Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގްރެމީ އެވޯޑްސް 2020

ގްރެމީ އެވޯޑްސް 2020 ނޮމިނޭޝަންތައް އިއުލާންކޮށްފި؛ ލިޒޯ، ބިލީ އަދި ލިލް ނާސް ތާރީހުގެ ތެރެއަށް!

62 ވަނަ ގްރެމީ އެވޯޑްސް އޮންނާނީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2019 | ބުރާސްފަތި 17:21
(ކ - ވ) ލިލް ނާސް އެކްސް، ލިޒޯ އަދި ބިލީ އައިލިޝް

(ކ - ވ) ލިލް ނާސް އެކްސް، ލިޒޯ އަދި ބިލީ އައިލިޝް

2020 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްއަށް ނޮމިނޭޓްވި ފަރާތްތައް އިއުލާންކޮށްފިއެވެ.

62 ވަނަ ގްރެމީ އެވޯޑްސް އޮންނާނީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހެވެ. އަދި ޝޯވ ހުށަހަޅާނީ 15 ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ އެލީޝާ ކީސްއެވެ.

ގްރެމީ އެވޯޑަކީ މިއުޒިކް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑަށްވާއިރު، އަންނަ އަހަރުގެ ހަފްލާގައި 84 ކެޓަގަރީއަކަށް އިނާމް ދެވޭނެއެވެ.

ގްރެމީ އެވޯޑްސްގެ އެންމެ ބޮޑެތި ހަތަރު އެވޯޑްތަކަށް ނޮމިނޭޓްވި ފަރާތްތައް:

ރިކޯޑް އޮފް ދަ ޔިއަރ

އަލްބަމް އޮފް ދަ ޔިއަރ

ސޯންގް އޮފް ދަ ޔިއަރ

ބެސްޓް ނިއު އާޓިސްޓް

މި ނޮމިނޭޝަންތަކާއެކު، ދާއިރާއަށް 2019 ވަނަ އަހަރު އަލަށް ތައާރަފްވި އަދި "ބެސްޓް ނިއު އާޓިސްޓް" އަށް ނޮމިނޭޓްވި ބިލީ އައިލިޝް، ލިޒޯ އަދި ލިލް ނާސް އެކްސް ވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ.

އެގޮތުން، ލިޒޯގެ އަށް ނޮމިނޭޝަން އާއި ލިލް ނާސް އެކްސް އާއި ބިލީ އައިލިޝްގެ ހަ އެވޯޑް (ކޮންމެ މީހަކަށް)އާއެކު، މިއީ ނިއު އާޓިސްޓްއަކަށް މިހާ ގިނަ ނޮމިނޭޝަން ލިބުނު ފުރަތަމަ ފަހަރެވެ. އަދި 17 އަހަރުގެ ބިލީ އައިލިޝް އަކީ އެންމެ ބޮޑު ހަތަރު ކެޓަގަރީއަށް ނޮމިނޭޓްވި އެންމެ ހަގު ފަރާތެވެ.

ކޮރިއާއަށް ނިސްބަތްވާ ބޯއި ބޭންޑް "ބީޓީއެސް"އަށް ގްރެމީ ނޮމިނޭޝަނެއް ލިބިފައިނުވާއިރު، މިއީ އެކަޑަމީގައި އަދިވެސް ނަސްލީ ތަފާތުކުރުން އުޅޭކަމުގެ ހެއްކެއްކަމަށް ގިނަ ބައެއް ދެކެއެވެ.

އެ މީހުންގެ "މެޕް އޮފް ދަ ސޯލް" އޭޕްރިލް މަހު ރިލީޒްކޮށްފައިވާއިރު، އެ ލަވަ ފުރަތަމަ ވެސް އަރާފައިވަނީ ބިލްބޯޑް 200ގެ ލިސްޓްގެ އެއްވަނައަށެވެ. އަދި އެއް އަހަރު ތެރޭ ބީޓީއެސްގެ ތިން ލަވަ ޗާޓްތަކުގެ އެއްވަނަ އިން ފެނިފައިވާއިރު، މިކަން އެންމެ ފަހުން ހާސިލްކޮށްފައިވަނީ 1996 ވަނަ އަހަރު މަޝްހޫރެ ބޭންޑް "ބީޓްލްސް"އެވެ. ބީޓީއެސްގެ ޗާޓްގެ އެއްވަނަ އަށް އެރި އަނެއް ދެ ލަވައަކީ 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ "ލަވް ޔުއަރސެލްފް: ޓިޔަރ" އަދި "ލަވް ޔުއަރސެލްފް: އާންސަރ" އެވެ.

މީގެ އިތުރުން، ހޭލްސީއާއެކު އެ ބޭންޑް ރިލީޒްކުރި "ބޯއި ވިތް ލަވް" ވެގެންދިޔައީ 24 ގަޑިއިރު ތެރޭ އެންމެ ގިނަ ފަހަރަށް ބެލި ޔޫޓިއުބް ވީޑިއޯއަށެވެ. އެއީ 74.6 މިލިއަން ވިއުއާއެކުއެވެ.

ބީޓީއެސްގެ މި ހުރިހާ ކާމިޔާބާއެކުވެސް "ބެސްޓް ވޯލްޑް އަލްބަމް"ވެސް ހޮވާ، ގްރެމީ އެވޯޑްސްގެ ނޮމިނޭޝަނެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫރޯ 2020 - ކެވިން ޑިބްރޫނާ

ޔޫރޯ 2020 - ކެވިން ޑިބްރޫނާ

05 ޖޫން 2021
ޔޫރޯ 2020 - ހެރީ ކޭން

ޔޫރޯ 2020 - ހެރީ ކޭން

05 ޖޫން 2021
ޔޫރޯ 2020 - ކީލިއަން އެމްބާޕޭ

ޔޫރޯ 2020 - ކީލިއަން އެމްބާޕޭ

05 ޖޫން 2021
ޔޫރޯ 2020 - ރޮބަރޓް ލެވަންޑޯސްކީ

ޔޫރޯ 2020 - ރޮބަރޓް ލެވަންޑޯސްކީ

05 ޖޫން 2021
ޔޫރޯ 2020 - ކްރިސްޓިއާނޯ ރޮނާލްޑޯ

ޔޫރޯ 2020 - ކްރިސްޓިއާނޯ ރޮނާލްޑޯ

05 ޖޫން 2021

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު