Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އދގެ މިއަހަރުގެ އާއްމު މަޖިލީހާއި ރައީސް ސާލިހުގެ ދައުރު

އެކި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާތައް ބާއްވަވާނެ

ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 12:20
އދގެ އާއްމު މަޖިލީހުގައި ހުސްވި އަހަރު ރައީސް ސާލިހު ތަގުރީރު ކުރައްވަނީ: މިއަހަރުގެ ސެޝަނުގައި ވެސް އެމަނިކުފާނު ތަގުރީރު ކުރައްވާނެ

އދގެ އާއްމު މަޖިލީހުގައި ހުސްވި އަހަރު ރައީސް ސާލިހު ތަގުރީރު ކުރައްވަނީ: މިއަހަރުގެ ސެޝަނުގައި ވެސް އެމަނިކުފާނު ތަގުރީރު ކުރައްވާނެ

ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ ތިންވަނަ އަންގާރަޔަކީ ވަރަށް ތާރީޚީ ދުވަހެކެވެ. އެދުވަހަކީ އދގެ އާއްމު މަޖިލީހުގައި ދުނިޔޭގެ ގައުމުތަކުގެ އެންމެ އިސްވެރިން ތަގުރީރު ކުރައްވަން ފަށްޓަވާ ދުވަހެވެ. އެންމެ މަތީ ފެންވަރުގެ ބަހުސްތައް ފަށާ ދުވަހެވެ. އެ އަހަރެއްގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ނިއުޔޯކަށް ވަޑައިގަންނަވާ ލީޑަރުންގެ މަދުމިނަކާއި ގިނަމިނަކުން އެންމެ މަތީ ފަންތީގެ ވެރިން ތަގުރީރު ކުރެއްވުން ދެތިން ދުވަހަކަށްވެސް ދެމިގެން ހިނގައިދާނެއެވެ. އާއްމު ގޮތެއްގައި އެދުވަހަކީ ކުރިންވެސް ދެންނެވި ފަދައިން ސެޕްޓެމްބަރު މަހުގެ ތިންވަނަ އަންގާރަޔަށްވާ ދުވަހެކެވެ. މިފަހަރު އެދުވަހަކީ 21 ސެޕްޓެމްބަރެވެ.

މިފަހަރުގެ އާއްމު މަޖިލީހުގެ ބައްދަލުވުންތަކަކީ އެ މަޖިލީހުގެ 76 ވަނަ ސެޝަނެވެ. މި ސެޝަނުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އޮނަރަބަލް އަބްދު ﷲ ޝާހިދެވެ. އެހެންވީމާ މިއީ ދިވެހިރާއްޖެއަށް ވަކިން ޚާއްސަ އަހަރެކެވެ. މި ސެޝަނަކީ ދިވެހިރާއްޖެއަށް ވަކިން ޚާއްސަ ސެޝަނެކެވެ. އދ ގައި ހިމެނޭ ޖުމްލަ މެމްބަރު ގައުމުތަކުގެ އަދަދަކީ 193 އެވެ. އޭގެ ތެރެއިން 109 ގައުމެއްގެ އެންމެ އިސްވެރިން ނުވަތަ ސަރުކާރު ހިންގަވާ އެންމެ އިސްވެރިން މިފަހަރުގެ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ތަގުރީރުވެސް ކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާނީ މިސެޝަނުގައި ބައިވެރިވެވަޑައިގެން އަދި ތަގުރީރުވެސް ކުރައްވާ ލީޑަރުންގެ ތެރޭގައެވެ. އެފަދަ އިތުރު ލީޑަރުންގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ އާއި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ހިމެނިވަޑައިގަންނަވާނެއެވެ. އދގެ ހެޑްކުއާޓަރު ހުންނަނީ އެމެރިކާގެ ނިއުޔޯކުގައި ކަމުން ޒަމާނުއްސުރެ އެމެރިކާގެ ރައީސުން ހިމެނިވަޑައިގަންނަވަނީ އާއްމު މަޖިލީހުގެ ޕޯޑިއަމުގައި އެންމެ ފުރަތަމަ ތަގުރީރު ކުރައްވާ ބޭފުޅުން ކަމުގައެވެ. މިފަހަރު މިއީ ރައީސް ޖޯ ބައިޑެން މި މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް ޖޯ ބައިޑެން ވަނީ މިއަހަރުގެ އާއްމު މަޖިލީހާއި ދިމާކުރައްވައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ޚާއްސަ ބައްދަލުވުންތަކެއް ވެސް އިންތިޒާމް ކުރައްވައިފައެވެ. މިގޮތުން އެންމެ ޚާއްސަ އެއް ބައްދަލުވުމަކީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ. އދގެ އާއްމު މަޖިލީހަކީ ދުނިޔޭގެ ދަރުބާރު ކަމަށްވާއިރު އެމެރިކާއަށް އެކި ތަންތަނުގެ ރައީސުންނާއި ބޮޑުވަޒީރުން ވަޑައިޑައިގަންނަވަނީ މި ދަރުބާރުގައި ހަމައެކަނި ތަގުރީރު ކުރެއްވުމަކަށް ނޫނެވެ. މި ދަރުބާރުގެ އަރިމަތިން ދޭދޭ ގައުމުތަކުގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކާއި ކުރެވޭ މަޝްވަރާތަކަކީ ވަރަށްވެސް މުހިއްމު އެއްޗެކެވެ.

އާއްމު މަޖިލީހުގެ ސެޝަނުގައި އެހާ ގިނަ ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަބަބަކީ މިއީ ބައިނަލްއަގުވާމީ އެންމެ ބޮޑު ދަރުބާރުކަމަށްވެފައި އެކި ގައުމުތަކުގެ ވެރިންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައި ކަންކަމުގެ ހައްލު ހޯއްދެވުމާއި ބައިނަލްއަގުވާމީ ބާޒާރުގައި އެ ގައުމެއް މާކެޓް ކުރެއްވުމުގެ ގޮތުންނެވެ. މިފަހަރުގެ ޖެނެރަލް އެސެމްބްލީ މިފެށުނީ ކޮވިޑުގެ ނުރައްކާތެރި ވަބާޔާ ގުޅިގެން ގައުމުތަކުގެ އިނދަޖެހި ވަޅުޖެހިފައިވާ އިގްތިސާދު އަލުން ކޮޅަށްޖެހުމަށްޓަކައި މަސައްކަތް ކުރަން ފެށިފައިވާ ދަނޑިވަޅެއްގައެވެ. އެހެން އަހަރުތަކަށްވުރެ ވެސް ގިނައިން މިފަހަރު ގައުމުތަކުގެ އެންމެ އިސް ލީޑަރުން އާއްމު މަޖިލީހުގެ ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބަކީ އެއީއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވެސް މިފަހަރު އާއްމު މަޖިލީހުގައި ތަގުރީރު ކުރެެއްވުމުގެ އިތުރަށް މަޖިލީހުގެ ހަވާސާގައި އެހެނިހެން ބައްދަލު ކުރުންތައްވެސް ބާއްވަވާނެއެވެ. އިތުރު އެހެނިހެން އެއްވުންތަކުގައި ތަގުރީރުވެސް ކުރައްވާނެއެވެ. ރާއްޖޭގެ ހާލަތާއި ރާއްޖެއަށް ބޭނުންވާ ކަންކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާނެއެވެ. މިއީ މިވަގުތު ރާއްޖެއަށް ނުހަނު ބޭނުންވެފައިވާ ފުރުސަތެކެވެ. ހުސްވި އަހަރުގެ އާއްމު މަޖިލީހުގެ ސެޝަނުގައި ވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. ތަގުރީރުވެސް ކުރެއްވިއެވެ. އެކަމަކު ހުސްވި އަހަރަށްވުރެ ހުރިހައި ގޮތަކުންވެސް މިއަހަރުގެ ސެޝަނުގެ މުހިއްމުކަން ރާއްޖެއަށް ބޮޑެވެ.

ކުރީއަހަރަށްވުރެ މިއަހަރު ރާއްޖެއަށް މުހިއްމުވާ ސަބަބަކީ ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މި ސެޝަނުގައި އެންމެންގެ ސަމާލުކަން އަމާޒުވާނޭ ގައުމަކަށް ދިވެހިރާއްޖެ ވުމެވެ. މި ސެޝަނުގެ ރިޔާސަތު ބަލަހައްޓަވަނީ ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު ކަމަށް ވުމެވެ. އާއްމު ގޮތެއްގައި ސެޝަނުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ވެރިޔާ އެއަހަރުގެ ސެޝަނެއްގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާނެއެވެ. މިއީ މެދުނުކެނޑި ތަރުތީބު ކުރެވިގެން ހިނގަމުން އަންނަ ކަމެކެވެ. ކުރީ އަހަރު ތަގުރީރު ކުރީމޭ ވިދާޅުވެފައި އެ ވެރިޔަކު ވަޑައިނުގެން ނުހުންނަވައެވެ. މީގެ މިސާލަކީ ހުސްވި އަހަރު ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާނެވެ. ހުޅަނގާއި ތުރުކީގެ ގުޅުން ގޯސްވެފައިވި އެ ދަނޑިވަޅުގައިވެސް އުރުދުގާން ނިއުޔޯކަށް ވަޑައިގެންނެވީ އެ ސެޝަނުގެ ރިޔާސަތު ބެލެހެއްޓެވީ ތުރުކީގެ ބޭފުޅަކަށްވުމުން އާދަކާދައިގެ މަތިންނެވެ.

މީހުން އެއްވާ ތަންތަނަށް ވަޑައިނުގެން އެކަހެރިވެގެން ދުނިޔެއަށް ފިއްލަވައިގެން އުޅުއްވުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ލީޑަރުން ކުރައްވާ ކަމެކެވެ. ޚާއްސަ ގޮތެެއްގައި އިންސާނީ ހައްގުތަކުގެ މައްސަލަޔާއި ޑިމޮކްރަސީއާ ޚިލާފު ކަންކަމުގެ މައްސަލަތަކުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އަމާޒުވެފައިވާ ލީޑަރުންގެ އެކަހެރިކަމާއި ފިއްލެވުން ބޮޑުވާނެއެވެ. ރާއްޖެވެސް ވަނީ މިކަން ތަޖުރިބާކޮށްފައެވެ. ފަހުގެ ތާރީޚުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުން އދގެ އާއްމު މަޖިލީހުގައި އެއްފަހަރުވެސް ބައިވެރިވެވަޑައި ނުގެން ދައުރު ހަމަކުރައްވާފައިވެއެވެ. ރައީސް ސާލިހަކީ އެފަދަ ލީޑަރެއް ނޫނެވެ. ރައީސް ސާލިހަކީ އެންމެންނާއި ގުޅިވަޑައިގެން ކުރިއަށް ވަޑައިގެންނެވުމަށް އިސްކަން ދެއްވާ ލީޑަރެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޚާރިޖީ ވުޒާރާއދ.ގެ އާންމު މަޖިލިސްޢަބްދުﷲ ޝާހިދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު