންޑިއާ ކަނޑުގެ މައްސަލަތަކާ ގުޅޭ ގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއި ބެލްޖިއަމްގެ ޚާރިޖީ ވަޒީރު އަދި އެޤައުމުގެ ބޮޑުވަޒީރުގެ ނާއިބު ޑިޑިއަރ ރޭންޑަރސް މަޝްވަރާކުރައްވައިފިއެވެ.

ޔޫރަޕްގެ ހަތަރު ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސުޝްމާ ސްވަރާޖް ބެލްޖިއަމަށް ވަޑައިގަތީ ލަގްޒެމްބަރގްއަށް ވަޑައިގަތުމަށް ފަހު ހޮނިހިރު ދުވަހުއެވެ. އެކަމަނާ ވަނީ އޭގެ ކުރިން އިޓަލީ ވިލާތާއި ފަރަންސޭސީވިލާތަށް ވަޑައިގެންފައެވެ. ބެލްޖިއަމް އާއި އިންޑިއާގެ ޚާރިޖީ ވަޒީރުން ބްރަސަލްސްގައި ބޭއްވި މި ބައްދަލުވުމުގައި ދެ ސަރަހައްދުގެ ގުޅުމާ ބެހޭ މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ އިތުރުން އިތުރުން އަފްޣާނިސްތާނު، މިޔަންމާ އަދި އީރާނުގެ ނިއުކްލިއަރ އެއްބަސްވުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަވީޝް ކުމާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންޑިއާގެ ޚާރިޖީ ވަޒީރު ބެލްޖިއަމްއަށް ވަޑައިގަތުމުން އެޤައުމުގެ ޚާރިޖީ ވަޒީރު މަރުހަބާ ދަންނަވަނީ

ރާއްޖެއާ ބެހޭ ގޮތުން އީޔޫގެ ނުފޫޒުގަދަ އެއް ޤައުމު ކަމަށްވާ ބެލްޖިއަމް އާއި އިންޑިއާ އިން މަޝްވަރާކޮށްފައި މިވަނީ ވިލާތުގެ ޤައުމުތަކާއި އަދި އިންޑިއާއާ އެކު ރާއްޖެއިން ބާއްވަމުން އަންނަ ގުޅުންތަކަށް ލޮޅުން އަރާފައިވާ ދަނޑިވަޅެއްގައެވެ. ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ ފަހުގެ އިންޒާރު ދީފައިވާއިރު، އިންޑިއާ އިން ވަނީ ސަރުކާރާއި ދެކޮޅަށް ނުސީދާކޮށް މިހާރު ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް